Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް ހުންނެވީ ވަރަށް ރަނގަޅު ސިއްހަތެއްގައި: ވައިޓް ހައުސްގެ ޑޮކްޓަރު ރޮނީ ޖެކްސަން

ހުކުރު ދުވަހު ރައީސް ޓްރަމްޕް ހެއްދެވި މެޑިކަލް ޓެސްޓްގައި ސައިކޭޓްރިއެޓިކް އެސެސްމަންޓެއް ނުހިމެނޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 13 ޖެނުއަރީ 2018 | ހޮނިހިރު 13:14
ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް

އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން ހެއްދެވި ފުރަތަމަ މެޑިކަލް ޓެސްޓް ހުކުރު ދުވަހު ހައްދަވާފައިވާއިރު، އެމަނިކުފާނު ހުންނެވީ "ވަރަށް ރަނގަޅު ސިއްހަތެއްގައި ކަމަށް" އެ މެޑިކަލް ޓެސްޓުން ހާމަވެއްޖެއެވެ.

މެރީލޭންޑް ސްޓޭޓްގެ ބިތީސްޑާގައި ހުންނަ ވޯލްޓާ ރީޑް ނެޝެނަލް މިލިޓަރީ މެޑިކަލް ސެންޓަރުގައި ތިންގަނޑިއެއްހާ އިރަށް ރައީސް ޓްރަމްޕް، އަސްކަރީ ޑޮކްޓަރުންނާ އެކު މެޑިކަލް ޓެސްޓް ހެއްދެވުމަށްޓަކައި ހޭދަ ކުރެއްވިއިރު، އެ ޓެސްޓާ ބެހޭ ގޮތުން ވައިޓް ހައުސްގެ ޑޮކްޓަރު ރޮނީ ޖެކްސަން ވިދާޅުވީ ޓެސްޓް ދިޔައީ "ވަރަށް ރަނގަޅަށް ކަމަށެވެ."

ޖެކްސަން ވިދާޅުވީ ރައީސް ޓްރަމްޕް ހުންނެވީ ވަރަށް ފުރިހަމަ ސިއްހަތެއްގައި ކަން އެނގިގެން ދިޔަ ކަމަށާއި ރައީސް ޓްރަމްޕްގެ ސިއްހަތާ ގުޅޭ ބައެއް ތަފްސީލީ މައުލޫމާތު އަންގާރަ ދުވަހު ހާމަކުރައްވާނެ ކަމަށެވެ.

ރައީސް ޓްރަމްޕް އެމަނިކުފާނު މެޑިކަލް ޓެސްޓެއް ހެއްދެވިއިރު ރައީސް ޓްރަމްޕްގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު މިހާރު ހުރީ ރައީސްކަމުގެ މަގާމަށް އެކަށީގެންނުވާ ހާލަތެއްގައި ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެ ފަރާތްތަކުން އެމޭރުމުން ވާހަކަދައްކަމުން ދަނީ ސަރުކާރުގެ ސިޔާސަތުތަކާ މެދު އެކި ފަހަރު އެކި ގޮތްގޮތަށް ރައީސް ޓްރަމްޕް ވާހަކަފުޅުދައްކަވާތީ އާއި ދާދި ފަހުން ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅެއްގައި އެމަނިކުފާނު އަޅައަޅައިގެން ބައެއް ބަސްތައް ވިދާޅުވުމާ ގުޅިގެންނެވެ.

މިހާތަނަށް އެމެރިކާގެ އެއްވެސް ރައީސަކު އެ ރައީސެއްގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު ރައީސްކަމުގެ ދައުރުގައި ޓެސްޓެއް ހެއްދެވި ކަމެއް އެނގިފައެއް ނުވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެއްގައި އެ މަނިކުފާނަކީ "ކުޑަކުއްޖެއް"ގެ ގޮތުގައި އެމަނިކުފާނުގެ މުވައްޒަފުން ވެސް ދެކޭ ކަމަށް ލިޔެފައިވާ ވާހަކައަށް ރައްދު ދެއްވައި، އެ މަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު ދުވަހަކު ވެސް ސުވާލު ނުއުފައްދަވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ދާދިފަހުން ވަނީ ވިދާޅުވެފައެވެ. "ފަޔަރ އެންޑް ފިޔުރީ: އިންސައިޑް ދި ޓްރަމްޕް ވައިޓް ހައުސް" އަކީ 200 އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް މައިކަލް ވުލް ލިޔުއްވާފައިވާ ފޮތެކެވެ. ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ އެ ފޮތަކީ "ދޮގުން ފުރިގެންވާ" ފޮތެއް ކަމަށެވެ.

ދާދިފަހުން ކުރެއްވި ޓްވީޓްތަކެއްގައި ވެސް ރައީސް ޓްރަމްޕް ވަނީ އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަން ދިފާއު ވެސް ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު