Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއޭ އާރު ރަހުމާން

ދާއިރާގައި މިވީ 25 އަހަރަށް ފަޚުރުވެރިވަން: އޭ އާރު ރަހުމާން

6 ޖެނުއަރީ 2018 | ހޮނިހިރު 06:19

މިއަދަކީ އޭ އާރު ރަހުމާންގެ 51 ވަނަ އުފަންދުވަސް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 6 ޖެނުއަރީ 2018 | ހޮނިހިރު 06:19
އޭ އާރު ރަހުމާން

އޭ އާރު ރަހުމާން

ދާއިރާގައި ހޭދަކުރި 25 އަހަރަށް ފަޚުރުވެރިވާ ކަމަށާއި ޚިޔާލަށް ނުގެނެވޭ އެތައް ކަމެއް މިޔުޒިކް ދާއިރާގައި ކުރެވިއްޖެ ކަމަށް މަޝްހޫރު މިއުޒިކް ކޮމްޕޯސާ އަދި ލަވަ ކިޔުންތެރިޔާ އައްލާ ރައްކާ ރަހުމާން (އޭއާރު ރަހުމާން) ބުނެފިއެވެ.

މިއަދަކީ އޭ އާރު ރަހްމާނުގެ 51 ވަނަ އުފަންދުވަހެވެ. އޭއާރު ރަހުމާން ބުނީ އޭނާއަށް މިހާ ހިސާބަށް އާދެވުނީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގައި ކަމަށެވެ. އޭނާ ބުނީ ކޮންމެ ކާމިޔާބީއަކާ އެކު މީހުންގެ ފާޑުކިޔުމާއި ތާއީދު ލިބޭނެ ކަމަށެވެ. އަދި އޭނާގެ ކާމިޔާބީތަކާ އެކު ވެސް މީހުންގެ ތައުރީފާއި ފާޑުކިޔުން އަމާޒުވި ކަމަށް ބުންޏެވެ.

އޭއާރު ރަހުމާން މިއުޒިކް ކުޅުމާ ލަވަކިޔަން ފެށިތާ 25 އަހަރު ވީ މިދިޔަ އަހަރެވެ. 1992 ވަނަ އަހަރު ފިލްމު އުފައްދާ މީހެއް ކަމަށްވާ މާނީ ރަތުނަމްގެ ފިލްމު "ރޯޖާ" އިން ލަވަކިޔުމުގެ ހަޔާތް ފެށި އޭއާރު ރަހުމާނަކީ މިހާރު ބޮލީވުޑްގެ މިއުޒިޝަނުންގެ ތެރެއިން އެންމެ މަޝްހޫރު އަދި އެންމެ އަގު ބޮޑު ފަންނާނެވެ.

އޭނާ އަށް ވަނީ ހޮލީވޫޑްގެ އޮސްކާ އެވޯޑް ވެސް ހާސިލްކޮށްފައެވެ. އޭޝިއާގައި ދެވޭ އެންމެ ބޮޑު އެއް އޮނޮރަރީ ޕްރައިޒް ކަމަށްވާ ފުކޫކާ ޕްރައިޒް މިދިޔަ އަހަރު ލިބިފައިވެއެވެ. ފުކޫކާ ޕްރައިޒްއަކީ އަމިއްލަ ފަރާތްތަކާއި ޖަމާއަތްތަކުގެ އަމިއްލަވަންތަ އުފެއްދުމާއި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމަށް އޭޝިއާގައި 1990 އިން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.

އޭއާރު ރަހްމާނަށް ވަނީ ހަތަރު ނެޝަނަލް ފިލްމު އެވޯޑް، ދެ އެކަޑަމީ އެވޯޑް، ދެ ގްރެމީ އެވޯޑް، 15 ފިލްމު ފެއާ އެވޯޑް، 16 ފިލްމު ފެއާ އެވޯޑް ސައުތު ލިބިފައެވެ. އަދި 2009 ވަނަ އަހަރު ޓައިމް މެގަޒިން އިން ނެރުނު ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި އޭނާ ވަނީ ހިމެނިފައެވެ. އިންޑިއާގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ސްލަމްޑޯގް މިލިއަނާ" އިން ރަހްމާނަށް އޮސްކާ އެވޯޑް ލިބިފައިވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2017

އަންހެނުންގެ އެމްއާރުއައި ހެދުމުގެ ކުރިން ވަނީ ވިހަ އިންޖެކްޝަނެއް ޖަހާފައި: ޗަކް ނޯރިސް

08 ނޮވެމްބަރު 2017
އަންހެނުންގެ އެމްއާރުއައި ހެދުމުގެ ކުރިން ވަނީ ވިހަ އިންޖެކްޝަނެއް ޖަހާފައި: ޗަކް ނޯރިސް
28 ސެޕްޓެމްބަރު 2017

ޑުބާއީއަށް ތައާރުފް ކުރަން އުޅޭ އުދުހޭ ޓެކްސީ ދައްކާލައިފި

28 ސެޕްޓެމްބަރު 2017
ޑުބާއީއަށް ތައާރުފް ކުރަން އުޅޭ އުދުހޭ ޓެކްސީ ދައްކާލައިފި
28 އޯގަސްޓު 2017

ހަތް އަހަރަށް ފަހު ކާޖޮލް އާއި އަޖޭ އެކީގައި ފިލްމެއް ކުޅުމެއް ތައްޔާރުވަނީ

28 އޯގަސްޓު 2017
ހަތް އަހަރަށް ފަހު ކާޖޮލް އާއި އަޖޭ އެކީގައި ފިލްމެއް ކުޅުމެއް ތައްޔާރުވަނީ
23 އޯގަސްޓު 2017

އެކްޓުގެ ހުނަރު ރަނގަޅުވެއްޖެ ނަމަ ކޮންމެ ފިލްމެއްވެސް ހިނގާނެ: އާރު މާދަވަން

23 އޯގަސްޓު 2017
އެކްޓުގެ ހުނަރު ރަނގަޅުވެއްޖެ ނަމަ ކޮންމެ ފިލްމެއްވެސް ހިނގާނެ: އާރު މާދަވަން
03 އޯގަސްޓު 2017

ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ

03 އޯގަސްޓު 2017
ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ
11 ޖުލައި 2017

އަލްކާ ކައުޝަލް ދެ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

11 ޖުލައި 2017
އަލްކާ ކައުޝަލް ދެ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި
09 ޖޫން 2017

ފޭސްބުކްގައި ޝާހީ އާއިލާއަށް ފާޑު ކިޔުމުން 35 އަހަރަށް ޖަލަށް!

09 ޖޫން 2017
ފޭސްބުކްގައި ޝާހީ އާއިލާއަށް ފާޑު ކިޔުމުން 35 އަހަރަށް ޖަލަށް!
23 މާރިޗު 2017

ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

23 މާރިޗު 2017
ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު
02 ފެބުރުއަރީ 2017

ޕީއާރު ޓީމަކީ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު : ޝްރައްދާ

02 ފެބުރުއަރީ 2017
ޕީއާރު ޓީމަކީ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު : ޝްރައްދާ
22 ޖެނުއަރީ 2017

19 އަހަރަށް ފަހު "އަމާނާތް" އޮލިމްޕަހުގައި އަޅުވަނީ

22 ޖެނުއަރީ 2017
19 އަހަރަށް ފަހު "އަމާނާތް" އޮލިމްޕަހުގައި އަޅުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް