Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބުންޑެސްލީގާ

ބުންޑެސްލީގާ: ފަހަތުން އަރައި ހޮފެންހައިމް ބަލިކޮށް ބަޔާން ހަމަޖެހިލައިފި

ހޮފެންހައިމްއާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން މޮޅުވީ 5-2 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2018 | އާދީއްތަ 07:46
ހޮފެންހަައިމް އަދި ބަޔާން ކުޅުނު މެޗުގެ ތެރެއިން ބަޔާންގެ ކޯމަން އިދިކޮޅު ޓީމުގެ ކުޅުންތެރިޔެއް ކައިރިން ނައްޓާލުމަށް މަސައްކަތްކުރަނީ

ހޮފެންހަައިމް އަދި ބަޔާން ކުޅުނު މެޗުގެ ތެރެއިން ބަޔާންގެ ކޯމަން އިދިކޮޅު ޓީމުގެ ކުޅުންތެރިޔެއް ކައިރިން ނައްޓާލުމަށް މަސައްކަތްކުރަނީ

ޖަރުމަނު ބުންޑެސްލީގާގައި ހޮފެންހައިމްއާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި ކާމިޔާބުކޮށް ބަޔާން މިއުނިކްއިން ތާވަލުގެ ކުރީގައި ހަމަޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ހޮފެންހައިމްއާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ކުރިމަތިލިއިރު ޖޫލިއަން ނަގެލްސްމަންގެ އިރުޝާދުގެ ދަށުން ބަޔާންއާ ދެކޮޅަށް ކުޅުނު އެއްވެސް މެޗަކުން ހޮފެންހައިމް ބަލިވެފައެއް ނުވެއެވެ. ހަމައެހެންމެ މި މެޗުގެ ހާއްސަކަން ބޮޑުވެގެންދިޔައީ މި މެޗަކީ ބުންޑެސްލީގާގެ ޓީމުތަކަށް އިރުޝާދު ދޭ ކޯޗުންގެ ތެރެއިން އެންމެ ޒުވާން ކޯޗު އަދި އެންމެ އުމުރުން ދުވަސްވީ ކޯޗުގެ ކުރިމަތިލުމަކަށް ވެގެން ދިޔައީތީއެވެ.

އެލަޔަންޒް އެރީނާގައި ތިބި ބަޔާންގެ ހުރިހާ ސަޕޯޓަރުންގެ އަޑު އެއްކޮށް ކެނޑިގެންދިޔައީ މެޗުގެ 3 ވަނަ މިނެޓުގައި ހޮފެންހައިމްއަށް ލިބުނު ޕެނަލްޓީއާއެކުއެވެ. މި ޕެނަލްޓީ ބަޔާންގެ ކީޕަރު މަތަކުރިއިރު ރީބައުންސްގައި މާކް އުތް ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެ ޓީމަށް ލީޑު ނަގައިދީފައެވެ. ހޮފެންހައިމްގެ ދެވަނަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސާޖް ގްނެބްރީއެވެ. މި ލަނޑަށް ފަހު ބަޔާންއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު ރޮބާޓް ލެވަންޑޯސްކީ ވަނީ 21 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާގެ ފަރަގު ކުޑަ ކޮށްދީފައެވެ. ހަމައެހެންމެ އޭގެ ހަތަރު މިނެޓު ފަހުން ޖެރޯމް ބޯޓެންގް ވަނީ ލަނޑެއް ޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ބަޔާންއިން ވަނީ ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 63 ވަނަ މިނެޓުގައި ކިންގްސްލީ ކޯމަން އެ ޓީމަށް ލީޑު ނަގައިދިން އިރު އޭގެ ތިން މިނެޓު ފަހުން އަރުތޫރޯ ވިދާލް ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ބަޔާންގެ ފަސްވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި އެ ޓީމަށް ޖަހައިދިނީ މި ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި ހޮފެންހައިމް ދޫކޮށް އެ ޓީމާއި ގުޅުނު ފޯވާޑް ސެންޑްރޯ ވެގްނާއެވެ.

ބުންޑެސްލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ބޮރޫޝިއާ ޑޯޓްމަންޑް އާއި ފްރެއިބާގް ބައްދަލު ކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ފްރެއިބާގްއިން ޖެހި ދެ ލަނޑު ވެސް ނިލްސް ޕެޓާސަން ޖަހައިދިންއިރު ޑޯޓްމަންޑްގެ ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ޝިންޖީ ކަގަވާ އަދި ޖެރެމީ ޓޮލްޔާންއެވެ. ރަށުން ބޭރުގައި ސްޓުޓްގާޓް ބަލިކޮށް ޝާލްކޭ ވެސް ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ނާލްޑޯ އަދި އެމީން ހެރިޓްއެވެ.

ހަމައެހެންމެ އާރްބީ ލީޕްޒީގް އާއި ހެމްބާގް ކުޅުނު މެޗު 1-1 އިން އެއްވަރުވެ އެ ޓީމު ވަނީ ހަތަރު ވަނައަށް ވެއްޓިފައެވެ. މި މެޗުގައި ލީޕްޒީގްގެ ލަނޑު ބުރްމާ ޖަހައިދިންއިރު ހެމްބާގްގެ ލަނޑު ޖަހައިދިނީ ފިލިޕް ކޮސްޓިކްއެވެ. އޮގްސްބާގް އާއި އެފްސީ ކޮލޯން ކުޅުނު މެޗު ވެސް މި ނަތީޖާއިން ނިމުނުއިރު ވާޑާ ބްރޭމެން އަދި ހާތާ ބާލިން ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ބުންޑެސްލީގާގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު އެއްވަނައިގައި 50 ޕޮއިންޓާއެކު އޮތީ ބަޔާން މިއުނިކެވެ. ދެވަނައިގައި 34 ޕޮއިންޓާއެކު ޝާލްކޭ އޮތްއިރު ތިންވަނައިގައި 33 ޕޮއިންޓާއެކު އޮތީ އެއިންޓްރަކްޓް ފްރެންކްފާޓްއެވެ. ހަމައެހެންމެ 32 ޕޮއިންޓާއެކު ހަތަރު ވަނަ ލިބެނީ ލީޕްޒީގްއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު