Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސްރީލަންކަން އެއަރލައިންސް

ޓިކެޓް ހިލޭ ދޭ ޕްރޮމޯޝަނެއް ނުހިންގަން: ސްރީލަންކަން

އެ އެއަރލައިނުގެ ރަސްމީ ޓުވިޓަރ އެކައުންޓުން ވަނީ ދައުރުވަމުންދާ މެސެޖުތައް ދޮގުކޮށްފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 14 ޖެނުއަރީ 2018 | އާދީއްތަ 03:03
ސްރީ ލަންކަން އެއަރލައިންސްގެ ފްލައިޓެއް ވައިގެ ތެރޭގައި

ސްރީ ލަންކަން އެއަރލައިންސްގެ ފްލައިޓެއް ވައިގެ ތެރޭގައި

ސްރީ ލަންކަން އެއަރލައިނުން ހިލޭ ޓިކެޓް ދޭ ޕްރޮމޯޝަނެއް ހިންގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވަމުންދާ މެސެޖުތަކަކީ އެކުންފުންޏާއި އެއްވެސް ގުޅުމެއް އޮވެގެން ފޮނުވަމުންދާ މެސެޖުތަކެއް ނޫން ކަމަށް ސްރީލަންކަން އެއަރލައިނުން ބުނެފި އެވެ.

ސްރީ ލަންކާގެ ގައުމީ އެއަރލައިނަށް 40 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކަމަށް ބުނެ ސްރީލަންކަން އެއާލައިންގެ ހިދުމަތްތަކާ ގުޅޭ ތިން ސުވާލު ހިމެނޭ ސާވޭއެއް ހިންގަން ފެށި އެވެ. އަދި އެ "ޕްރޮމޯޝަން"ގެ ވާހަކަ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވި އެވެ.

ނަމަވެސް، ސްރީ ލަންކަން އެއަރލައިނުގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރި ޓުވީޓެއްގައިވާ ގޮތުގައި، އެފަދައިން ހިލޭ ޓިކެޓް ދޭ ޕްރޮމޯޝަނެއް އެ އެއަރލައިނުން ހިންގަމުންނުދެ އެވެ.

އެ ޓުވީޓުގައިވާ ގޮތުގައި، ހިލޭ ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ކަމަށް ބުނެ ސޯޝަލް މީޑިއާއާއި މެސެންޖަރ އެޕްތަކުގައި ދައުރުވަމުންދާ މެސެޖުތަކާއި އެކުންފުންޏާއި އެއްވެސް ގުޅުމެއް ނެތެވެ.

އެފަދަ ޕްރޮމޯޝަނެއް ފަށާފައިނުވާކަން ފާހަގަކޮށް އެ އެއާލައިނުން ބުނީ އެކުންފުނީގެ ނަމުގައި ހިންގަމުންދާ ޕްރޮމޯޝަނާއި ގުޅިގެން އެކުންފުނިން ޒިންމާ ނުވާނެ ކަމަށެވެ.

އެހެން ބައެއް އެއަރލައިންތަކުގެ ނަމުގައި ވެސް މިފަދަ ޕްރޮމޯޝަންތައް ސޯޝަލް މީޑިއާގައި ހިންގައެވެ. އެގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ގަތަރު އެއަރވޭސްއާއި، އެމިރޭޓްސް އަދި ފްލައި ދުބާއީގެ ނަމުގައި މިފަދަ މެސެޖުތަކެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2017

ފްލައި ދުބާއީގެ ޓިކެޓް އަގު ހެޔޮކޮށްފި

21 ސެޕްޓެމްބަރު 2017
ފްލައި ދުބާއީގެ ޓިކެޓް އަގު ހެޔޮކޮށްފި
02 ސެޕްޓެމްބަރު 2017

ދިރާގުން ހިލޭ ވައިބާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

02 ސެޕްޓެމްބަރު 2017
ދިރާގުން ހިލޭ ވައިބާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި
14 އޯގަސްޓު 2017

ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް

14 އޯގަސްޓު 2017
ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް
13 ޖުލައި 2017

މޯލްޑީވިއަންގެ ޓިކެޓް ހެޔޮކޮށްފި

13 ޖުލައި 2017
މޯލްޑީވިއަންގެ ޓިކެޓް ހެޔޮކޮށްފި
11 ޖޫން 2017

ފްލައިމީން އައްޑޫ އާއި ފުވައްމުލަކުގެ ވަންވޭ ޓިކެޓްގެ އަގު 888ރ. އަށް

11 ޖޫން 2017
ފްލައިމީން އައްޑޫ އާއި ފުވައްމުލަކުގެ ވަންވޭ ޓިކެޓްގެ އަގު 888ރ. އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު