Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޓައިގާ ޝްރޮފް- ދިޝާ ޕަޓާނީ

އާއަހަރު ފާހަގަ ކުރަން ޓައިގާ ޝްރޮފް ރާއްޖޭގައި

29 ޑިސެމްބަރު 2017 | ހުކުރު 05:41

ޓައިގާ ރާއްޖެ އައިސްފައި ވަނީ ބުރާސްފަތި ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 29 ޑިސެމްބަރު 2017 | ހުކުރު 05:41
ޓައިގާ އާއި ދިޝާ މުމްބާއި އެއާޕޯޓުގައި ފުރަން ގޮސް ތިއްބައި ނަގާފައިވާ ފޮޓޯ

ޓައިގާ އާއި ދިޝާ މުމްބާއި އެއާޕޯޓުގައި ފުރަން ގޮސް ތިއްބައި ނަގާފައިވާ ފޮޓޯ

ބޮލީވޫޑްގެ އަރަމުން އަންނަ ތަރި ޓައިގާ ޝްރޮފް އާއަހަރު ފާހަގަ ކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

ޓައިގާ ރާއްޖެ އައިސްފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޑޮޓް ކޮމް އިން ވެސް ވަނީ ބުދަދުވަހުގެ ރޭ ޓައިގާ އާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ދިޝާ ޕަޓާނީ އެއާޕޯޓަށް ފުރަންގޮސް ތިއްބައި ނަގާފައިވާ ފޮޓޯތަކެއް އާންމު ކޮށްފައެވެ. އެހެން ނަމަވެސް އެ ދެ މީހުން ފުރަނީ ކޮންތަނަކަށް ކަމެއް އެ ނޫހުން ބުނެފައެއް ނުވެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޓައިގާ އާއި ދިޝާ ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ކޮންރެޑް މޯލްޑިވެސްގައެވެ. އަދި އެ ދެ މީހުން ޖެނުއަރީ މަހުގެ 2 ވަނަ ދުވަސް ވަންދެން ކޮންރެޑްގައި ތިބޭނެ ކަމަށް ވަނީ ޚަބަރު ލިބިފައެވެ.

ރޮކް ނަމަކަށް ކިޔާ އައިޑީއަކުން އިންސްޓަގްރާމަށް ލާފައިވާ ވީޑިއޯއެއް ވެސް އިންޑިއާ ޑޮޓް ކޮމް އިން ވަނީ އެޚަބަރާ އެކު އެޓޭޗް ކޮށްފައެވެ. އެ ވިޑިއޯގައި ފެންނަނީ ޓައިގާ އާއި ދިޝާ އަދި ރަންވީރު ސިންގްއެވެ. އެހެން ނަމަވެސް ރަންވީރު ރާއްޖެ އައި ކަމެއް އެނގިފައެއް ނުވެއެވެ.

މަޝްހޫރު ފިލްމީ ތަރި ޖެކީ ޝްރޮފްގެ ދަރިފުޅު ޓައިގާ އާއި ދިޝާ އެކުގައި ފިލްމަކުން ފެންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ރިލީޒް ކުރާ "ބާޣީ 2" އިންނެވެ. ޓައިގާ އާއި ދިޝާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް އަޑުތައް އަރާފައި އޮތް ކަމުގައި ވިއަސް އެ ދެ މީހުން ވެސް އެކަން ދޮގުކުރެއެވެ. ދިޝާ އެންމެ ފުރަތަމަ ބޮލީވޫޑް ފިލްމަކުން ފެނިގެން ގޮސްފައި ވަނީ ޝުސާންތު ސިންގް ރާޖްޕޫތުއާ އެކު "އެމް.އެސް ދޯނީ" އިންނެވެ. މީގެ އިތުރުން މި އަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރި "ކުންފު ޔޯގާ" ގައި ހޮލީވޫޑްގެ ތަރި ޖެކީ ޗޭންއާ އެކު އޭނާ ފެނިގެން ގޮސްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 މެއި 2017

ޖަސްޓިން ބީބާ ރާއްޖޭގައި؟

11 މެއި 2017
ޖަސްޓިން ބީބާ ރާއްޖޭގައި؟
01 މެއި 2017

ފަރާ ހާން އާއިލާއާ އެކީ ރާއްޖޭގައި

01 މެއި 2017
ފަރާ ހާން އާއިލާއާ އެކީ ރާއްޖޭގައި
10 އެޕްރީލު 2017

މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

10 އެޕްރީލު 2017
މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟
31 މާރިޗު 2017

މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް އާއްމު ކޮށްފި

31 މާރިޗު 2017
މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް އާއްމު ކޮށްފި
26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
22 މާރިޗު 2017

"ޖަމާއީ ރާޖާ"ގެ ބަތަލާ ރޯޝްނީ ރާއްޖޭގައި

22 މާރިޗު 2017
"ޖަމާއީ ރާޖާ"ގެ ބަތަލާ ރޯޝްނީ ރާއްޖޭގައި
10 މާރިޗު 2017

" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

10 މާރިޗު 2017
" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް
05 މާރިޗު 2017

ޓައިގާ ޝްރޮފަކީ އަންހެން ދުޅައިގެ މީހެއްތަ؟

05 މާރިޗު 2017
ޓައިގާ ޝްރޮފަކީ އަންހެން ދުޅައިގެ މީހެއްތަ؟
08 ފެބުރުއަރީ 2017

ސޯނާކްޝީ ރާއްޖޭގައި

08 ފެބުރުއަރީ 2017
ސޯނާކްޝީ ރާއްޖޭގައި
05 ފެބުރުއަރީ 2017

"ޑަންގަލް" ގެ ކާމިޔާބީ ފާހަގަ ކޮށްފި

05 ފެބުރުއަރީ 2017
"ޑަންގަލް" ގެ ކާމިޔާބީ ފާހަގަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް