Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ތާވަލުގެ ކުރިޔަށް ޖެހުމަށް ލިބުނު ފުރުސަތު ޓޮޓެންހަމް އިން ނަގާލައިފި

22 ޖެނުއަރީ 2018 | ހޯމަ 07:42

ޓޮޓެންހަމްއާ ސައުތުހެމްޕްޓަން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 22 ޖެނުއަރީ 2018 | ހޯމަ 07:42
ހެރީ ކޭން ލަނޑު ޖެހުމަށް ފަހު - 21 ލަނޑާ އެކު ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ އޭނާ

ހެރީ ކޭން ލަނޑު ޖެހުމަށް ފަހު - 21 ލަނޑާ އެކު ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ އޭނާ

އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ ކުރިޔަށް ޖެހުމަށް ލިބުނު ފުރުސަތު ޓޮޓެންހަމް އިން ނަގާލައިފިއެވެ.

ޓޮޓެންހަމް އަށް މި ފުރުސަތު ގެއްލުނީ ރަށުން ބޭރުގައި ސައުތުހެމްޕްޓަންއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވުމާ ގުޅިގެންނެވެ. އެ ޓީމުން މި މެޗު ކާމިޔާބުކުރި ނަމަ ހަތަރު ވަނަ މަގާމަށް ޖެހުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މި ސީޒަނުގައި ޓޮޓެންހަމްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއަށް އަނިޔާގެ ސަބަބުން ކުޅެވިފައެއް ނުވެއެވެ. ހަމައެހެންމެ މި މެޗުގައި ޓޮޓެންހަމްގެ ގޯލު ބެލެހެއްޓީ އެ ޓީމުގެ ދެވަނަ ކީޕަރު ކަމަށްވާ މިޝޭލް ވޯމްއެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ކުޅުނު 100 ވަނަ މެޗެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެ ހަމަލާ އުފެއްދުމަށް މަސައްކަތްކުރީ ސައުތުހެމްޕްޓަންއެވެ. އެ ޓީމުގެ ދެ ފަޅިން ޓޮޓެންހަމްގެ އޭރިއާ ތެރެއަށް ގިނަ ހުރަސްތަކެއް ނެގިއިރު 15 ވަނަ މިނެޓުގައި އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑަކީ ރަޔާން ބާޓްރަންޑް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޓޮޓެންހަމްގެ ޑިފެންޑަރު ޑެވިންސަން ސަންޗޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އެހެން ނަމަވެސް އޭގެ ތިން މިނެޓު ފަހުން ހެރީ ކޭން ވަނީ ލަނޑެއް ޖަހައިދީ ޓޮޓެންހަމްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ލަނޑަކީ ކޭން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި އޭނާ ޖެހި ނުވަވަނަ ލަނޑެވެ. މި ލަނޑަށް ފަހު ޓޮޓެންހަމް އިން މެޗުގެ ކޮންޓްރޯލް ނެގިއިރު އެ ޓީމަށް އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެގެން ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ސައުތުހެމްޕްޓަންއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މި ހާފުގައި ޑެލޭ އަލީ އާއި ހެރީ ކޭންއަށް ލަނޑު ޖެހުމަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. މި މެޗު އެއްވަރުވުމާއެކު ޓޮޓެންހަމްގެ ކުރިން ތާވަލުގެ ފަސްވަނައިގައި އޮތް ލިވަޕޫލްއަށް ފަސް ޕޮއިންޓް ކުރިޔަށް ޖެހިލުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.

ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން 65 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީއަށް އެއްވަނަ ލިބޭއިރު ދެވަނައިގައި 53 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ތިންވަނައިގައި 50 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު އެއް މެޗު މަދުން ކުޅެގެން 47 ޕޮއިންޓާ އެކު ހަތަރުވަނައިގައި އޮތީ ލިވަޕޫލްއެވެ. ޓޮޓެންހަމްއަށް 45 ޕޮއިންޓާ އެކު ފަސްވަނަ ލިބޭއިރު ހަވަނައިގައި 42 ޕޮއިންޓާއެކު އޮތީ އާސެނަލްއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް