Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ދިވެހި ބަސް
ތާނަ ލިޔުމުގައި ބޭރު ބަސް

ތާނަލިޔުމުގައި ބޭރުބަސްބަހުގެ ލަފުޒު ލިޔުމުގެ ބައެއް ހަމަ

ކުރީއްސުރެ ދިވެހި ވެފައި ހުރި އަރަބި އަކުރުތަކުގައި މިހާރު ކޮންމެހެން ތިކި ޖަހާނެ ކަމެއް ނެތް

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2018 | ހޯމަ 08:37
ކުއްޖަކު ތާނަ ލިޔަނީ

ކުއްޖަކު ތާނަ ލިޔަނީ

(މިއީ ޢަބްދުﷲ ޞާދިޤު ލިޔުއްވައި ލިޔުންތެރިންގެ ގުޅުމުގައި 2012 ވަނަ އަހަރު ޝާއިޢުކުރައްވާފައިވާ ލިޔުމެކެވެ.)

1. ތާނަ ލިޔުމުގައި ބޭރު ބަސްބަހުގެ ލަފުޒުތައް ލިޔާއިރު އެ ލަފުޒުތައް "އެއް" "އާ" "އެކު" ފަދަ އަކުރުތަކާއި ގުޅުވަމުން ގެންދަން ވާނީ ދިވެހިބަހުގެ ލަފުޒުތައް ވެސް އެ އަކުރުތަކާއި ގުޅުމުގައި ގެންގުޅޭ އުސޫލާ އެއްގޮތަށެވެ. މިސާލު: މޭޒު، މޭޒެއް، މޭޒާ، މޭޒަކު، ލިޔާހެން ފުލައިޓް ފުލައިޓެއް ފުލައިޓާ ފުލައިޓަކު މިގޮތަށެވެ.

2. ކުރީއްސުރެ ދިވެހި ވެފައި ހުރި އަރަބި އަކުރުތަކުގައި މިހާރު ކޮންމެހެން ތިކި ޖަހާނެ ކަމެއް ނެތެވެ.މިސާލަކަށް؛ ސާބިތު، ގަލަން، ގަވާއިދު

3. މިހައިތަނަށް ދިވެހި ނުވެ ހުރި ލަފުޒުތައް ލިޔާންވާނީ ތިކި ޖެހި ތާނައިގެ އުސޫލުން ތިކިޖަހައިގެންނެވެ. މިސާލު: ޚާއްޞަ ރަމަޟާން

4. އަރަބި ބަހުގެ ވާވުސުކުންވެގެންވާ ބަހެއް ލިޔާނަމަ ލިޔާން ވާނީ އައު ބައު ފިލިޖެހޭ ލަފުޒެއްގެ ގޮތުގައެވެ. މިސާލު: دور - ދައުރު، دولة - ދައުލަތް، قوم - ޤައުމު.

5. އަރަބި ބަހުގެ ސުކުން ވެގެން ވާ ޢައިނާއެކު ލިޔެވޭ ލަފުޒުތައް ވެސް ލިޔާން ވާނީ އައުބައު ފިލިޖެހޭ ލަފުޒެއްގެ ގޮތުގައެވެ. މިސާލު: تعليم - ތަޢުލީމު ، دعوت - ދަޢުވަތު ،جعفر- ޖަޢުފަރު

6. އަރަބި ބަހުގެ ހަމްޒާގައި ( ކުރުއަލިފުގައި) ސުކުންވެގެން ލިޔެވޭ ލަފުޒުތައް ވެސް ލިޔާންވާނީ ހަމަ ކުރީން ބަޔާން ކުރި ގޮތަށެވެ.މިސާލު؛مأذون މައުޒޫން رأي ރައުޔުمأموم މައުމޫމް ސަމާލުކަމަށް މިބާވަތުގެ ލަފުޒުގައި ސުކުން ކޮށްގެން ލިޔުމުން ދިވެހިން ކިޔާނީ ތައްލީމް ދައްވަތު މިހެންނެވެ. މާނަޔަކީ ވައްތީނި، ދައްލާލު ފަދަ ބަސްތައްވެސް ކިޔާގޮތަށެވެ. ގަސްތުކުރާ އަޑު ނެރެވޭނީ އެލަފުޒުތަކުގައި އުބުފިލި ޖެހުމުންނެވެ. (ތަޢުލީމު، ދަޢުވަތު)

7. އިނގިރޭސި ބަހުގެ ލަފުޒުތަކުގެތެރެއިން ދިވެހިބަހުގެ ތާ ސުކުނަށް ނިމޭ ގޮތަށް ހުންނަ ލަފުޒުތައް ލިޔާން ވާނީ ތާގައި އުބުފިލި ޖަހައިގެންނެވެ. އެއީ ތާގެ އަޑު ފާޅު ކުރުމަށް ޓަކައެވެ. މި ވާހަކަ ކުރިންވެސް ބަޔާންކުރެވިފައި ވާނެއެވެ. މިސާލު: އެލިޒަބަތް – އެލިޒަބަތު، އާތް ދުވަސް -– އާތު ދުވަސް، ހެލްތް– ހެލްތު. ސުނިލްދަތް –- ސުނިލްދަތު، (ދިވެހި ބަހާއި އަދަބަށް ޚިދުމަތް ކުރާ ޤައުމީ މަޖްލިސް 1980)

މިފަދަ ލަފުޒުތަކުގައި "ތ" ސުކުން ކުރީމާ ދިވެހިން އެލިޒަބަތް ކިޔާނީ ބޮނޑިބަތް ވެސް ކިޔާހެންނެވެ. އާތް ދުވަސް ކިޔާނީ އާތްވުން ވެސް ކިޔާ ގޮތަށެވެ. ސުނިލްދަތް ކިޔާނީ މެދުދަތްވެސް ހަމަ ކިޔާ ގޮތަށެވެ. އެލަފުޒުތަކުގައިވާ ތ ގެ އަޑު ފާޅު ކުރަން ބޭނުންނަމަ އެތަންތާނގައި ފިލި ނުޖަހައި އެ ގޮތަކަށް ނުކިޔޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

17 މެއި 2018

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު