Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސެރީނާ ވިލިއަމްސް

ވޯގްގެ ކަވަރގައި ހިމެނުނު އެންމެ ހަގު ތަރިއަކަށް ސެރީނާ ވިލިއަމްސްގެ ތިން މަހުގެ އޮލިމްޕިއާ އޮހާނިއަން

ދެމައިން ފެނިގެން ދާނީ ވޯގްގެ ފެބްރުއަރީ މަހުގެ އެޑިޝަންގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 11 ޖެނުއަރީ 2018 | ބުރާސްފަތި 13:07
ސެރީނާ އާއި އޮލިމްޕިއާގެ ވޯގް ކަވަރ

ސެރީނާ އާއި އޮލިމްޕިއާގެ ވޯގް ކަވަރ

ދުނިޔޭގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ "ވޯގް"ގެ ކަވަރގައި ފީޗަރ ކުރެވުނު އެންމެ ހަގު ފަރާތަކަށް އެލްކްސިސް އޮލިމްޕިއާ އޮހާނިއަން ޖރ. ވެއްޖެއެވެ.

އޮލިމްޕިއާއަކީ އެމެރިކާގެ ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް، 36، އާއި ފިރިމީހާ، މަޝްހޫރު ސައިޓް ރެޑިޓްގެ އެއް ބާނީ، އެލްކްސިސް އޮހާނިއަން، 34، ގެ އަންހެން ދަރިފުޅެވެ. ވޯގްގައި އޭނާގެ ފޮޓޯ ޝާއިއުކުރާ އިރު އުމުރަކީ ތިން މަހެވެ.

ފެބްރުއަރީ މަހުގެ "ވޯގް"ގެ ބޭރުގަނޑުން ފެނިގެންދަނީ އެލެކްސިސް އާއި އޭނާގެ މަންމަ ސެރީނާއެވެ. ސެރީނާގެ ސޯޝަލް މީޑިއާގެ އިތުރުން ތިން މަހުގެ އޮލިމްޕިއާގެ އިންސްޓްގްރާމް އެކައުންޓުން ވެސް މި ކަވަރ މިހާރު ވަނީ ޝެއާކޮށްފައެވެ.

Loading Instagram post...

"ވޯގް"ގެ ރޮބް ހެސްކަލްއާ ވާހަކަ ދައްކަމުން ސެރީނާ ވަނީ މަންމައަކަށް ވުމުން "ވަރަށް އުފާވާ" ކަން ފާހަގަކޮށް ބަލިވެއިން އިރާއި އޭގެ ފަހުން ދިމާވި ބައެއް 'ކޮމްޕްލިކޭޝަންތައް" ވެސް އެ މަޖައްލާއާ ހިއްސާކޮށްފައެވެ. ކުރިން ވެސް ހަށިގަނޑުގައި ބްލަޑް ކްލޮޓްތައް އުފެދި ފަރުވާ ހޯދާފައިވާ ސެރީނާ ބުނީ، ބޮޑަށް މައްސަލަ ޖެހެން ފެށީ އޮލިމްޕިއާ ވިހެއުމަށް ހެދި ސިޒޭރިއަނަށް ފަހު ކަމަށެވެ. އަދި އިތުރު އޮޕަރޭޝަންތަކަށް ފަހު ހަ ހަފްތާ ވަންދެން ބެޑް ރެސްޓްގައި އޮންނަން މަޖްބޫރުވިކަން ވެސް ސެރީނާ ކިޔައިދިނެވެ.

މީގެ އިތުރުން، ފްލޮރިޑާގައި ދިރިއުޅެމުން ދިޔަ ސެރީނާގެ މުޅި ދިރިއުޅުން އާއިލާއަށްޓަކައި ވަނީ ބަދަލުކޮށްލާފައވެެ. އޭނާ ވަނީ ފްލޮރިޑާ ދޫކޮށް ސެން ފްރަންސިސްކޯއަށް ބަދަލުވެފައެވެ. ނަމަވެސް ސެރީނާ ބުނީ ޓެނިސް ކުޅުމާ ދުރުވާން ގަސްތުނުކުރާ ކަމަށާއި، އަދިވެސް ހުވަފެނަކީ މިހާރުގެ ގްރޭންޑް ސްލޭމް ރިކޯޑް ބްރޭކް ކުރުން ކަމަށެވެ.

މިިހާރު 23 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ސެރީނާ ބޭނުން ވަނީ 25 ގްރޭންޑް ސްލޭމް ކާމިޔާބުކޮށް މިހާރު އެ ރެކޯޑް އޮންނަ އޮސްޓްރޭލިއާގެ ޓެނިސް ލެޖެންޑް މާގަރެޓް ކޯޓްގެ ރެކޯޑް މުގުރާލަންށެވެ. އޭނާގެ ރެކޯޑަކީ 24 އެވެ.

އިތުރަށް ކިޔާލަން

05 އޯގަސްޓު 2023

މިއީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ހަގު ރެފުރީތަ؟

05 އޯގަސްޓު 2023
މިއީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ހަގު ރެފުރީތަ؟
07 އެޕްރީލު 2023

ޖަރުމަނު ޤައުމީ ރާޒުވާ ޓީމުގެ އެންމެ ހަގު ކުޅުންތެރިޔަކީ ސޫރިޔާއަށް އުފަން، 11 އަހަރުގެ ރެފިއުޖީއެއް!

07 އެޕްރީލު 2023
ޖަރުމަނު ޤައުމީ ރާޒުވާ ޓީމުގެ އެންމެ ހަގު ކުޅުންތެރިޔަކީ ސޫރިޔާއަށް އުފަން، 11 އަހަރުގެ ރެފިއުޖީއެއް!
11 އޮކްޓޯބަރު 2020

ބިގްބޮސްގެ އެންމެ ހަގު ބައިވެރިޔަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ ދަރި!

11 އޮކްޓޯބަރު 2020
ބިގްބޮސްގެ އެންމެ ހަގު ބައިވެރިޔަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ ދަރި!
01 ފެބުރުއަރީ 2020

އިންސްޓަގްރާމްގައި އެންމެ ފުރަތަމަ 200 މިލިއަން ފޮލޯވަރުން ހޯދި ތަރިއަކަށް ރޮނާލްޑޯ!

01 ފެބުރުއަރީ 2020
އިންސްޓަގްރާމްގައި އެންމެ ފުރަތަމަ 200 މިލިއަން ފޮލޯވަރުން ހޯދި ތަރިއަކަށް ރޮނާލްޑޯ!
22 ޖެނުއަރީ 2020

ބޮލީވުޑްގެ އެންމެ އަގުބޮޑު ތަރިއަކަށް އަކްޝޭ

22 ޖެނުއަރީ 2020
ބޮލީވުޑްގެ އެންމެ އަގުބޮޑު ތަރިއަކަށް އަކްޝޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު