Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ހުރިހާ ޤައުމަކުން ވެސް ބިނާކުރަނިވި ދައުރެއް އަދާކުރާނެ ކަމަށް އުއްމީދުކުރަން: އިންޑިއާ

10 ފެބުރުއަރީ 2018 | ހޮނިހިރު 07:42

ޗައިނާ އިން ވެސް ސިފައިން ފޮނުވުން ފަދަ ކަމެއް ނުކުރާކަން ފާހަގަކުރި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 10 ފެބުރުއަރީ 2018 | ހޮނިހިރު 07:42
އިހްތިޖާޖް ކުރަމުންދިޔަ މީހުންނާ ދެކޮޅަށް ފުލުހުން ޙަރަކާތްތެރިވަނީ

އިހްތިޖާޖް ކުރަމުންދިޔަ މީހުންނާ ދެކޮޅަށް ފުލުހުން ޙަރަކާތްތެރިވަނީ

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގައި ހުރިހާ ޤައުމަކުން ވެސް ބިނާކުރަނިވި ދައުރެއް އަދާކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް އިންޑިއާ އިން ބުނެފިއެވެ.

ހުކުރު ދުވަހު އިންޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވީ ރާއްޖެއަށް އަމިއްލައަށް މައްސަލަ ހައްލުކުރުމުގެ ޤާބިލްކަން ލިބިގެންވާ ކަމަށް ޗައިނާ އިން ބުނެފައިވާކަން އިންޑިއާ އިން ފާހަގަކުރާ ކަމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން އދ. މެދުވެރިކޮށް ހައްލެއް ހޯދުމަށް އިންޑިއާ އިން މިހާރު ވެސް ދަނީ މަސައްކަތްކުރަމުންނެވެ.

Advertisement - newsAdvertisement

ރާއްޖެއަށް އެހީތެރިވުމަށް ޕާކިސްތާނުގެ ކިބައިން އެދުމުން އެ ޤައުމުން ވެސް ބުނެފައި ވަނީ ރާއްޖެ އިން އަމިއްލައަށް މައްސަލަ ހައްލުކުރުމަށެވެ.

މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން އިންޑިއާގެ ޓްރައިބިއުން އާއި ވާހަކަ ދައްކަވަމުން އިންޑިއާގައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް ޤައުމުތަކުން ކުރާ މަސައްކަތުގެ ސަބަބުން ރައްޔިތުންނަށް އިތުރަށް ދަތިކަން ކުރިމަތި ވާނެ ކަމަށެވެ.

ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖޭގެ މަސްރަހު އޮތީ ހަލަބޮލިކޮށް ނޫން ކަމަށާއި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުން މުހިއްމު ކަމަށް ފެންނާތީ ޕާޓީތަކަށް ދައުވަތު އަރުވާފައިވާކަމަށެވެ. އެހެން ނަމަވެސް ޕާޓީތަކުން އަދިވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގަތުމާ ގުޅޭ ގޮތުން އަހުމަދު މުހައްމަދު ވިދާޅުވީ 1988 ވަނަ އަހަރު އިންޑިއާގެ އެހީއަށް އެދުނީ ބޭރުގެ ބަޔަކު ރާއްޖެއަށް އަރައި ލޭއޮހޮރުވުންތަކެއް ހިންގުމުން ކަމަށާއި، މިއަދުގެ ޙާލަތާއި އޭރުގެ ޙާލަތާ ތަފާތު ކަމަށެވެ. އަދި ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޭރުގެ ސިފައިން ރާއްޖެ އަށް ގެންނަން ގޮވައިލެއްވި ކަމަށް ތަރުޖަމާކޮށްފައި ވަނީ އޮޅުވާލައިގެން ކަމަށް ރައީސް ނަޝީދު ފަހުން ވަނީ ވިދާޅުވެފައެވެ. އަވަށްޓެރި ސްރީލަންކާގައި ހުންނަވައިގެން އިންޑިއާގެ 'ދަ ވަޔަރ' ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާ ދެއްކެވި ވާހަކަފުޅުގެ މާނައަކީ އިންޑިއާ ސިފައިން ހަތިޔާރާ އެކު ރާއްޖެއަށް އަރާ ވާހަކަ ނޫން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެހެން ވިދާޅުވީ ދިވެހި ސަރުކާރާ މަޝްވާކުރަން ޖެހޭ ގޮތާއި، އެކަމަށް ބޭނުންކުރަން ޖެހޭ އުކުޅުތައް އިންޑިއާ ސަރުކާރަށް އެނގޭނެ ކަމަށެވެ. އަދި "ރައީސް ޔާމީން ގާތުގައި މިވެނި ކަމެއް މިހެން ކުރާށޭ ބުންޏަސް އެކަމެއް އެމަނިކުފާނު ނުކުރައްވާނެ" ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރަހުމަތްތެރި ޤައުމުތަކަށް ގޮސް ރާއްޖޭގެ މަސްރަހާ ބެހޭ މައުލޫމާތު ދީ، އެހީ ހޯދަން ސަރުކާރުން މަސައްކަތްކުރި ނަމަވެސް، ޚާރިޖީ ވަޒީރު މުހައްމަދު އާސިމްއާ ބައްދަލުކުރަން އިންޑިއާގެ ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.

މާލޭގެ ހަރަކާތްތެރިވަމުން ދިޔަ އިންޑިއާގެ ނޫސްވެރިޔަކު ވެސް ހައްޔަރުކޮށް، ފުލުހުން ވަނީ ޑިޕޯޓްކޮށްލުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2018

އަމުރު ތަންފީޒުކުރަން ޖެހޭނެ، އޭޖީ އާއި ޕީޖީގެ ސީދާ ދައުރެއް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

03 ފެބުރުއަރީ 2018
އަމުރު ތަންފީޒުކުރަން ޖެހޭނެ، އޭޖީ އާއި ޕީޖީގެ ސީދާ ދައުރެއް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު
01 ޖެނުއަރީ 2018

ސިޔާސީ ކަންކަމުގައި އިސްދައުރެއް އަދާކުރުމާގުޅޭ މަޝްވަރާތަކެއް އެބަކުރަން، މިފަހަރު ގޮތެއް ނިންމާނަން: ޑރ. މުނައްވަރު

01 ޖެނުއަރީ 2018
ސިޔާސީ ކަންކަމުގައި އިސްދައުރެއް އަދާކުރުމާގުޅޭ މަޝްވަރާތަކެއް އެބަކުރަން، މިފަހަރު ގޮތެއް ނިންމާނަން: ޑރ. މުނައްވަރު
14 ޑިސެމްބަރު 2017

އިންޑިއާގެ ކަންބޮޑުވުންތަކަށް ރާއްޖެއިން ވިސްނާނެކަމަށް އުއްމީދުކުރަން: އިންޑިއާ

14 ޑިސެމްބަރު 2017
އިންޑިއާގެ ކަންބޮޑުވުންތަކަށް ރާއްޖެއިން ވިސްނާނެކަމަށް އުއްމީދުކުރަން: އިންޑިއާ
12 ނޮވެމްބަރު 2017

ޕީޕީއެމް އުފެއްދީ ފަނާކުރަނިވި ފިކުރު ދޫކޮށް ބިނާކުރަނިވި ފިކުރު ގާއިމުކުރުމަށް:ޒަމީރު

12 ނޮވެމްބަރު 2017
ޕީޕީއެމް އުފެއްދީ ފަނާކުރަނިވި ފިކުރު ދޫކޮށް ބިނާކުރަނިވި ފިކުރު ގާއިމުކުރުމަށް:ޒަމީރު
05 އޮކްޓޯބަރު 2017

ސަރުކާރުގެ ތަޢުލީ ސިޔާސަތު ތަންފީޒް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ މުދައްރިސުން:އެޑިއުކޭޝަން މިނިސްޓަރު

05 އޮކްޓޯބަރު 2017
ސަރުކާރުގެ ތަޢުލީ ސިޔާސަތު ތަންފީޒް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ މުދައްރިސުން:އެޑިއުކޭޝަން މިނިސްޓަރު
28 ސެޕްޓެމްބަރު 2017

ހުކުމް ތަންފީޒުކުރާ މީހުންނަށް އެއްމައްސަލައެއްގައި މައާފް ދެވޭނީ ރިޔާސީ ދައުރެއްގައި އެއްފަހަރުކަމަށް ކަނޑަައަޅައިފި

28 ސެޕްޓެމްބަރު 2017
ހުކުމް ތަންފީޒުކުރާ މީހުންނަށް  އެއްމައްސަލައެއްގައި މައާފް ދެވޭނީ ރިޔާސީ ދައުރެއްގައި އެއްފަހަރުކަމަށް ކަނޑަައަޅައިފި
07 ޖޫން 2017

ރާއްޖޭގެ ޖުޑީޝަރީ އާއި މުއައްސަސާތައް މިނިވަން ކުރުމަށް 30 ޤައުމަކުން ގޮވާލައިފި

07 ޖޫން 2017
ރާއްޖޭގެ ޖުޑީޝަރީ އާއި މުއައްސަސާތައް މިނިވަން ކުރުމަށް 30 ޤައުމަކުން ގޮވާލައިފި
01 ޖޫން 2017

އަޔަލެންޑްގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުން އިތުރުވާނެ ކަމަށް އުއްމީދުކުރަން: ރައީސް

01 ޖޫން 2017
އަޔަލެންޑްގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުން އިތުރުވާނެ ކަމަށް އުއްމީދުކުރަން: ރައީސް
01 މާރިޗު 2017

ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު

01 މާރިޗު 2017
ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް