Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި އެފްއޭ ކަޕް

އިނގިރޭސި އެފްއޭ ކަޕް: ޓޮޓެންހަމް ކޮލިފައިވިއިރު އާސެނަލް ކަޓައިފި

ހަތަރުވަނަ ބުރުން ޓޮޓެންހަމް ޖާގަ ހޯދީ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން އޭއެފްސީ ވިމްބެލްޑަން ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2018 | އާދީއްތަ 20:07
ޓޮޓެންހަމްއަށް ދެ ލަނޑު ޖަހައިދިން ހެރީ ކޭން

ޓޮޓެންހަމްއަށް ދެ ލަނޑު ޖަހައިދިން ހެރީ ކޭން

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން ޓޮޓެންހަމް ޖާގަ ހޯދިއިރު މި މުބާރަތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން އާސެނަލް ކަޓައިފިއެވެ.

މި މުބާރާތުގެ ހަތަރުވަނަ ބުރުން ޓޮޓެންހަމް ޖާގަ ހޯދީ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން އޭއެފްސީ ވިމްބެލްޑަން ބަލިކޮށްގެންނެވެ. މި މެޗުގައި ޓޮޓެންހަމްއިން ވަރުގަދަ ފުރަތަމަ އެގާރައެއް ނެރުނުއިރު އެ ޓީމުން ވަނީ މި މެޗުގައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ވިމްބެލްޑަންއިން ވެސް ވަނީ ކައުންޓާ އެޓޭކުގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ޓޮޓެންހަމްއިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 63 ވަނަ މިނެޓޫގައި މޫސާ ސިސޯކޯ ތަނަވަސްކޮށްދިން ފުރުސަތަކުން ހެރީ ކޭން ލަނޑެއް ޖަހައިދީ އެ ޓީމަށް ލީޑު ނަގައިދިނެވެ. އޭގެ ދެ މިނެޓޫ ފަހުން ލަނޑެއް ޖަހައިދީ ކޭން ވަނީ ޓޮޓެންހަމްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

މިއީ 2107 ވަނަ އަހަރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ކޭންގެ ފަރާތުން މިއަހަރު ފެނިގެންދިޔަ ފުރަތަމަ ލަނޑުތަކެވެ. ޓޮޓެންހަމްއަށް ހަތަރު ވަނަ ބުރުގެ ޖާގައެއް ކަށަވަރުވެގެންދިޔައީ މެޗުގެ 71 ވަނަ މިނެޓުގައި ޔާން ވަޓޮންގްހެން އެ ޓީމަށް ޖަހައިދިން ލަނޑުންނެވެ.

މި މުބާރާތް މިދިޔަ އަހަރު ކާމިޔާބުކުރި އާސެނަލް މިފަހަރުގެ މުބާރާތުން ކެޓީ ރަށުން ބޭރުގައި 4-2 ގެ ނަތީޖާއަކުން ނޮޓިންގްހަމް ފޮރެސްޓް އަތުން ބަލިވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ބަލާހިތްވާ ޒާތުގެ ކުޅުމެއް ފެނިގެންދިޔަ މި މެޗަށް އާސެނަލްއިން ނުކުތީ ގިނަ ބަދަލުތަކާއެކުއެވެ. އެގޮތުން އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ކުޅުނު ނުވަ ކުޅުންތެރިޔަކު މި މެޗުގައި ފެނިގެންގޮސްފައެއް ނުވެއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނޮޓިންގްހަމް ފޮރެސްޓްއިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އެރިކް ލަކާއި އެވެ. އޭގެ ތިން މިނެޓު ފަހުން ޕަރ މާޓެސެކާ އާސެނަލްއަށް ލަނޑެއް ޖަހައިދީ ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް ލައިކާ ވަނީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލަނޑެއް ޖަހައިދީ ނޮޓިންގްހަމް ފޮރެސްޓަށް އަލުން އަނބުރާ ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފަށް އާސެނަލްއިން ނުކުމެފައިވަނީ ނަތީޖާ ބަދަލުކޮށްލުމުގެ އުއްމީދުގައެވެ. އެހެން ނަމަވެސް މެޗުގެ 64 ވަނަ މިނެޓުގައި ބެން ބްރެޓޮން ވަނީ ލިބުނު ޕެނަލްޓީއަކުން ލަނޑެއް ޖަހައިދީ ނޮޓިންގްހަމް ފޮރެސްޓްގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 79 ވަނަ މިނެޓުގައި ޑެނީ ވެލްބެކް ލަނޑެއް ޖަހައިދީ އާސެނަލްއަށް ހަތަރުވަނަ ބުރުގެ އުއްމީދު އައުކޮށްދިން ނަމަވެސް ކިއެރަން ޑޮވެލް ވަނީ މެޗުގެ 85 ވަނަ މިނެޓުގައި ލަނޑެއް ޖަހައިދީ ނޮޓިންގްހަމް ފޮރެސްޓްއަށް ހަތަރުވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.

އާސެނަލް މިއަހަރުގެ މުބާރާތުން ކަޓާފައިވާއިރު 13 ތައްޓާއެކު މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެ ޓީމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު