Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރޭޕް ކުރުން

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ސުވާލު ނުކުރާ ސަބަބާ ގުޅިގެން ފުލުހުން ޖަވާބެއް ނުދިން

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2018 | ހޮނިހިރު 13:46
ހަސަން ފާއިޒު: ތުހުމަތަށް ދޮގުކުރި-- ފޮޓޯ/ ޓްވިޓާ

ހަސަން ފާއިޒު: ތުހުމަތަށް ދޮގުކުރި-- ފޮޓޯ/ ޓްވިޓާ

ރޭޕުގެ ތުހުމަތުތައް ކުރަމުންދަނީ ބަޔަކު ރާވައިގެން ކަމަށާއި އޭނާއަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ފުލުހުން އަދިވެސް ސުވާލު ނުކުރާ ކަމަށާއި ފުލުހަށް ހާޒިރުވެ، އެ ވާހަކަތައް ކިޔައިދޭން ތައްޔާރަށް ހުރި ކަމަށް ރޭޕުގެ ތުހުމަތު ކުރާ މީހާ ބުނެފި އެވެ.

ޒުވާން އަންހެން ކުއްޖަކު ރޭޕު ކުރި ކަމަށް ބުނާ މީހާއަކީ ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ކޮއްކޮއެކެވެ. ނިހާންގެ ކޮއްކޮ، ހަސަން ފާއިޒަށް ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން އޭނާ ވަނީ "ރާއްޖެއެމްވީ"އާ ވާހަކަ ދައްކާފަ އެވެ.

Advertisement - newsAdvertisement

ހަސަން "ރާއްޖެއެމްވީ"އަށް ބުނީ ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާގެ ގައިގައި ރުހުމުގައި ވެސް އަދި ނުރުހުމުގައި ވެސް އަތްލާފައި ނުވާނެ ކަމަށެވެ. އަދި އޭނާއަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، ފުލުހުން ސުވާލު ކުރާނެ ވަގުތަކަށް އިންތިޒާރު ކޮށްގެން ހުރި ކަމަށާއި ފުލުހަށް ގޮސް އެ މައުލޫމާތު ދިނުމަށް ތައްޔާރަށް ހުރި ކަމަށް ހަސަން ބުންޏެވެ.

މިދިޔަ ބުދަ ދުވަހު ފުލުހުންނަށް ހުށަހެޅުނު އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން އަދިވެސް ހަސަންއާ ސުވާލު ނުކުރާތީ، ފުލުހުންގެ ސްޕޯކްސްޕާސަން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން "ރާއްޖެއެމްވީ"އަށް ސުވާލު ކުރުމުން ވިދާޅުވީ ރޭޕުގެ މައްސަލައެއް ފުލުހުންގެ ތަހުގީގު ކުރަމުންދާ ކަމަށެވެ. ހަސަނާ ސުވާލު ނުކުރަނީ ކީއްވެތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ޝިފާން ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހަސަން ރޭޕުކުރި ކަމަށް ބުނާ އަންހެން ކުއްޖާ ވެސް ވަނީ ރާއްޖެ އެމްވީއާ ވާހަކަ ދައްކާފައެވެ. ނަވާރަ އަހަރުގެ އެ އަންހެން ކުއްޖާ ރާއްޖެ އެމްވީއަށް ބުނީ ރޭޕްކުރުމުގެ މައްސަލަ ސިއްރު ކުރުމަށް ހަސަން16,000 ރުފިޔާ އޭނާއަށް ހުށަހެޅި ކަމަށާއި ނަމަވެސް އެ ފައިސާގައި އޭނާ ހިފާފައި ނުވާނެ ކަމަށެވެ. ރޭޕުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށް ބުނުމުން، "ކަމެއް ނުވާނެއޭ" ހަސަން ބުނި ކަމަށް އެ އަންހެން ކުއްޖާ ބުންޏެވެ.

"ފައިސާގައި ނުހިފައި އަޅުގަނޑު ބުނީ ރިޕޯޓް ކުރާނަމޭ. ބުނީމަ ބުނީ ކަމެއް ނުވާނެއޭ،" ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ އަންހެން ކުއްޖާ ރާއްޖެއެމްވީއަށް ބުންޏެވެ.

ނަވާރަ އަހަރުގެ އެ އަންހެން ކުއްޖާ ބުނީ ރޭޕުގެ މައްސަލައާ ގުޅިގެން، މީޑިއާއާ އިތުރަށް ވާހަކަ ނުދެއްކުމަށް އޭނާގެ ގާނޫނީ ވަކީލު އެދިވަޑައިގެންފައިވާ ކަމަށާއި އެ ސަބަބާ ހުރެ އިތުރަށް އެއްޗެއް ބުނެވެން ނެތް ކަމަށެވެ.

"އަޅުގަނޑުގެ ލޯޔަރު ބުނީ އެއްވެސް އެއްޗެއް ނުބުނާށޭ، ސޯ މިވަގުތު އެ ކޭސް ކުރިއަށް ނުދަނީސް އަދި ވާހަކައެއް ނުދައްކާނަން."

އަންހެން ކުއްޖާގެ ތުހުމަތުތަކާ ގުޅިގެން 33 އަހަރުގެ ހަސަން ބުނީ އޭނާއާ ގުޅިގެން ފަތުރަމުންދާ ވާހަކަތަކަކީ އަގު ވައްޓާލުމަށް ބަޔަކު އަޑީގައި ތިބެގެން ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ. އަންހެން ކުއްޖާއާ ދިމާވި ގޮތާއި އޭނާއާއެކު ކުރެހުމުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔަކަން ފާހަގަކޮށް ހަސަން ވަނީ އެ ދެމީހުންގެ ދެމެދުގައި ހިނގައިދިޔަކަންތައްތައް ކިޔައިދީފައެވެ.

ހަސަން ބުނީ އެ އަންހެން ކުއްޖާއަކީ މާބޮޑަށް ދަންނަ ކުއްޖެއް ނޫން ކަމަށާއި އޭނާއާ ދިމާވީ އިންސްޓަގްރާމުން ކަމަށެވެ. އަދި ކުރެހުމުގެ ޕްރޮޖެކްޓެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ދެ މީހުން ދެއްކި ކަމަށާއި އެއަށްފަހު ކޮފީޝޮޕަކަށް ގޮސް ބައްދަލުވެ ވާހަކަ ދެއްކީ ކަމަށެވެ. ކޮފީ މޭޒުގައި ދެ މީހުން ދެއްކީ ކުރެހުމުގެ ޕްރޮޖެކްޓަކާ ބެހޭ ގޮތުން ކަމަށާއި ދިރިއުޅުމުގެ އަމިއްލަ ވާހަކަތައް ވެސް އެ އަންހެން ކުއްޖާއާ ހިއްސާ ކުރެވުނު ކަމަށް ހަސަން ބުންޏެވެ.

ނުދަންނަ އަންހެން ކުއްޖަކަށް އަމިއްލަ ދިރިއުޅުގެ ވާހަކަތައް ކިޔައިދޭންވީ ކީއްވެގެންތޯއޭ ސުވާލު ކުރުމުން ހަސަން ބުނީ އޭނާ އެ ވާހަކަތައް ދެއްކުނީ "ހިތުގައި އެއްވެސް އެއްޗެއް ނެތުމުން" ކަމަށެވެ.

"ކޮފީއަކަށް ގޮއްސަ ތިބޭއިރު ނުދަންނަ ކުއްޖަކަށް ވިޔަސް، ނުދަންނަ އަންހެން ކުއްޖަކަށް ވިޔަސް އަޅުގަނޑުގެ ޕާސަނަން ލައިފުގެ ވާހަކަތައް ވެސް ކިޔައިދެވުނީ. ހިތުގައި އެއްވެސް އެއްޗެއް ނެތީމަކަމަށްވީމަ ކަމަށްވާނީ އެ ވާހަކަ އެގޮތަށް ދެއްކޭނީ ވެސް،" ހަސަން ބުންޏެވެ.

ހަސަން ބުނީ ޖެހިގެން އައި ދުވަހު، އޭނާ ދިރިއުޅޭތަނަށް އެ ކުއްޖާ އައި ކަމަށާއި ތިން ގަޑިއިރު ވަންދެން އެތަނުގެ ތެރޭގައި ދެ މީހުން ވާހަކަ ދައްކަން ތިބި ކަމަށެވެ. އަދި ސައިކަލުގައި ގެއަށް ގެންގޮސް ދިނުމަށް އެ ކުއްޖާ އެދުނު ކަމަށާއި ނަމަވެސް އޭނާގެ އަތުގައި އެ ވަގުތު ސައިކަލް ނެތުމުން، ކުޑައިރުކޮޅަށް މަޑުކޮށްލައިފިނަމަ ސައިކަލެއްގައި އަންހެން ކުއްޖާ ބޭނުންވާ ތަނަކަށް ގެންގޮސްދެވިދާނެ ކަމަށް ބުނި ކަމަށް ހަސަން ބުންޏެވެ. ނަމަވެސް އެ އަންހެން ކުއްޖާ މަޑުނުކޮށް ދިޔައީ ކަމަށް އޭނާ ބުންޏެވެ.

އޭގެ ދެ ގަޑިއިރު ފަހުން މާރާމާރީ ހިންގާ ގޮތަށް ތައްޔާރުވެގެން ކަހަލަ ގޮތަކަށް ތިބި ބަޔަކު އޭނާއަށް ގުޅި ކަމަށާއި އެކަމާ ބިރުން ފޯނު ނިއްވާލި ކަމަށް ވެސް ހަސަން ބުންޏެވެ. އޭނާ ބުނީ ފޯނު ހުޅުވީ ދެ ގަޑިއިރު ފަހުން ކަމަށެވެ.

އޭނާއާ ގުޅޭ ގޮތުން މިހާރު ފަތުރަމުންދާ ވާހަކަތަކަކީ ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމެއްކަން އެނގޭ ކަމަށާއި އެ މީހުންގެ މަގުސަދު މިއަދު ހާމަވަމުންދާ ކަމަށް ހަސަން ބުންޏެވެ.

ހަސަންއަށް ކުރާ ތުހުމަތުތަކާ ގުޅިގެން މިއަދު މެންދުރުފަހު ނިހާންއަށް ގުޅާލުމުން ވިދާޅުވީ އޭނާގެ މަންމަ އާއި ބައްޕަ ކުރާ ކަންކަމަކީ އޭނާ ބެހޭ ކަންތައްތަކެއް ނޫން ކަމަށާއި އެކަހަލަ ކަންކަމުގައި އޭނާއަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. މީހަކު މަރުވެ ދިއުމުން ވެސް ސުވާލު ކުރަނީ އެ މީހެއްގެ އަމަލުތަކާ ބެހޭ ގޮތުންކަން ފާހަގަކޮށް ނިހާން ވިދާޅުވީ އާއިލާގެ މީހުން ކުރާ ކަންތައްތަކާ ގުޅޭ ގޮތުން އޭނާއާ ސުވާލު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ އަންހެން ކުއްޖާގެ މައްޗަށް ތުހުމަތުކޮށް، ނިހާންގެ ކޮއްކޮ ރާއްޖެއެމްވީއަށް ވަރަށް ގިނަ ވާހަކަތަކެއް ކިޔައިދިނެވެ. އެ ވާހަކަތަކުގެ ތަފްސީލު ރާއްޖެއެމްވީން ހާމަނުކުރަނީ އެ އަންހެން ކުއްޖާއަކީ ކާކުކަން އެނގިދާނެތީއެވެ. އަދި ތަހުގީގު ހިނގަމުންދާ މައްސަލައަކަށްވާތީ، ޖިންސީ ޝިކާރައަކަށްވެފައިވާ ކަމަށް ބުނާ އަންހެން ކުއްޖަކަށް ވާތީ، އޭނާގެ ހައްގުތައް ކަށަވަރު ކޮށްދިނުމުގެ ގޮތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު