Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލޫކާ މޮޑްރިޗް

ކްރޮއޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މޮޑްރިޗް އަށް

މިއީ އޭނާ މި މަގާމު ހޯދި ހަވަނަ ފަހަރު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 2 ޖެނުއަރީ 2018 | އަންގާރަ 15:16
ކްރޮއޭޝިއާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު މޮޑްރިޗް

ކްރޮއޭޝިއާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު މޮޑްރިޗް

ވޭތުވެދިޔަ 2017 ވަނަ އަހަރު ކްރޮއޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު، ރެއާލް މެޑްރިޑްއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ހޯދައިފިއެވެ.

މޮޑްރިޗްއަށް މި މަގާމު ލިބިފައިވަނީ ކްލަބް ފެންވަރުގައާއި ގައުމީ ޓީމުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެގޮތުން ރެއާލްއިން މިދިޔަ އަހަރު ސްޕެނިޝް ލަލީގާއާ ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ކޮޕާ ޑެލްރޭގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މޮޑްރިޗް ވަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ހަމައެހެންމެ އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕަށް ކްރޮއޭޝިއާ ކޮލިފައި ކޮށްދިނުމުގައިވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިފަހަރުގެ އެވޯޑާއެކު އޭނާވަނީ ހަފަހަރެއްގެ މަތިން މި އެވޯޑު ހޯދައި، މި އެވޯޑު އެންމެ ގިނައިން ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާއާ އަރާހަމަކޮށްފައެވެ. މޮޑްރިޗްގެ އިތުރުން ކްރޮއޭޝިއާގެ ކުރީގެ ފުޓްބޯޅަ ތަރި ޑާވޯ ސޫކާ ވެސް ވަނީ މި އެވޯޑު ހަ ފަހަރު ހޯދާފައެވެ.

އުމުރުން 32 އަހަރުގެ މޮޑްރިޗް ވަނީ މި ސީޒަނުގައި މިހާތަނަށް 12 މެޗު ރެއާލްއަށް ކުޅެދީފައެވެ. އަނިޔާގެ ސަބަބުން އޭނާއަށް ބައެއް މެޗުތައް ގެއްލުނުއިރު، އޭނާގެ ޓީމު މިވަގުތު އޮތީ ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް ބާސާއަށްވުރެ 14 ޕޮއިންޓް ފަހަތުން ތާވަލުގެ ހަތަރުވަނައިގައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު