Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް އިބްރާހީމް

ގާސިމްގެ ސިޓީއެއް ހުރިހާ މުވައްޒަފުންނަށް: ސާބިތުކަންމަތީ ތިބޭތީ ޝުކުރިއްޔާ!

25 ޖެނުއަރީ 2018 | ބުރާސްފަތި 11:32

ވިލާ ގްރޫޕްގެ ކުރިއެރުމަކީ އިހުލާސްތެރި މުވައްޒަފުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 25 ޖެނުއަރީ 2018 | ބުރާސްފަތި 11:32
ގާސިމް އިބްރާހީމް

ގާސިމް އިބްރާހީމް

ސަރުކާރުން ވިލާ ގްރޫޕްގެ ވިޔަފާރިތަކަށް ދަތިވާ ގޮތަށް ސަރުކާރުގެ ތެރެއިން ތަފާތު ޖެއްސުންކުރުންތަކާއި ފިޔަވަޅުތައް އަޅަމުންދާ މިދަނޑިވަޅުގައި ވިލާ ގްރޫޕްގެ މުވައްޒަފުން ދައްކަމުން ގެންދާ ހިތްވަރާއި ސާބިތުކަމަށްޓަކައި ވިލާ ގްރޫޕްގެ ޗެއާރމަން ގާސިމް އިބްރާހީމް، ވިލާ ގްރޫޕްގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައި ހިތްވަރު ދެއްވައިފިއެވެ.

ބުރާސްފަތި ދުވަހު ގާސިމް ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ވިލާ ގުރޫޕްގެ ވިޔަފާރިތަކަށް ދަތިވާ ގޮތަށް ސަރުކާރުގެ ތެރެއިން ތަފާތު ފިޔަވަޅުތައް އަޅަމުންދިއުމުގެ ސަބަބުން ލިބޭ ގެއްލުންތަކާ ގުޅިގެން ވިލާ ގުރޫޕްގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކަށް ލިބެމުންދާ ގެއްލުމާއި ދެރަ އިހުސާސް ކުރަންޖެހިފައިވާ މިވަގުތު ވެސް މުވައްޒަފުން ދައްކަމުން ގެންދާ ސާބިތުކަން ފާހަގަކުރާ ކަމަށާއި ވިލާ ގްރޫޕްގެ މުވައްޒަފުންނާ މެދު އުފާ ކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ގާސިމް ވިދާޅުވީ ހުރިހާ ތަނެއްގައި ވެސް އެތަނެއްގެ ކުރިއެރުމަކީ އެތަނެއްގައި މަސައްކަތްކުރާ އިހުލާސްތެރި ތެދުވެރި މުވައްޒަފުން ކަމަށެވެ. އެގޮތުން ވިލާ ގްރޫޕްގެ ކުންފުނިތަކުގެ ކުރިއެރުމަކީ ވެސް ތެދުވެރި އިޚްލާސްތެރި މުވައްޒަފުން ކަމަށެވެ.

"ތިޔަ ލޮބުވެތި މުވައްޒަފުންނަށް ވެސް ފެނި އިހްސާސް ކުރެވެމުންދާ ފަދައިން އަޅުގަނޑުމެންގެ ވިޔަފާރިތަކަށް ގާނޫނާއި ހަަމައާއި އިންސާފުގެ ބޭރުން ނުރައްކާތެރި ހިޔަނިތަކެއް މިހާރު ވަނީ އެޅިފައެވެ. އެކަމުގެ ގެއްލުމާއި ދެރަ އަޅުގަނޑާ އެކު ތިޔަ ލޮބުވެތި މުވައްޒަފުން ވެސް ތިޔަ ގެންދަވަނީ އުފުއްލަވަމުންނެވެ. މިދަނޑިވަޅުގައި ކެތްތެރިކަމާއި ސާބިތުކަމާ އެކު މުވައްޒަފުން ދައްކަމުން ގެންދާ ހިތްވަރު އަޅުގަނޑު ޝުކުރުވެރިކަމާ އެކު ބަލައިގަންނަމެވެ. މިވަގުތު އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ވެސް ތިޔަ ލޮބުވެތި މުވައްޒަފުންގެ ތެދުވެރިކަމާއި ސާބިތު ކަމެވެ. އަޅުގަނޑުމެންގެ ވިޔަފާރިތަކުގެ އިމަކީ އަބަދު ވެސް ގާނޫނުގެ އިމެވެ. ހުރިހާ ކަމެއް ކޮށްފައިވާނީ އަދި ދެން ވެސް ކުރަމުންދާނީ ގާނޫނުގެ އިމުގެ ތެރެއިން. އަޅުގަނޑުގެ ނަސޭހަތަކީ އަދި އިލްތިމާސަކީ ތިޔަ ލޮބުވެތި މުވައްޒަފުން ވެސް އަބަދުމެ މި އިމުގެ ތެރޭގައި ސާބިތުވެ ތިބުމެވެ،" ގާސިމް ވިދާޅުވިއެވެ

ގާސިމް ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމަށްޓަަކައި އެވަގުތަކު ކޮށްދެވެން އޮތް އެންމެ ރަނގަޅަށް މުވައްޒަފުންނާއި އާއިލާތަކަށް އެކަމެއް ކޮށްދެވޭތޯ އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް މިއުސޫލުން އަމަލުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ވިލާ ގްރޫޕްގެ މުވައްޒަފުންނަށް ދެއްވާ ކަމަށެވެ.

ގާސިމް ވިދާޅުވީ ވިލާގެ ވިޔަފާރިތަކަށް ސރުކާރުގެ ފަރާތުން މިހާރު ކުރިމަތިކުރަމުންދާ ހުރަސްތަކާއި ފިއްތުއްތަކާއި އަދި ދެމުންގެންދާ ގެެއްލުންތަކަކީ ވިލާ ގްރޫޕުން ގާނޫނާ ހިލާފުވެގެން ދޭ ގެއްލުންތަކެއް ނޫން ކަމަށެވެ. އަދި ވިލާ އިން ދުވަހަކު ވެސް ގާނޫނުތަކާ ހިލާފު ނުވާނެ ކަމުގެ ޔަގީންކަން ވެސް ގާސިމް ވަނީ ދެއްވާފައެވެ.

ގާސިމް ވިދާޅުވީ ވިލާ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކާއި އެފަދަ އެނޫން ވެސް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކަމުންދާ ކަމަށެވެ. ސަރުކާރާއި ވިލާ ކުންފުނިތަކާ ދެމެދު ވެވިފައިވާ އެއްބަސްވުންތަކެއް ހުރިކަން ފާހަގަކޮށް މިބަޔާނުގައި ވިދާޅުވެފައި ވަނީ ވިލާ އިން އެއްބަސްވުންތަކާ ހިލާފު ނުވާ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އެކިފަހަރު މަތިން އެކި ގޮތްގޮތަށް އެއްބަސްވުންތަކާ ހިލާފުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ލިބުނު ގެއްލުންތައް ހައްލުކުރުމަށާއި މައްސަލައަށް އިންސާފުވެރި ޝަރުއީ ހައްލެއް ހޯދުމަށް ވިލާ އިން ވާނީ ކޯޓަށް ހުށަހަޅާފައި ކަމަށް ވެސް ބަޔާނުގައިވެއެވެ. ކޯޓުތަކުން އެމައްސަލަތައް ބަލަމުން ދަނިކޮށް ދައުލަތުން މުއައްސަސާތައް ބޭނުންކޮށްގެން ސަރުކާރުން ވިލާގެ އެކައުންޓްތައް ފްރީޒްކޮށް، ކަސްޓަމްސް އިން މުދާ ދޫކުރުން ހުއްޓާލައި، އިމިގްރޭޝަނުން ދޭންޖެހޭ ހިދުމަތްތައް ހުއްޓާލުމުން ވިލާއަށް ވަރަށް ދަތި އުދަގޫ ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ވެސް މިބަޔާނުގައިވެއެވެ. އަދި އެއިން އެއްވެސް ކަމެއް ކޮށްފައި ވަނީ ވިލާއިން ގާނޫނާ ހިލާފަށް ކަމެއް ކޮށްގެން ނޫން ކަމަށާއި އެއިން ކަމެއް ޝަރުއީ މަރުހަލާ ނުނިމެނީސް ކުރެވިގެން ވާނެ ކަމަށް ވިލާ އިން ނުދެކޭ ކަމަށް ވެސް މިބަޔާނުގައި ވިދާޅުވެފައިވެއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތަކީ މަގާމަކާއި ދަރަޖަވެރިކަމަކާއި ޝުހުރަތެއް ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށެވެ. އެއީ އެމަނިކުފާނުގެ ވިސްނުންފުޅާއި ތަޖުރިބާގެ އަލީގައި ދިވެހިންނާއި ދިވެހިރާއްޖެއަށް އެންމެ ހެޔޮގޮތް ހޯދައިދިނުމަށް ބާރު އެޅުމުގެ ގޮތުން ކުރައްވާ މަސައްކަތެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
20 މާރިޗު 2017

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު
20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
16 މާރިޗު 2017

އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި

16 މާރިޗު 2017
އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި
20 ފެބުރުއަރީ 2017

ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ

20 ފެބުރުއަރީ 2017
ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ
15 ފެބުރުއަރީ 2017

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް