Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނުގެ ހަމަނުޖެހުން

އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 20 އަށް

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ މުޒާހަރާގެ 17 ބައިވެރިންނާއި ސަލާމަތީ ބާރުތަކުގެ ތިން އޮފިސަރުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 2 ޖެނުއަރީ 2018 | އަންގާރަ 10:53
އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން ޔުނިވާސިޓީއެއްގެ ކައިރީގައި މުޒާހަރާގެ ބައިވެރިންތަކެއް

އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން ޔުނިވާސިޓީއެއްގެ ކައިރީގައި މުޒާހަރާގެ ބައިވެރިންތަކެއް

އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 20 އަށް އަރައިފި އެވެ.

އީރާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާތާ ފަސް ދުވަސްވެފައިވާއިރު، މުޒާހަރާތައް ފުޅާވެ ގިނަ އަދަދެއްގެ ސިޓީތަކުން މިހާރު ވަނީ ބައިވެރިވެފައެވެ. މުޒާހަރާތަކުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވަމުންދާއިރު، މުޒާހަރާތައް ކޮންޓްރޯލް ކުރުމުގައި ސަލާމަތީ ބާރުތަކުން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ.

އަލްއަރަބިއްޔާ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ މުޒާހަރާގެ 17 ބައިވެރިންނާއި ސަލާމަތީ ބާރުތަކުގެ ތިން އޮފިސަރުންނެވެ.

މުޒާހަރާތަކާ ގުޅޭ ގޮތުން އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ، މުޒާހަރާތަކާއި ފާޑުކިޔުންތަކަކީ ލިބޭ ފަހި ފުރުސަތެއް ކަމަށާއި އެއީ ބިރެއް ނޫން ކަމަށެވެ. ރޫހާނީ ވިދާޅުވީ ގައުމަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރަން ގައުމުގެ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރޫހާނީ ކުރިން ވިދާޅުވެފައި ވަނީ ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމުގެ މިނިވަންކަން އަބަދުވެސް އޮންނާނެ ކަމަށެވެ.

އީރާނުގައި ބުރާސްފަތި ދުވަހު މުޒާހަރާ ކުރަން ފެށީ އެ ގައުމުގައި ކޮރަޕްޝަން އިންތިހާއަށް ފެތުރި، ދިރިއުޅުމުގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ދަށްވަމުންދާ ކަމަށް ބުނެއެވެ.

ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވުމުގެ މައްސަލައިގައި ފެށި މުޒާހަރާތަށް ފުޅާވެ، ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެފައިވާއިރު، މުޒާހަރާތަކުގައި ދަނީ، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާއި ރައީސް ހަސަން ރޫހާނީގެ އިސްތިއުފާ އަށް ވެސް ގޮވަމުންނެވެ.

މީގެ އިތުރުން ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި، ފުލުހުންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އީރާނުގެ ސަރުކާރުން ކުރަން ނުޖެހޭ، ބޭކާރު ޚަރަދުތަކެއް ކުރަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު