Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލްގެ ޓްރާންސްފާތައް

ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވުން ވަރަށް ގާތް: ވެންގާ

19 ޖެނުއަރީ 2018 | ހުކުރު 02:44

ސަންޗޭޒް އާއި ޔުނައިޓެޑާ ދެމެދު ވަނީ އެއްބަސްވުމަކަށް އާދެވިފައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 19 ޖެނުއަރީ 2018 | ހުކުރު 02:44
އާސެނަލްގެ ކޯޗު އާސެން ވެންގާ އެކްލަބަށް ކުޅޭ ޗިލީގެ ފޯވާޑް ސަންޗޭޒް އަށް އިރުޝާދު ދެނީ

އާސެނަލްގެ ކޯޗު އާސެން ވެންގާ އެކްލަބަށް ކުޅޭ ޗިލީގެ ފޯވާޑް ސަންޗޭޒް އަށް އިރުޝާދު ދެނީ

އާސެނަލް އަށް ކުޅޭ ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް ބަދަލުވުން އެންމެ ގާތީ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑަށް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

ސަންޗޭޒް (29އ) އާސެނަލްއާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، ސަންޗޭޒް އާއި ޔުނައިޓެޑާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާސެނަލްގެ ކޯޗު ވެންގާ ބުނީ، އޭނާ ޓްރާންސްފަރގެ ކަންކަމުގައި ހަރަކާތްތެރިވާތާ 30 އަހަރު ވެފައިވާ ކަމަށާއި ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވުމަކީ ވެދާނެ ކަމެއް ކަމަށާއި އެހެންނަމަވެސް ކޮންމެ ވަގުތެއްގައި ވެސް އެކަން ހުއްޓިދާނެ ކަމަށެވެ.

ވެންގާ ބުނީ، ރޮނގުމަތީގައި ހުރިހާ ހިނދަކު، އެއީ ނުވާ ކަމެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށާއި، ޓްރާންސްފަރގެ ކަންކަމަކީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޔަގީންކަން ދެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ވެންގާ ބުނީ، ސަންޗޭޒްގެ ޓްރާންސްފަރގެ ކަންކަން ހަމަނުޖެހިއްޖެ ނަމަ، ހޮނިހިރު ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުގައި ސަންޗޭޒް ފެނިގެންދާނެ ކަމަށެވެ.

ވެންގާ ބުނީ ސަންޗޭޒްގެ އެޓިޓިއުޑާ މެދު އޭނާގެ މައްސަލައެއް ނެތް ކަމަށާއި، ބުދަ ދުވަހު ބޭއްވި އާސެނަލްގެ ފަރިތަކުރުންތަކުގައި ވެސް ސަންޗޭޒް ފުރިހަމަ އަށް ބައިވެރިވެފައިވާ ކަމަށެވެ. އަދި ސަންޗޭޒްގެ އުމުރުން 29 އަހަރު ވެފައިވާއިރު، ކުރިއަށް އޮތް ކޮންޓްރެކްޓަކީ އޭނާ އަށް ވަރަށް މުހިންމު ކޮންޓްރެކްޓެއް ކަމަށް ވެންގާ ބުންޏެވެ.

މީގެ އިތުރުން ވެންގާ ވަނީ ސަންޗޭޒް ޔުނައިޓެޑަށް ވިއްކާލުމުގެ ޑީލްގައި ޔުނައިޓެޑްގެ މިޑްފީލްޑަރ ހެންރިކް މިޚިތަރްޔަން އެކްލަބަށް ގެނައުމަށް އާސެނަލް އިން ބޭނުންވާ ކަމަށް ބުނާ ރިޕޯޓްތަކަށް ބާރުދޭ މޭރުމަކުން ވާހަކަ ދައްކާފައެވެ.

ވެންގާ ބުނީ މިޚިތަރްޔަންއަކީ އޭނާ އަށް ކަމުދާ ކުޅުންތެރިޔެއް ކަމަށެވެ. އަދި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅުނު ދުވަސްވަރު އާސެނަލްއާ ދެކޮޅަށް ގިނަ މެޗުތަކެއް ކުޅެފައިވާ ކަމަށާއި، އާސެނަލްގެ ކުޅުމުގެ ފެންވަރަށް މިޚިތަރްޔަން ތައުރީފް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާ އާސެނަލް އަށް ގެނައުމުގައި މުސާރައަކީ މައްސަލައަކަށް ނުވާނޭ ކަމަށް ވެންގާ ބުންޏެވެ.

އަރްމީނިއާގެ 28 އަހަރުގެ ފޯވާޑް އެހެން ކްލަބަކަށް ބަދަލުވުމާ މެދު އެއްބަސްވުމަކަށް އާދެވިފައިނުވި ނަމަވެސް، އިނގިރޭސި ޕްރިމިއަރ ލީގުގައި ސްޓޯކް ސިޓީގެ މައްޗަށް ހޯމަ ދުވަހު ޔުނައިޓެޑް ކުރި ހޯދި މެޗަށް ނެގި ސްކޮޑުން އޭނާ ވަނީ ބާކީކޮށްފައެވެ. އަދި އެނިންމުމަކީ ޓެކްޓިކަލް ނިންމުމެއް ނޫން ކަން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ކަށަވަރު ކޮށްދީފައިވެއެވެ.

އާސެނަލް އިން މިދިޔަ ބުދަ ދުވަހު ވަނީ އެކްލަބަށް ކުޅުނު އިނގިރޭސި ފޯވާޑް ތިއޯ ވޮލްކޮޓް، އެވަޓަން އަށް ވިއްކާލާފައެވެ.

މީގެ އިތުރުން އާސެނަލްގެ ސްކޮޑް ވަރުގަދަ ކުރުމަށް ބޮރޫޝިއާ ޑޯޓްމުންޑްގެ ފޯވާޑް ޕިއޭ އެމެރިކް އޮބަމެޔަންގ އަދި ބޯޑޯގެ ފޯވާޑް މަލްކޮމް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި

04 ޖެނުއަރީ 2017
ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް