Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުސްމާން ޑެމްބެލޭ

ހަތަރު މަހަށްފަހު ޑެމްބެލޭ އެނބުރި ކުޅުމުގެ ތެރެއަށް

3 ޖެނުއަރީ 2018 | ބުދަ 11:36

އޭނާއަށް އަނިޔާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 ޖެނުއަރީ 2018 | ބުދަ 11:36
ޑެމްބެލޭ އަނިޔާވި މެޗުގައި

ޑެމްބެލޭ އަނިޔާވި މެޗުގައި

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް އުސްމާން ޑެމްބެލޭ ހަތަރު މަހަށްފަހު ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެ ކަމަށް އެ ކްލަބުން ބުނެފިއެވެ.

އޭނާ ބާސާއާ ގުޅިފައިވަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައެވެ. ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށްލުމަށްފަހު އޭނާ ބާސާއާ ގުޅުނީ 105 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެކިއެކި ބޯނަސްގެ ގޮތުގައި ބާސާއިން 42 މިލިއަން ޔޫރޯ ޑޯޓްމަންޑަށް ހުށަހަޅާފައިވެއެވެ. އޭނާގެ ރިލީސް ފީއެއްގެ ގޮތުގައި ބާސާއިން 400 މިލިއަން ޔޫރޯ ކަނޑައަޅާފައިވާއިރު އޭނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އަދި ބާސާގެ ތާރީހުގައި ވެސް އެ ޓީމަށް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔަކީ ޑެމްބެލޭއެވެ.

ޕީއެސްޖީއަށް ބަދަލުވި ނޭމާ ނެތްތަން ފޫބެއްދުމުގެ ގޮތުން ގެނައި ޑެމްބެލޭއަށް އަނިޔާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި 2-1 ގެ ނަތީޖާއަކުން ގެޓާފޭ އަތުން ބާސާ މޮޅުވި މެޗުގައެވެ. އެ މެޗަކީ އޭނާ ބާސާއަށް ކުޅެދިން ތިންވަނަ މެޗެވެ. މި މެޗުގައި އޭނާގެ ފަލަމަސްގަނޑަށް އަނިޔާވެ ދަނޑުން ބޭލިއެވެ. އަދި އެ އަނިޔާއަށް ފަރުވާ ހޯދުމުގެ ގޮތުން އޭނާ ވަނީ ފިންލޭންޑުގައި ސާޖަރީއެއް ވެސް ފުރިހަމަކޮށްފައެވެ.

ބާސާގެ ރަސްމީ ވެބްސައިޓުގައި އެ ޓީމުން ނެރުނު ބަޔާނެއްގައި ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި އޭނާއަށް މެޑިކަލް ޓީމުން ފެހި ސިގްނަލް ދީފައިވާ ކަމަށާއި އެހެންކަމުން އޭނާއަށް ޓީމުން ފުރުސަތު ދިނުމުގެ ބާރު މިހާރުއޮތީ ކޯޗު އާނެސްޓޯ ވަލްވާޑޭ އަތުގައި ކަމަށެވެ. އަދި އޭނާ ވަނީ އެ ޓީމުން އުއްމީދުކުރި މުއްދަތަށްވުރެ މާ އަވަހަށް އަނިޔާއިން ސަލާމަތްވެފައި ކަމަށާއި އޭނާ އަލުން ކުޅުމުގެ ތެރެއަށް އައުމާއި ގުޅިގެން ޓީމަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

އަނިޔާއިން އެނބުރި އައިސް ޑެމްބެލޭ ކުޅޭ އެންމެ ފުރަތަމަ މެޗަށް ވެގެންދާނީ ބުރާސްފަތި ދުވަހުގެރޭ ސްޕެނިޝް ކޮޕާޑެލްރޭގައި ބާސާއިން ސެލްޓަވީގޯއާ ދެކޮޅަށް ކުޅޭ މެޗެވެ. މިދިޔަ ސީޒަނުގައި ވެސް ކޮޕާޑެލްރޭ ކާމިޔާބުކުރީ ބާސާއިން ކަމަށްވާއިރު އެ ޓީމުން އަންނީ އެ މުބާރާތް ދިފާއުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޑެމްބެލޭ ކުޅުމުގެ ތެރެއަށް އެނބުރި އައުމާއެކު ބާސާއިން މި ސީޒަނަށް ކުރަމުންދާ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް އެ ޓީމުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. ބާސާއިން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވާއިރު އެ ޓީމު މިވަގުތު އޮތީ ނުވަ ޕޮއިންޓްގެ ލީޑަކާއެކު ސްޕެނިޝް ލަލީގާގެ އެއްވަނައިގައެވެ.

ޑެމްބެލޭއަކީ ދުނިޔޭގައި އެންމެ ފާހަގަ ކޮށްލެވޭ ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. އޭނާއަކީ ދުވެލި ބާރު އަދި ދެފައިން އެއްވަރަކަށް ކުޅުމުގެ ހުނަރު ލިބިފައިވާ ކުޅުންތެރިޔެކެވެ. ޑޯޓްމަންޑަށް ކުޅުމުގެ ކުރިން ޑެމްބެލޭ ވަނީ ފްރާންސްގެ ރެނޭސްއަށްވެސް ކުޅެފައެވެ.

އޭނާގެ އުމުރުން 20 އަހަރުވީ އިރު އޭނާ ވަނީ ޖުމްލަ ހަތް ފަހަރަކު ފްރާންސްގެ ގައުމީ ޓީމަށް ކުޅެފައެވެ. އަދި މިދިޔަ ސީޒަނުގައި ޑޯޓްމަންޑަށް ކުޅުނު 49 މެޗުގައި އޭނާ ވަނީ 10 ލަނޑު ޖަހާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް