Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްއެންޑީއެފް

އެމްއެންޑީއެފް އިންޓަރ ޔުނިޓް 15 ވަނަ ފުޓްބޯޅަ މުބާރާތް ފަށައިފި

29 ޖެނުއަރީ 2018 | ހޯމަ 05:37

މި މުބާރާތުގެ ހުރީހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ އެފްއޭއެމް އެއް ނަމްބަރު ޓާރފް ދަނޑުގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 29 ޖެނުއަރީ 2018 | ހޯމަ 05:37
މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކޮމާންޑަރ އިސްމާޢީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވޭ އެމްއެންޑީއެފް 15 ވަނަ އިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފިއެވެ.

މުބާރާތް ފެށުމުގެ ގޮތުން އެފްއޭއެމް އެއް ނަމްބަރު ޓާރފް ދަނޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފްޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލު އެވެ. މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރީހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ އެފްއޭއެމް އެއް ނަމްބަރު ޓާރފް ދަނޑު ގައެވެ.

މުބާރާތް ފެށުމުގެ ގޮތުން ކުޅުނު މެޗުގައި ބައްދަލުކުރީ މި މުބާރާތުގެ އެއްވަނަ ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމް ފަޔަރ އެންޑް ރެސްކިއު ސާރަވިސްއާއި މެރިން ޑިޕްލޮއިވްމަންޓް ޔުނިޓް 2 ގެ ޓީމެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ފަޔަރ އެންޑް ރެސްކިއު ސާރަވިސްގެ ޓީމެވެ.

ދެ ޑިވިޝަންއަކަށް ބަހާލެވިގެން ކުރިއަށްދާ މި މުބާރާތުގެ އެއް ވަނަ ޑިވިޝަންގައި 10 ޓީމް ހިމެނިފައިވާއިރު ދެ ވަނަ ޑިވިޝަންގައި 9 ޓީމް ހިމެނެއެވެ. ފުރަތަމަ ޑިވިޝަންގައި ހިމެނޭ ޓީމުތަކަކީ ފަޔަރ އެންޑް ރެސްކިއު ސަރވިސް، މެރިން ޑިޕްލޮއިމަންޓް ޔުނިޓް 2، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް، ޕްރެސިޑެންޝަލް ގާޑް، މާލޭ އޭރިއާ ހުޅުލެ ޕޯސްޓް، މެރިން ޑިޕްލޮއިމަންޓް ޔުނިޓް 3، ސެންޓްރަލް އޭރިއާ އަދި މެރިން ޑިޕްލޮއިމަންޓް ޔުނިޓް 1ގެ އިތުރުން ކޯސްޓްގާޑެވެ.

ދެވަނަ ޑިވިޝަންގައި ހިމެނޭ ޓީމުތަކަކީ ބޭންޑް އެންޑް މިއުޒިކް ވިންގް އަދި ސަޕްލައި ސަޕޯޓް ސާވިސް ކޮމްބައިން ޓީމް، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަރޑީޒް އަދި ކުއާޓަރ މާސްޓަރ ސަރވިސްގެ ކޮމްބައިން ޓީމް، ޑިފެންސް އިންޓެލިޖެންސް ސަރވިސް އަދި ދިވެހި ސިފައިންގެ ކްލަބްގެ ކޮމްބައިން ޓީމް، މިލިޓަރީ އިންޖިނިއާސް، މިލިޓަރީ ޕޮލިސް، ސިގްނަލް އަދި މެޑިކަލް ސަރވިސްގެ ކޮމްބައިން ޓީމް، އޯޑަނަންސް ސަރވިސް، ޓްރާންސްޕޯޓް ސަރވިސް އަދި މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ކޮމްބައިން ޓީމްގެ އިތުރުން އިންޓެގްރޭޓެޑް ހެޑްކުއޯޓާރޒްގެ ޓީމެވެ.

މިރަސްމިއްޔާތުގައި މުބާރާތަށް ތައްޔާރުކޮށްފައިވާ ތީމް ލަވައެއް ވަނީ ހުށަހަޅައިދީފައެވެ. މީގެ އިތުރުން ހަވާ އެރުވުމުގެ ހަރަކާތްތަކާއެކު މުބާރާތުގެ ދެ ޑިވިޝަންގެ ތަށި ދަނޑަށް ގެނެސްފައިވަނީ އެމްއެންޑީއެފް ޑްރިލް ވިންގުންނެވެ. މި މުބާރާތުގެ ތައްޓަކީ އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާޒްގެ ހުނަރުވެރި ސިފައިން ތައްޔާރުކޮށްފައިވާ ތައްޓެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
10 ޖެނުއަރީ 2017

އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި

10 ޖެނުއަރީ 2017
އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް