Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުން އުފާވެރި ޙަބަރުތަކެއް ލިބޭނެ ކަމަށް ރައްޔިތުން އުންމީދުކުރޭ: މެމްބަރު ޝާހު

28 ޖެނުއަރީ 2018 | އާދީއްތަ 17:29

ކުރާ އުންމީދު ވެސް ކަނޑުއްވާ ނުލާ ކަމަށް ވެސް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 28 ޖެނުއަރީ 2018 | އާދީއްތަ 17:29
މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު

މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު

އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ފަރާތް، ސުޕްރީމް ކޯޓާމެދު ކުރާ އުންމީދު ކަނޑުއްވާނުލައްވާ ކަމަށާއި ސުޕްރީމް ކޯޓުން އުފާވެރި ޚަބަރުތަކެއް ލިބޭނެ ކަމަށް ރައްޔިތުން އުންމީދުކުރާ ކަމަށް ރައްޔިތުންގެ މަޖިލީގުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ސުޕްރީމް ކޯޓަށް ވަޑައިގެންނެވުމަށް ފަހު، އެތަނުން ނުކުމެވަޑައިގެން މީޑިއާ އަށް މައުލޫމާތު ދެއްވަމުން މެމްބަރު ޝާހު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ސުޕްރީމް ކޯޓުން އުފާވެރި ޚަބަރުތަކެއް ލިބިގެންދާނީ ޒިންމާދާރުކަމާއެކު އެ ކޯޓުން ނިންމާ ކަންތައްތަކުގެ ސަބަބުން ކަަމަށް ޝާހު ވިދާޅުވިއެވެ.

Advertisement - newsAdvertisement

"އަދިވެސް ރައްޔިތުން އުންމީދު ކުރޭ ހެޔޮ އުފާވެރި ހަބަރުތަކެއް [ސުޕްރީމް ކޯޓު] އިން ޒިންދާރު ކަމާއެކު، ލިބިގެންދާނެ ކަމަށް. އެހެންވީމަ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އަޅުގަނޑުމެން ކާމިޔާބީއާ ހަމައަށް ދިއުމަށް ކުރާ މަސައްކަތް އިރާދަ ކުރެއްވިއްޔާ ތި ހުރިހާ ރައްޔިތުންނަށް ވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން އުންމީދު ކުރަނީ. އަޅުގަނޑުމެންގެ ދުއާއަކީ ވެސް އެއީ،" ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޝާހު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މައްސަލާގައި ގޮތެއް ނިންމަވައި ދެއްވުމަށް އެދި މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އިދިކޮޅު މަޖިލިސް މެމްބަރުން ގެންދަވަނީ ސުޕްރީމް ކޯޓަށް ވަޑައިގަންނަވަމުންނެވެ. އާދީއްތަ ދުވަހަކީ އެ ބޭފުޅުން ސުޕްރީމް ކޯޓަށް ވަޑައިގެންނެވި 11 ވަނަ ދުވަހެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ ފަސް ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށް އެބޭފުޅުން ހުށަހެޅުއްވި ނަމަވެސް، މިހާތަނަކަށް އެ ކޯޓުން އެކަމަށް ޖަވާބެއް ދީފައެއްނުވެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރައްވައި ޖަވާބު ހޯދަން މަޖިލިސް މެމްބަރުން ބޭނުންފުޅު ވަނީ 12 މެމްބަރުންގެ ގޮނޑީގެ ސައްހަ ކަމާމެދުގައެވެ.

ސުޕްރީމް ކޯޓަށް ވަޑައިގެންނެވި މަޖިލިސް މެމްބަރުން، އެތަނުގެ ތެރޭގައި ދެ ގަޑިއެއްހާއިރު މަޑުކުރެއްވިއެވެ. އެބޭފުޅުން ސުޕްރީމް ކޯޓުން ނުކުމެވަޑައިގެންނެވީ ސަރުކާރުގެ ރަސްމީ ގަޑި ނިމުމާއެކު، އެތަނުން ނުކުމެވަޑައިގަތުމަށް ސުޕްރީމް ކޯޓުގެ މުވައްޒަފުން އެންގެވުމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް