Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޒައިނަބުގެ މަރުގެ މައްސަލަ

ޒައިނަބު މަރުގެ މައްސަލައިގައި ހައްުޔަރު ކުރި މީހާ ކޯޓަށް ހާޒިރު ކުރަނީ

24 ޖެނުއަރީ 2018 | ބުދަ 12:33

ޒައިނަބުގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި މީހާ ވަނީ ޒައިނަބު މަރާލާ ރޭޕްކުރުމުގައި ބައިވެރިވިކަމަށް އެއްބަސްވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 24 ޖެނުއަރީ 2018 | ބުދަ 12:33
ރަހުމްކުޑަގޮތަކަށް މަރާލި ޒައިނަބު އަންސާރީ

ރަހުމްކުޑަގޮތަކަށް މަރާލި ޒައިނަބު އަންސާރީ

ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސްގައި ހަތް އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެންމެ އިސް މީހާ މުހަންމަދު އިމްރާން، ބުދަ ދުވަހު ވެރިރަށް ލާހޫރޫގެ "ސްޕެޝަލް އެންޓި ޓެރަރިޒަމް ކޯޓަށް" ހާޒިރު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޒައިނަބު އަންސާރީ މަރުވެފައިވާ އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދާތާ ދުވަސްތަކެއް ފަހުން ޖެނުއަރީ 9 ވަނަ ދުވަހު ކުނިގޮނޑަކަށް އެއްލާލާފައި އޮއްވައެވެ.

ޒައިނަބުގެ އޯޓޮޕްސީން ހާމަވެގެން ދިޔައީ އޭނާ މަރާލައިފައި ވަނީ ރޭޕްކޮށް އަދި ނޭވާހާސްކޮށްލައިގެން ކަމެވެ.

ޕަންޖާބުގެ ޗީފް މިނިސްޓަރު ޝެހްބާޒް ޝަރީފު އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި ވިދާޅުވީ "ޒައިނަބު މަރާލި މީހާ ހައްޔަރުކޮށްފި ކަމަށާއި އޭނާގެ ނަމަކީ މުހަންމަދު އިމްރާން ކަމަށެވެ. އަދި އޭނާ އަކީ ޒައިނަބު ދިރިއުޅެމުން ދިޔަ ކަސޫރު ސިޓީއަށް ނިސްބަތްވާ، 24 އަހަރުގެ މީހެއް ކަމަށެވެ. ޝެހެބާޒް ވިދާޅުވީ ޒައިނަބު ގެ ގާތިލު ހައްޔަރު ކުރެވުނީ ދައުލަތުގެ މުއައްސަސާތަކުގެ ވަރަށް ބުރަ މަސައްކަތާއެކު ކަމަށެވެ.

ޕަންޖާބުގެ ޗީފް މިނިސްޓަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒައިނަބުގެ ބައްޕަ ވެސް ބައިވެރިވިއެވެ. އެގޮތުން ޒައިނަބުގެ ބައްޕަ އަމީން އަންސާރު ވިދާޅުވީ ޕާކިސްތާނުގެ ސަރުކާރުން ޒައިނަބުގެ މަރުގެ މައްސަލަ ގެންދާގޮތާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

ޒައިނަބުގެ މަރާ ގުޅިގެން ޒައިނަބު ދިރިއުޅެމުން ދިޔަ ކަސޫރު ސިޓީގައި ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ވެސް ކުރިއެވެ. އަދި އެ މުޒާހަރާތަކުގައި މަދުވެގެން ދެ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވިއެވެ. ކަސޫރު ސިޓީގައި ޒައިނަބުގެ މަރުގެ ހާދިސާ ފަދަ 11 ހާދިސާއެއް ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހިނގާފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
05 މާރިޗު 2017

ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި

05 މާރިޗު 2017
ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް