Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސް މައުމޫން

ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހްމަތުގައި ފާރިސް ހައްޔަރުކޮށްފި

27 ޖެނުއަރީ 2018 | ހޮނިހިރު 12:00

ފާރިސް ހައްޔަރުކުރީ ހޮނިހިރު ދުވަހުގެ ހަވީރު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 27 ޖެނުއަރީ 2018 | ހޮނިހިރު 12:00
ފާރިސް ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އަރުވަނީ

ފާރިސް ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އަރުވަނީ

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ހައްޔަރުކޮށްފިއެވެ.

ޖަލުގައި ހައްޔަރުކޮށްފައި ހުންނަތާ ހަ މަސް ފަހުން ބުރާސްފަތި ދުވަހު ކޯޓުން މިނިވަންކުރި ފާރިސް އަލުން ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހްމަތާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެއްސެވިކަމުގެ ތުހްމަތުގަ އެވެ.

Advertisement - newsAdvertisement

ފާރިސް ހައްޔަރުކުރަން ރައީސް އަބްދުﷲ ޔާމީން ވެސް ފުލުހުންނަށް ވަނީ އަންގައިފަ އެވެ.

ފާރިސް ހައްޔަރުކުރުމަށް ކޯޓް އަމުރެއް ހޯދާފައިވާ ކަމަށާއި އޭނާ ހައްޔަރުކުރަން ރައީސް ޔާމީން އެނގެވި ކަމަށް ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާ ހަވާލާ ދެއްވައި ފާރިސް ވިދާޅުވެފައި ވަނިކޮށް، މުއާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަކީ ގާނޫނު ތަންފީޒުކުރުމުގެ އެންމެ މަތީ ފަރާތްކަމުގައި ވީހިނދު، ފާރިސް މައުމޫން ހައްޔަރުކުރުމަށް ޝަރުއީ ކޯޓަކުން ނެރެފައިވާ އަމުރެއް ތަންފީޒުކުރުމަށް ފުލުހުންނަށް ރައީސް ޔާމީން އަންގަވާފައިވާ ކަމަށެވެ.

ފާރިސް ހައްޔަރުކުމަށް ފަހު ވެސް، އޭނާގެ އެޕާޓްމެންޓާއި އޭނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެ ފުލުހުން ދަނީ ބަލައި ފާސްކުރަމުންނެވެ.

ފާރިސް ހައްޔަރުކުރީ އޭނާ ދިރިއުޅުއްވާ މ. ސްނޯ ރޯޒްގައި ހުންނަވަނިކޮށް

ފާރިސްގެ އެޕާޓްމެންޓް ބަލައި ފާސްކުރުމަށް ނެރެފައިވާ ކޯޓް އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިީހުގެ މެންބަރުންތަކަކަށް ފައިސާ ބެހިކަމަށް ތުހުމަތު ކުރެވޭތީއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާއި ގުޅިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ގާނޫނީ ވެރިކަން ވައްޓާލުމަށް ގާނޫނާއި ހިލާފަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ތުހްމަތު ކުރެވޭތީ ކަމަށެވެ. ފާރިސްގެ ބަލައި ފާސްކުރުމުގެ އިތުރުން ފާރިސްގެ މޯބަލައި ފޯނާއި ސިމްކާޑާއި މެމޮރީ ކާޑާއި އެތަކެތީގައިވާ ހުރިހާ މައުލޫމާތާއި ފޯނުން ކޮށްފައިވާ އެންމެހާ މުއާމަލާތްތަކުގެ ތަފްސީލާއި ފޯން ކޯލްތަކާއި މެސެޖްތައް ހޯދުމަށް ކޯޓް އަމުރެއް ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.

ކޯޓް އަމުރުގައި ފާރިސްއާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމަށް ހުއްދަ ދީފައިވާއިރު، ރައީސް މައުމޫން ވިދާޅުވެފައި ވަނީ އެންދެރިމާގޭގައި ފާރިސްގެ އޮފީހެއް ނުހުންނަ ކަމަށާއި އެހެންވެ އެ ގެ ބަލައި ފާސްކުރަމުން ދަނީ ކޯޓް އަމުރެއް ނެތި ކަމަށެވެ.

ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހްމަތުގައި ފާރިސް ހައްޔަރުކުރިއިރު، ރިޔާސީ އިންތިހާބުގެ ކުރިން ސަރުކާރު ބަދަލުކުރަން ތާއިދުކުރައްވާ ކަމަށް، އިދިކޮޅު ކޯލިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.

ފާރިސް ހައްޔަރުކުރީ ސަރުކާރާއި ފުލުހުން އަމިއްލަ އަށް އުފައްދާފައިވާ ތުހްމަތެއްގައި ކަމަށް އިދިކޮޅު ޕާޓީތަކުގެ ބައެއް އޮފިޝަލުން ވިދާޅުވެ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް