Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މިސްރުގެ އަސްކަރިއްޔާ

މިސްރުގެ ޖާސޫސީ އިދާރާގެ ވެރިޔާގެ މަގާމުން ފައުޒީ ވަކި ކުރައްވައިފި

މަގާމުން ވަކި ކުރުމަށް ނިންމީ ބުރާސްފަތި ދުވަހު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2018 | ހުކުރު 02:07
މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސިސީ

މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސިސީ

މިސްރުގެ ބާރުގަދަ ޖާސޫސީ އިދާރާގެ ވެރިޔާ، ޖެނެރަލް ޚާލިދު ފައުޒީ އެމަގާމުން ވަކި ކުރައްވައިފިއެވެ.

މިސްރުގެ ދައުލަތުގެ މީޑިއާ އިން ބުނީ، ޖާސޫސީ އިދާރާގެ ވެރިޔާގެ މަގާމުން ފައުޒީ ވަކި ކުރެއްވުމަށް ރައީސް އަބްދުލް ފައްތާހް އަލް ސިސީ ބުރާސްފަތި ދުވަހު ނިންމަވާފައިވާ ކަމަށެވެ. އަދި ފައުޒީގެ ބަދަލުގައި ސިސީގެ ޗީފް އޮފް ސްޓާފް އަދި އަރިސް ބޭފުޅެއް ކަމަށްވާ ޖެނެރަލް އައްބާސް ކާމިލް، ޖާސޫސީ އިދާރާގެ ވެރިޔަކަށް ވަގުތީ ގޮތުން ހަމަޖައްސާފައިވާ ކަމަށް މިސްރުގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓްކުރެއެވެ.

މިސްރުގެ ރިޔާސީ އިންތިޚާބު އަންނަ މާޗް މަހު ބޭއްވުމަށް ނިންމާފައިވާއިރު، ޖާސޫސީ އިދާރާގެ އިސް ވެރިޔާގެ މަގާމުން ފައުޒީ ވަކިކުރެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މިސްރުގައި 2014 ވަނަ އަހަރުން ފެށިގެން ގޮށް މުށުގެ ބާރުން ވެރިކަން ކުރައްވަމުން ގެންދަވާ ސިސީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް މިއިންތިޚާބުގައި ވާދަކުރައްވާ، ސިސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

އަސްކަރިއްޔާގެ ކުރީގެ ވެރިޔާގެ މަގާމުގައި ހުންނެވި ސިސީ މިސްރުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ، ޑިމޮކްރެޓިކް އުސޫލުން އެގައުމުގައި އިންތިޚާބު ކުރި ފުރަތަމަ ރައީސް މުޙައްމަދު މުރްސީގެ މުސްލިމް ބްރަދަހުޑް ޕާޓީގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެގައުމުގައި ކުރި ބޮޑެތި މުޒާހަރާތަކަށް ފަހު ގެނައި އަސްކަރީ ބަޣާވާތަކަށް ފަހުގައެވެ. މުރްސީގެ ވެރިކަން ވައްޓާލުމަށް ފަހު ވަގުތީ ގޮތުން އަސްކަރިއްޔާ އިން އެގައުމުގައި ހިންގި ވެރިކަމަށް ފަހު، 2014 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ސިސީއެވެ.

ސިސީ ވެރިކަމަށް ވަޑައިގެންނެވި ފަހުން މިސްރުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ހަނގުރާމަވެރިންގެ ގިނަ ހަމަލާތަކެއް ދީފައިވެއެވެ. ހާއްސަ ގޮތެއްގައި މިސްރުގެ އުތުރު ސައިނާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން، މިސްރުގެ ސަލާމަތީ ފައުޖުތަކަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިވެއެވެ. އެހަމަލާތަކުގައި މިސްރުގެ ސަލާމަތީ ފައުޖުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ވަނީ މަރުވެފައެވެ.

މިހަމަލާތަކާއި ގުޅިގެން ދޭތެރެދޭތެރެއިން މިސްރުގެ ސަލާމަތީ ފައުޖުތަކުގެ އިސް ފަރާތްތައް ބަދަލުކޮށްފައި ވެއެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސިސީ ވަނީ އެގައުމުގެ އަސްކަރިއްޔާ އަށް އާ ޗީފް އޮފް ސްޓާފެއް ކަނޑައަޅައި، ސިފައިންގެ އިސް ވެރިންތަކެއް ބަދަލުކޮށްފައެވެ. އެބަދަލު ގެނެސްފައި ވަނީ މިސްރުގެ ވެރިރަށް ޤާހިރާގެ ހުޅަނގުދެކުނުން 200 ކިލޯމީޓަރު ދުރުގައިވާ ހުޅަނގުގެ ސަހަރާގައި ދިން ހަމަލާއެއްގައި ފުލުހުން 16 އޮފިސަރަކު މަރުވުމާ ގުޅިގެންނެވެ.

މިސްރުގެ ޖާސޫސީ އިދާރާގެ އިސްވެރިޔާގެ މަގާމުން ވަކި ކުރެއްވި ފައުޒީއެކޭ އެއްފަދައިން، އެމަގާމަށް ވަގުތީ ގޮތުން އައްޔަން ކުރެއްވި ކާލިމްއަކީ ވެސް އާއްމުންގެ ތެރެއަށް މާގިނަ އިން ނިކުމެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ.

ސިސީގެ ހުރިހާ ސިއްރުތަކެއް އެނގިވަޑައިގަންނަވާ ބޭފުޅާގެ ގޮތުގައި މީޑިއާ އިން ސިފަކުރާ ކާމިލްއަކީ 2010 ވަނަ އަހަރުގެ ފަހުން ސިސީގެ ޗީފް އޮފް ސްޓާފެވެ. އެންމެ ފުރަތަމަ އަސްކަރިއްޔާގެ ޖާސޫސީ ވެރިޔާގެ މަގާމުގައި ސިސީ ހުންނެވި ދުވަސްވަރުން ފެށިގެން، މިސްރުގެ ދިފާއީ ވަޒީރު އަދި މިސްރުގެ ރައީސްގެ މަގާމަށް ވަޑައިގަތުމަށް ފަހު ވެސް ސިސީގެ ޗީފް އޮފް ސްޓާފަކީ ކާމިލްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
އެފްބީއައި ގެ ޑައިރެކްޓާ ޖޭމްސް ކޯމޭ މަގާމުން ވަކިކޮށްފި

އެފްބީއައި ގެ ޑައިރެކްޓާ ޖޭމްސް ކޯމޭ މަގާމުން ވަކިކޮށްފި

10 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ

މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ

19 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު