Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ޕްރިމިއަރ ލީގު: ސިޓީގެ ލީޑު 15 ޕޮއިންޓަށް ފުޅާކޮށްފި

3 ޖެނުއަރީ 2018 | ބުދަ 07:01

ސިޓީއިން ވަނީ 15 ޕޮއިންޓްގެ ލީޑެއް ނަގާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 ޖެނުއަރީ 2018 | ބުދަ 07:01
އަގުއޭރޯ ގޯލަށް ހަމަލާއެއް ފޮނުވާލަނީ

އަގުއޭރޯ ގޯލަށް ހަމަލާއެއް ފޮނުވާލަނީ

އިނގިރޭސި ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ ކުރީގައި މެންޗެސްޓަރ ސިޓީއިން ނަގާފައިވާ ލީޑު އެ ޓީމުން 15 ޕޮއިންޓަށް ފުޅާކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ވޮޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ސިޓީއިން ކުރިމަތިލީ މީގެ ދެ ދުވަސް ކުރިން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު އެއްވަރުވުމާއި ގުޅިގެން އެ ޓީމުން ޖެހިޖެހިގެން މެޗުތަކުން މޮޅުވަމުން އައި ރެކޯޑު ނިމުމާއެކުގައެވެ. ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗާއި ހަމަޔަށް ސިޓީއިން ޖެހިޖެހިގެން 18 މެޗުން މޮޅުވެފައިވާއިރު އެ ޓީމު ޕްރިމިއަރ ލީގުގައި ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް ބަލިވެފައެއް ނުވެއެވެ.

ވޮޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗުގައި ސިޓީގެ ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން 38 ވަނަ ސިކުންތުގައި ލެރޯއި ސާނޭ ނަގައިދިން ހުރަހަކުން ކާމިޔާބު ކޮށްދިނީ ރަހީމް ސްޓާލިންއެވެ. މިއީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި ޓީމަކުން ޖެހި އެންމެ އަވަސް ލަނޑެވެ. ސިޓީގެ ލީޑު އިތުރަށް ފުޅާވެގެންދިޔައީ މެޗުގެ 13 ވަނަ މިނެޓުގައި ޑެބްރައިނާ ނެގި ހުރަހެއް ޕެލަސްގެ ކްރިސްޓިއަން ކަބަސެލޭ ޑިފެންޑް ކުރަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބައިކޮޅަށް ވަނުމުންނެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ސިޓީއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ތަކުރާރުކޮށް އެ ޓީމުން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 63 ވަނަ މިނެޓުގައި އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ލަނޑެއް ޖަހައިދީ ސިޓީގެ ލީޑު ފުޅާކޮށްދިނުމެވެ. މި މެޗުގައި ވޮޓްފޯޑުން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ފޯވާޑް އެންޑްރޭ ގްރޭއެވެ.

މި މެޗު ވެގެން ގޮސްފައިވަނީ ސިޓީއިން އެއް މަސްދުވަހުގެ ތެރޭގައި ކުޅުނު 10 ވަނަ މެޗަށެވެ. މި މެޗަށް ނުކުތުމުގެ ކުރިން ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމަކީ ކުޅުންތެރިންނަށް އޮތް "މުސީބާތެއް" ގެ ގޮތުގައި ސިފަކޮށްފައެވެ. މި މެޗުން މޮޅުވުމާއެކު ވެސް ސިޓީއިން ވަނީ އެ ޓީމު ޕްރިމިއާ ލީގުގެ އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑު ދަމަހައްޓާފައެވެ. މި މެޗުން މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޕެލަސްއާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގައި އަނިޔާވެގެން ބޭލި ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑެބްރައިނާއެވެ.

ކުރިޔަށް އޮތް ދޮޅު ހަފްތާގައި މި ދެ ޓީމުން ޕްރިމިއަރ ލީގުގެ އެއްވެސް މެޗެއް ނުކުޅޭނެއެވެ. ސިޓީއަށް ކުރިޔަށް އޮތީ އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ބާންލީއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ވޮޓްފޯޑު ވެސް ދެން ކުޅޭނީ އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ބްރިސްޓޮލް ސިޓީއާ ދެކޮޅަށެވެ.

ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 62 ޕޮއިންޓާއެކު މެންޗެސްޓަރ ސިޓީ އޮތްއިރު ދެވަނައިގައި 47 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ޔުނައިޓެޑްއެވެ. މެންޗެސްޓަރ ޗެލްސީއަށް 45 ޕޮއިންޓާއެކު ތިންވަނަ ލިބޭއިރު 44 ޕޮއިންޓާއެކު ހަތަރު ވަނަ ލިބެނީ ލިވަޕޫލްއަށެވެ. ހަމައެހެންމެ 40 ޕޮއިންޓާއެކު ފަސްވަނަ ލިބެނީ ޓޮޓެންހަމްއަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް