Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ޓްރަމްޕްގެ ވެރިކަން

ރައީސް ޓްރަމްޕް: 1975 ގެ ފަހުން އެންމެ މަގުބޫލު ނޫން ރައީސް

5 ޖެނުއަރީ 2018 | ހުކުރު 09:29

ރައީސް ޓްރަމްޕް ވެވަޑައިގެންފައި ވަނީ ދުނިޔޭގެ ލީޑަރުންގެ މެދުަގައި ވެސް މަގުބޫލް ނޫން ލީޑަރަކަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 5 ޖެނުއަރީ 2018 | ހުކުރު 09:29
ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގެ ހުވާ ކުރައްވާފައި ވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު

ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގެ ހުވާ ކުރައްވާފައި ވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންފައި ވަނީ ސިޔާސީ ގޮތުން އެމެރިކާގެ މޫނުމަތި ބަދަލުކުރައްވައި، ރައްޔިތުންގެ ބާރު އަނބުރާ ރައްޔިތުންނަށް ދެއްވާނެ ކަމުގެ ވައުދާއެކުއެވެ. ރައީސް ޓްރަމްޕްގެ ވިސްނުންފުޅާ އެއްގޮތަށް, ވައުދު ފުއްދެވުމުގެ ގޮތުން ބައެއް ކަންކަން ވަނީ ތަންފީޒުކުރައްވާފައެވެ. އެންމެ ގިނަ ބައެއްގެ ނުރުހުމާއި ކުރިމަތިލަން ޖެހުނު އެއް ކަމަކީ މުސްލިމުން އެމެރިކާއަށް އެތެރެވުން މަނާކުރާ ގަރާރެވެ. ކޯޓުތަކާއި ރައްޔިތުންގެ ފަރާތުން ގޮންޖެހުންތަކެއް ކުރިމަތިވެ ވަޑައިގެންނެވި ނަމަވެސް ވެރިކަމުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަން ވަނީ ކޮންމެވެސް ގޮތަކަށް ކުރައްވާފައެވެ. ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި އެމެރިކާގައި ޓެކްސްގެ ނިޒާމަށް ގެނެވުނު އެންމެ ބޮޑު ބަދަލު ގެންނެވީ ވެސް ޓްރަމްޕެވެ. އެއީ ވެސް ކެމްޕެއިންގައި ވަކާލާތުކުރެއްވި ކަމެކެވެ. ޑެމޮކްރެޓިކް ޕާޓީގެ އެއްމެ ވޯޓަކާ ވެސް ނުލައި ޓެކްސްގެ ގާނޫނު ފާސްވީ ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން އަށް ލިބިފައި އޮންނަ ހަނި އަޣްލަބިއްޔަތުންނެވެ. ޑެމޮކްރޭޓުންނާއި ގައުމުގެ އެތައް ބަޔަކު ޓެކްސްގެ ނިޒާމަށް ގެނައި ބަދަލާ ދެކޮޅެވެ. ރައީސް ޓްރަމްޕްގެ ފާހަގަކޮށްލެވޭ އެއް ވައުދަކީ މެކްސިކޯ އާއި އެމެރިކާއާ ދެމެދު ބިނާކުރާ ބޮޑުފާރެވެ. މި ވައުދު ފުއްދެވުމުގެ ކޮޅުމަތި ވެސް ނުފެންނައިރު ވާހަކަފުޅު ބަދަލުވެފައި ވަނީ ތަފާތު މިސްރާބަކަށެވެ. މިހާރު ދައްކަވަނީ މެކްސިކޯ މީހުންގެ ޚަރަދުގައި ފާރެއް ރާނާ ވާހަކައެވެ.

ޒަޔަނިސްޓު މަހުޖަނުންގެ އެހީތެރިކަމާ އެކު ވެރިކަމަށް ވަޑައިގެންވި ޓްރަމްޕް ވަނީ ނިކަން ކެރިވަޑައިގެން، ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަރާރުތައް ވީދާލެއްވުމަށް ފަހު ޒަޔަނިސްޓުންނަށް ޚާއްސަކޮށް ވެވަޑައިގެންނެވި ވައުދުގެ ބޮޑު ބައެއް ވެސް ފުއްދަވާފައެވެ. އެމެރިކާގެ އެކުވެރި ބޮޑެތި ބާރުތައް ކަމަށްވާ އިނގިރޭސިވިލާތް ފަދަ ގައުމުތަކުގެ ވެސް ނުރުހުމަކަށް ބެއްލެވުމެއް ނެތި ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަނެ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރުމަށް ވަނީ ނިންމަވާފައެވެ. އދ. ގެ ސަލާމަތީ މަޖިލީހުގެ 128 ގައުމު އެމެރިކާއާ ދެކޮޅަށް އެކަމުގައި ތެދުވެ، ވޯޓް ދީފައި ވަނީ ޑިޕްލޮމެޓިކް ހަމައިން އެމެރިކާ ނެއްޓި ހަޑިހުތުރުކޮށް ގައުމުތަކަށް ބިރުދައްކަމުން ދަނިކޮށް އެކަމަށް ބެލުމެއް ނެތިއެވެ.

މުސްލިމުން އެމެރިކާއަށް ވަނުމުގެ ވައުދު ފިޔަވައި ކުރިން ބުނެވިފައިވާ އެންމެހާ ވައުދުތަށް ރައީސް ޓްރަމްޕް ފުއްދަވާފައި ވަނީ ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަހަށް ފަހުއެވެ.

މީހުންގެ ނުރުހުން އޮތް ގިނަ ކަންތައްތަކެއް ތަންފީޒު ކުރެއްވުމުގެ ކުރިން ފުރަތަމަ ހަ މަސްދުވަހަށް ބަލާއިރު ވެސް ރައީސް ޓްރަމްޕަކީ ވޭތުވެދިޔަ ފަހުގެ މާޒީއެއްގައި އެމެރިކާގައި އެންމެ މަގުބޫލު ނޫން ރައީސްއެވެ.

ގެލަޕްގެ ރެކޯޑް ތަކަށް ބަލާއިރު ފުރަތަ ހަމަސް ނިމުނުއިރު ރައީސް ޓްރަމްޕްގެ މަގްބޫލުކަން ހުރީ 39 ޕަސެންޓުގައެވެ. ރައީސް ޖޯޖް ޑަބްލިއު ބުޝް އާއި ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެބޭފުޅުންގެ މަގުބޫލުކަން އެ މުއްދަތުގައި ހުރީ 56 ޕަސެންޓްގައެވެ.

ފުރަތަމަ ހަ މަސްދުވަހަށް ބަލާއިރު ރައީސް ޓްރަމްޕް ފަދަ މަގުބޫލު ނޫން ބޭފުޅަކަށް އެންމެ ކައިރި މާޒީއަކުން ވެސް ފެންނަން އޮތީ 1975 ވަނަ އަހަރު ވެރިކަމުގައި ހުންނެވި ޖެރަލްޑް ފޯޑެވެ. އެ މަނިކުފާނުގެ މަގުބޫލުކަން ވެސް ހުރީ 39 ޕަސެންޓްގައި ކަމަށްވާއިރު ރައީސް ޓްރަމްޕާ ސީދާ ދެކޮޅު ފަރާތްތައް ފޯޑްއަށް ވުރެ ވެސް އިތުރެވެ. ފޯޑްއާ ދެކޮޅު ފަރާތްތައް 45 ޕަސެންޓްގައި އުޅޭއިރު 56 ޕަސެންޓް މީހުން ރައީސް ޓްރަމްޕާ ދެކޮޅެވެ.

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
14 ޖެނުއަރީ 2017

އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!

14 ޖެނުއަރީ 2017
އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް