Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އާމިރު ޚާން

ސީކްރެޓް ސުޕަރސްޓާ އަށް އިންޑިއާގައި ލިބުނު އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް ޗައިނާގައި ދެ ދުވަހުން ލިބިއްޖެ

މި ފިލްމަށް ޗައިނާގައި ދެ ދުވަހުން 17 މިލިއަން ޑޮލަރު ލިބިފައިވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2018 | އާދީއްތަ 15:32
ސީކްރެޓް ސުޕަރސްޓާގެ މައިގަނޑު ދެ ކެރެކްޓަރގެ ރޯލުން ފެނިގެންދާ އާމިރު ޚާނާއި ޒައިރާ ވަސީމް

ސީކްރެޓް ސުޕަރސްޓާގެ މައިގަނޑު ދެ ކެރެކްޓަރގެ ރޯލުން ފެނިގެންދާ އާމިރު ޚާނާއި ޒައިރާ ވަސީމް

އާމިރް ޚާންގެ އެންމެ ފަހުގެ ފިލްމު، "ސީކްރެޓް ސުޕަރސްޓާ"، ރިލީޒް ކުރީއްސުރެ އިންޑިއާގައި އެ ފިލްމަށް ލިބުނު އާމްދަނީ އަށް ވުރެ ބޮޑު އާމްދަނީއެއް، އެ ފިލްމު ޗައިނާގައި ދެއްކި ފުރަތަމަ ދެދުވަހު ލިބިއްޖެއެވެ.

އާމިރު ޚާންއަށް ބޮޑު ތާޢީދެއް އޮންނަ ޗައިނާގައި ނިމިގެންދިޔަ ހަފްތާ ބަންދުގައި މި ފިލްމު ރިލީޒްކޮށް، ދައްކާފައިވާއި، ހުކުރު އަދި ހޮނިހިރު ދުވަހު ފިލްމަށް ވަނީ ޖުމްލަ 17.35 މިލިއަން ޑޮލަރު (110.7 ކްރޯރް އިންޑިއަން ރުޕީޒް) ގެ އާމްދަނީއެއް ލިބިފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މި ފިލްމު ރިލީޒް ކުރީއްސުރެ މިހާތަނަށް އިންޑިއާގައި މި ފިލްމަށް ލިބިފައި ވަނީ 12.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 80 ކްރޯރް އިންޑިއަން ރުޕީޒް) އެވެ.

މި ފިލްމުގެ ޖުމްލަ އާމްދަނީ މިހާރު ވަނީ 40 މިލިއަން ޑޮލަރު (258 ކްރޯރް އިންޑިއަން ރުޕީޒް) އަށް އަރާފައެވެ. މި ފިލްމު އުފެއްދުމަށް ޚަރަދުކޮށްފައި ވަނީ 2.3 މިލިއަން ޑޮލަރު (15 ކްރޯރް އިންޑިއަން ރުޕީޒް) އެވެ.

ޗައިނާގައި ފިލްމަށް ލިބުނު ކާމިޔާބީގެ އިތުރުން މި ފިލްމު ވަނީ ޗައިނާގައި ރިކޯޑެއް ވެސް ޤާއިމްކޮށްފައެވެ. އެގޮތުން ޗައިނާގެ ބާޒާރުގައި ފުރަތަމަ ދުވަހު އެ ފިލްމަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ހިންދީ ފިލްމުގެ މަޤާމު އެ ފިލްމު ވަނީ ހޯދާފައެވެ.

"ސީކްރެޓް ސުޕަރސްޓާ"ގެ ކުރިން އާމިރު ޚާން ނެރުނު "ޑަންގަލް" އަށް ވެސް ޗައިނާގައި ބޮޑު ކާމިޔާބެއް ލިބިފައިވާއިރު، އެ ފިލްމަށް ޗައިނާ އިން އެކަނި ވެސް މިހާތަނަށް ވަނީ 200 މިލިއަން ޑޮލަރު ލިބިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޓްރެއިލާ ރިލީޒްކޮށްފި

ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޓްރެއިލާ ރިލީޒްކޮށްފި

02 އޯގަސްޓު 2017
ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރު ވަރަށް ތަފާތު

ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރު ވަރަށް ތަފާތު

01 އޯގަސްޓު 2017
އިންޑިއާގައި ޖިންނި މޮޔަވެގެން ކަމަށް ބުނެ ހޮސްޕިޓަލަށް ގެނައި އަންހެނަކަށް ޑރ. ދިން "ފަރުވާ" ގެ މައްސަލަ ހޫނުވެއްޖެ!

އިންޑިއާގައި ޖިންނި މޮޔަވެގެން ކަމަށް ބުނެ ހޮސްޕިޓަލަށް ގެނައި އަންހެނަކަށް ޑރ. ދިން "ފަރުވާ" ގެ މައްސަލަ ހޫނުވެއްޖެ!

30 ޖޫން 2017
"ޚާމޯޝީ" އަކީ އެންމެ ފުރަތަމަ 8ކޭ ކެމެރާއިން އިންޑިއާގައި ހަދާ ފިލްމު

"ޚާމޯޝީ" އަކީ އެންމެ ފުރަތަމަ 8ކޭ ކެމެރާއިން އިންޑިއާގައި ހަދާ ފިލްމު

28 ޖޫން 2017
"ޓިއުބްލައިޓް" އަށް ހީކުރިވަރުގެ އާމްދަނީއެއް ނުލިބުނު

"ޓިއުބްލައިޓް" އަށް ހީކުރިވަރުގެ އާމްދަނީއެއް ނުލިބުނު

26 ޖޫން 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު