Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް ވިޒިޓިންގް ގައިޑް

މޯލްޑިވްސް ވިޒިޓިންގ ގައިޑް ތައްޔާރުކޮށް އިސްތިހާރު ކުރުމަށް ބަޔަކާ ހަވާލުކޮށްފި

މި ފޮތުގެ ބޭނުމަކީ ރާއްޖެއާ ބެހޭ މައުލޫމާތު ފަސޭހަކަމާއެކު ފަތުރުވެރިންނަށް ލިބޭނެ މަގު ފަހިކޮށްދިނުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2018 | އަންގާރަ 07:46
މޯލްޑިވްސް ވިޒިޓިންގް ގައިޑް ފޮތް ލޯންޗުކުރުުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް ވިޒިޓިންގް ގައިޑް ފޮތް ލޯންޗުކުރުުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް ވިޒިޓިންގ ގައިޑް ތައްޔާރުކޮށް އިސްތިހާރު ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

މި ގައިޑް ނެރުމަށް މޯލްޑިވްސް ޕަބްލިކޭޝަން އާއި ލޯކަލްޗާ އާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޖެނުއަރީ 15 ވަނަ ދުވަހު ސޯލްޓް ރެސްޓޯރަންޓުގައެވެ.

މި އެއްބަސްވުމުގައި މޯލްޑިވްސް ޕަބްލިކޭޝަންގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ މަޝްއޫދު އަބްދުﷲ ސޮއިކުރައްވާފައިވާއިރު ލޯކަލްޗާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އަބްދުﷲ ނާއިލްއެވެ.

ލޯކަލްޗާގެ ފަރާތުން ވަނީ މޯލްޑިވްސް ވިޒިޓިންގް ގައިޑްގެ ފުރަތަމަ އެޑިޝަން މި ރަސްމިއްޔާތުގައި ލޯންޗުކޮށްފައެވެ. މި ފޮތް ރަސްމީކޮށް ލޯންޗުކޮށް ދެއްވީ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާއިލް ވިދާޅުވީ މި ފޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އާއި ބެހޭ ތަފާތު ގިނަ މައުލޫމާތު އެކުލިވެގެންވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކެފޭ ރެސްޓޯރަންޓުތަކުން ފެށިގެން ގޮސް ރާއްޖޭގެ މޭޕްވެސް ހިމެނޭ ކަމަށެވެ.

ނާއިލް އިތުރަށް ވިދާޅުވީ ލޯންޗުކުރެވިގެންދިޔަ ކުޑަ ފޮތުގެ ބޭނުމަކީ ރާއްޖެއާބެހޭ މައުލޫމާތު ފަސޭހަކަމާއެކު ފަތުރުވެރިންނަށް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

މި ފޮތް ޒުވާނުންގެ ޓީމަކުން ތައްޔާރުކޮށްފައިވާއިރު މި ފޮތުން އާންމުންނަށް ދޭން ބޭނުންވާ މެސަޖަކީ ޒުވާން އުމުރުފުރައިގެ ކުދިންނަށްވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ ކަމުގައިވާނަމަ އެ ފުރުސަތު ފަހިކޮށްދީ މަގު ދައްކަދޭނެ ބަޔަކު ތިބިކަން ކަމަށް ލޯކަލްޗާ އިން ބުންޏެވެ.

މި ފޮތް ހިލޭ ލިބިގެންދާއިރު ރާއްޖޭގައި އާއި ރާއްޖޭން ބޭރުގެ އެކި ފެއަރ ތަކުން ލިބިގެންދާނެއެވެ.

އިތުރަށް ކިޔާލަން

13 ޖޫން 2017

މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ

13 ޖޫން 2017
މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ
07 ޖޫން 2017

ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

07 ޖޫން 2017
ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
04 މެއި 2017

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި
04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު