Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުތަކެއް ނުހެދޭނެ: ވައްޑެ

14 ފެބުރުއަރީ 2018 | ބުދަ 02:08

އިސްލާމް ދީނުގެ އަސްލަކާއި ޚިލާފުނުވާ ގޮތުގެ މަތިން ކޮންމެ މީހަކަށްމެ ވާހަކަ ދެއްކުމުގެ މިނިވަންކަން ލިބިގެންވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 14 ފެބުރުއަރީ 2018 | ބުދަ 02:08
ތުލުސްދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު ވައްޑެ

ތުލުސްދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު ވައްޑެ

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުތައް ނުހެއްދެވޭނެ ކަމަށާއި، ޤާނޫނުތައް ހެދުމުގެ ފުރުސަތު މަޖިލިސް މެމްބަރުންނަށް ދޭން ޖެހޭނެކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.

މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ރާއްޖެ ޓީވީއިން ކުރިއަށް ގެންދާ ޚާއްސަ ކަވަރޭޖްގައި އަންގާރަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ޤާނޫނު ހެދޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އަދި ޤާނޫނުތައް ނެތި ޤަވާޢިދު ހަދައިގެން އެއަށް ޢަމަލުކުރުމަކީ މިޒަމާނުގައި މީހުން ދަންނަ ކަމެއް ނޫން ކަމަށާއި، މިހާރު އަމަލުކުރާ ޤާނޫނު އަސާސީ ވެސް ދަންނަ ކަމެއް ނޫން ކަމަށް ވަހީދު ވިދާޅުވިއެވެ. އޭނާ އިޝާރާތްކުރެއްވީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރުމަށްފަހު ސަރުކާރުން ބައެއް އުޞޫލުތަކަށް ގެނައި ބަދަލުތަކަށެވެ. މަޖިލިސް ކުރިއަށް ދިޔަނުދީ، ސަރުކާރުން ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ކަންތައްތައް ކުރައްވަމުން ދާތީއެވެ.

Advertisement - newsAdvertisement
"އިރުއިރުކޮޅާ ޤާނޫނީ ވަކީލުން ބޭނުންކުރުމުގައިވެސް 30 މިނެޓް، 25 މިނެޓް، 30 ސިކުންތު، މިކަހަލަ ގޮތަކަށް މިކަންތައްތައް ގެންގުޅުމަކީ ކުރެވޭނެ ކަމެއް ނޫން،" ވަހީދު ވިދާޅުވިއެވެ.

ވަހީދު ފާޑުވިދާޅުވި މައްސަލައަކީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ތެރޭގައި ސަލާމަތީ ޚިދުމަތްތަކަށް ލިބިގެންވާ ކަމަށް ބުނާ ބާރުތައް ބޭނުންކޮށްގެން ހައްޔަރުކުރެވުނު ބޭފުޅުންނާއި ބައްދަލުކުރުމަށް އެބޭފުޅުންގެ ޤާނޫނީ ވަކީލުންނަށް ފުލުހުން އަޅަމުންދާ ހުރަސްތަކަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ބާރުވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި، ރައްޔިތުންގެ ބާރުވެރިކަން އެމީހުންގެ ކިބައިގެން ނިގުޅައިގަތުމުގެ ބާރު ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ނުލިބޭނެކަމަށެވެ.

"އިސްލާމީ ޝަރީޢަތުގައިވެސް ކަނޑައަޅާފައި އޮންނާނެ، އިސްލާމް ދީނުގެ އަސްލަކާއި ޚިލާފުނުވާ ގޮތުގެ މަތިން ކޮންމެ މީހަކަށްމެ ވާހަކަ ދެއްކުމުގެ މިނިވަންކަން ލިބިގެންވާކަމަށް. އެމިނިވަންކަން ހަމަ މި ޤާނޫނު އަސާސީގައިވެސް ދެއްވާފައި އެބައޮތް. އެއީ މަނާކުރެވޭނެ އެއްޗެއް ނޫން. އެއީ ހަރާމް ކުރެވޭނެ އެއްޗެއް ނޫން،" ވަހީދު ވިދާޅުވިއެވެ.

ވަހީދު ވަނީ އަންގާރަ ދުވަހުވެސް މަޖިލިސް އިދާރާ ދޮށަށް އެއްވި މަޖިލިސް މެމްބަރުންނާއިއެކު އެތަނުގައި އިހްތިޖާޖްކުރައްވާފައެވެ،

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

24 ޖުލައި 2017

މެމްބަރު ވައްޑެ ހައްޔަރުކޮށްފި

24 ޖުލައި 2017
މެމްބަރު ވައްޑެ ހައްޔަރުކޮށްފި
18 ޖުލައި 2017

ވައްޑެ، ސައުދު އަދި އަމީތު ޕީޕީއެމުން ވަކިކޮށްފައިވާކަން އީސީއަށް އަންގައިފި

18 ޖުލައި 2017
ވައްޑެ، ސައުދު އަދި އަމީތު ޕީޕީއެމުން ވަކިކޮށްފައިވާކަން އީސީއަށް އަންގައިފި
16 ޖުލައި 2017

އާޒިމާ މަސައްކަތް ކުރައްވަނީ އުއްތަމަ ފަނޑިޔާރުކަން ހޯދަން:ވައްޑެ

16 ޖުލައި 2017
އާޒިމާ މަސައްކަތް ކުރައްވަނީ އުއްތަމަ ފަނޑިޔާރުކަން ހޯދަން:ވައްޑެ
12 ޖުލައި 2017

ފަނޑިޔާރުން ދިފާޢު ކުރުމުގެ ބާރުު އޮތީ ރައްޔިތުންގެ މަޖިލީހަށް: ވައްޑެ

12 ޖުލައި 2017
 ފަނޑިޔާރުން ދިފާޢު ކުރުމުގެ ބާރުު އޮތީ ރައްޔިތުންގެ މަޖިލީހަށް: ވައްޑެ
12 ޖުލައި 2017

ވައްޑެ އާއި ސައުދުވެސް ޕާޓީން ވަކިކޮށްދިނުމަށް އެދުމުން ވަތްކެއް ނުކުރި

12 ޖުލައި 2017
ވައްޑެ އާއި ސައުދުވެސް ޕާޓީން ވަކިކޮށްދިނުމަށް އެދުމުން ވަތްކެއް ނުކުރި
11 ޖުލައި 2017

ގާނޫނު އަސާސީ ބަދަލުކުރުމުގެ ބާރެއް ސުޕްރީމްކޯޓަށް ލިބިގެން ނުވޭ: ވައްޑެ

11 ޖުލައި 2017
ގާނޫނު އަސާސީ ބަދަލުކުރުމުގެ ބާރެއް ސުޕްރީމްކޯޓަށް ލިބިގެން ނުވޭ: ވައްޑެ
07 ޖުލައި 2017

ކޮންމެ ދަތުރެއް ކުރި ނަމަވެސް ކުރާނެ ފައިދާއެއް ނޯންނާނެ، ހަމައެކަނި އޮތް ގޮތަކީ މަސީހު އިސްތިއުފާދިނުން: ލޯޔަރު ވައްޑެ

07 ޖުލައި 2017
ކޮންމެ ދަތުރެއް ކުރި ނަމަވެސް ކުރާނެ ފައިދާއެއް ނޯންނާނެ، ހަމައެކަނި އޮތް ގޮތަކީ މަސީހު އިސްތިއުފާދިނުން: ލޯޔަރު ވައްޑެ
26 މާރިޗު 2017

ވައްޑެ ޕީޕީއެމުން ވަކި ކުރަން ނިންމައިފި

26 މާރިޗު 2017
ވައްޑެ ޕީޕީއެމުން ވަކި ކުރަން ނިންމައިފި
09 މާރިޗު 2017

މެންބަރު ވައްޑެގެ ދަރިކަނބަލުން ރައީސް އޮފީހުގެ ވަޒީފާ އިން ވަކިކޮށްފި

09 މާރިޗު 2017
މެންބަރު ވައްޑެގެ ދަރިކަނބަލުން ރައީސް އޮފީހުގެ ވަޒީފާ އިން ވަކިކޮށްފި
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް