Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ޔާމީންގެ ވެރިކަން

ޕްރައިމަރީގައި އާއިލާއިން ރައީސް ޔާމީނަށް ތާޢީދުކުރީ އެމަނިކުފާނުގެ ހަޤީޤަތް ނޭނގޭތީ: ޔުމްނާ

ރައީސް ޔާމީނަށް އޭރުވެސް ތުޙުމަތުތަކެއް ކުރެވެމުން ދިޔަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2018 | އަންގާރަ 23:43
ޔުމްނާ މައުމޫން: ރައީސް ޔާމީން އާއިމެދު ކުރެވޭ ތުޙުމަތުތަކުގެ ހަޤީޤަތް ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި

ޔުމްނާ މައުމޫން: ރައީސް ޔާމީން އާއިމެދު ކުރެވޭ ތުޙުމަތުތަކުގެ ހަޤީޤަތް ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި

ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ޕާޓީގެ އެތެރޭގައި ބޭއްވި ޕްރައިމަރީގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އާއިލާއިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް ތާޢީދުކުރީ، އެމަނިކުފާނުގެ ހަޤީޤަތް ނޭނގޭތީ ކަމަށް އެ ޕާޓީގެ ކުރީގެ ކައުންސިލް މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޔުމްނާ ވިދާޅުވީ، ރައީސް ޔާމީނަށް އޭރުވެސް ތުޙުމަތުތަކެއް ކުރެވެމުން ދިޔަ ކަމަށާއި، ނަމަވެސް އޭރު ރައީސް ޔާމީންގެ ހަޤީޤަތް ނޭނގުނީ ކަމަށެވެ.

Advertisement - newsAdvertisement

ޔުމްނާ ވިދާޅުވީ ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާއިން އޭރު ރައީސް ޔާމީނަށް ތާޢީދު ކުރެއްވީ އެއީ ޤައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ދެކިލައްވާތީ ކަމަށެވެ.

"ހަޤީޤަތުގަވެސް ރައީސް މައުމޫންވެސް އެ ތާއީދު ކުރެއްވީ، އޭރު އަދި ވާހަކަތަކެއް ދެކެވުނު ނަމަވެސް، ދެކެވޭ ކޮންމެ ވާހަކަތަކެއް ޤަބޫލެއް ނުކުރައްވާނެ އެ ސާބިތު ކުރެވޭނެ ގޮތްތަކަކާއި ހެކިތަކަކާއި ހުރެގެން (މެނުވީ). ދެން މީހުން ތެރޭގައި އަބަދުވެސް އެކި ބޭފުޅުންނާ ބެހޭގޮތުން ވާހަކަ ދެކެވޭނެ. ހަޤީޤަތުގައި ހަމަ އެންމެ ރަނގަޅު ކެންޑިޑޭޓަކީ އެއީ ކަމަށް ޤަބޫލުކުރައްވައިގެން ރައީސް މައުމޫންވެސް އެ ތާއީދު ކުރެއްވީ އަދި އާއިލާގެ އެހެން މެންބަރުންވެސް އަޅުގަނޑަށް ހީވަނީ ހަމަ އެ ނިންމުން އެ ނިންމީ ހަމަ ވަރަށް ބޮޑަށް ވިސްނާ ދިރާސާ ކޮށްފަ. ޤައުމަށް އެންމެ ރަނގަޅު ވާނެ ގޮތަށް، އެންމެ ރަނގަޅު ކެންޑިޑޭޓަކަށް އެވަގުތު އެބޭފުޅުން ޤަބޫލުކުރެއްވީ އެއީ ކަމަށްވާތީ އެގޮތަށް އެ ނިންމެވީ ހަޤީޤަތުގައި" ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތީ ވަރަށް ބޮޑު ބާރުވެރިކަމަކާއިއެކު ކަމަށާއި، މީހެއްގެ އަސްލު އެނގޭނީ އެމީހަކާއި ބާރުތައް ހަވާލުކުރުމުން ކަމަށެވެ.

"ހަޤީޤަތުގައި މީހެއްގެ އަސްލު އެނގޭނީ ވަކި ހިސާބަކަށް ދިޔައިމާ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ. ހައްދު ފަހަނައަޅާ ވަރަށް ބާރު ލިބުނީމަ، މިސާލަކަށް މަޖިލިސްވެސް މެޖޯރިޓީ، ސުޕަރ މެޖޯރިޓީއާ އެއްކޮށް ލިބުނީ ދެއްތޯ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން. އެހެންވީމަ ވަކި ވަރަކަށް ބާރު ލިބުނީމަ އެމީހަކު އަމަލު ކުރާނެ ގޮތެއް ކުރިޔަކުންނެއް ނޭނގޭނެ. އެހިސާބަށް ދިޔައިމަ ހަޤީޤަތުގައި ޤާނޫނަށް ކިހާ ވަރަކަށްތޯ ބައްލަވަނީ، ހުރުމަތްތެރިކޮށް ހިއްތަވަނީ، މިކަންކަން އެނގޭނީ ވަކި ކަހަލަ ހާލަތްތަކަކަށް އެމީހަކު ދިޔައިމަ އެމީހަކު އަމަލް ކުރާނެ ގޮތްތަކެއް އެނގޭނީ" ޔުމްނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޔުމްނާ ވަނީ ވެރިކަންކުރާ ޕީޕީއެމް ޤާނޫނީ ހުސްކަމަކަށް ގޮސްފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު