Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކިލިއަން އެމްބާޕޭ

ރެއާލް މެޑްރިޑާއި ވާހަކަ ދެއްކި ކަމަށް އެމްބާޕޭ ބުނެފި

މިދިޔަ ސީޒަނުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ދުނިޔޭގެ އެންމެ މޮޅު ޓީމުތަކުން ވަނީ އޭނާ ހޯދުމަށް މަސައްކަތްކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2017 | ބުދަ 13:59
ކިލިއަން އެމްބާޕޭ - އުމުރުން 19 އަހަރުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުން

ކިލިއަން އެމްބާޕޭ - އުމުރުން 19 އަހަރުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުން

ޕީއެސްޖީއަށް ބަދަލުވުމުގެ ކުރިން ސްޕެއިންގެ ރެއާލް މެޑްރިޑާއި ވާހަކަ ދެއްކި ކަމަށް ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފިއެވެ.

މިދިޔަ ސީޒަނުގައި މޮނާކޯއަށް ކުޅުނު 27 މެޗުގައި އޭނާ 19 ލަނޑު ޖަހާފައިވެއެވެ. އޭގެތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުތަކުގައި ޖެހި މުހިންމު ލަނޑުތައް ހިމެނެއެވެ. މި މޮޅު ކުޅުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑެތި ޓީމުތަކުން އޭނާ ގެންދިޔުމަށް މަސައްކަތް ކޮށްފައިވެއެވެ. އޭގެތެރޭގައި ރެއާލް ވެސް ހިމެނެއެވެ. އެ ޓީމުން އޭނާ ގެންދިޔުމަށް މަސައްކަތް ކޮށްފައިވަނީ އެ ޓީމުގެ ކުރިޔަށް މިހާރު ކުޅެމުން އަންނަ ކަރިމް ބެންޒިމާގެ ފަރާތުން ފެންނަމުން ދިޔަ ދަށް ކުޅުމުގެ ސަބަބުންނެވެ.

ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ 'މާސާ' އާ ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ ރެއާލްއާއެކު ޓްރާންސްފާގެ މަޝްވަރާތަކެއް ކުރިޔަށް ގެންދިޔަ ކަމަށް ފެތުރިފައިވާ އަޑުތަކަކީ ހަގީގަތެއް ކަމަށާއި އެއީ މިހާރު މާޒީ ކަމަށެވެ. އޭނާ ބުނީ ރެއާލްއަށް ބަދަލު ނުވީ ޕެރިހުގައި ކުޅުމަކީ އޭނާ ހުވަފެނަކަށް ވާތީ އެކަން ހަގީގަތަކަށް ހެދުމުގެ ގޮތުން ކަމަށެވެ. އަދި އެގޮތަށް ނިންމުމުން ވަރަށް އުފާވެފައި ހުރިކަމަށް އެމްބާޕޭ މި އިންޓަވިއުގައި ބުނެފައިވެއެވެ.

މުސްތަގުބަލުގައި އެހެން ޓީމަކަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއްތޯ ސުވާލު ކުރުމުން އޭނާ ބުނީ މުސްތަގުބަލުގައި ވާންހުރި ކަންކަން އޭނާއަށް ނޭނގޭ ކަމަށާއި ޔަގީނުން ވެސް މިވަގުތު އޭނާ ޕީއެސްޖީއަށް ސަތޭކަ އިންސައްތަ ދެމުންދާ ކަމަށެވެ. ރެއާލްއާއެކު ކުރެވުނު މަޝްވަރާތަކުގެ ވާހަކަ އަބަދުވެސް މީހުން އަހާ ކަމަށާއި އެހެން ނަމަވެސް މިހާރު އެވާހަކަތަކަށް އަހަންމިއްޔަތުކަން ނުދޭކަމަށް އެމްބާޕޭ ބުނެފައިވެއެވެ.

ޔޫރަޕާއި ދުނިޔޭގެ ޗެމްޕިއަނުންނަށް ކުޅުމުގެ ފުރުސަތު ނަގާލުމަށް ފަހު މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ ބަދަލުވީ މޮނާކޯގެ ވާދަވެރި ޕީއެސްޖީއަށެވެ. އޭނާ އެ ޓީމަށް ބަދަލުވީ 180 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެމްބާޕޭ ރެއާލްއާ މަޝްވަރާ ކުރިކަމަށް އޭނާ އެއްބަސްވެފައިވާއިރު ރެއާލްއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އޭނާ ނުކުންނާނެއެވެ. ޕީއެސްޖީގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ނުކުންނައިރު މި މެޗު އޭނާއަށް ވަރަށް ހާއްސަވާނެ ކަމަށް އޭނާ މި އިންޓަވިއުގައި ބުނެފައިވެއެވެ.

އެމްބާޕޭ މި އިންޓަވިއުގައި ބުނެފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އޭނާގެ އައިޑޮލްއެއް ކަމަށާއި އެހެން ނަމަވެސް އެ މެޗުގައި ނުކުންނާނީ ރޮނާލްޑޯ ބަލިކުރަން ކަމަށެވެ. އޭނާ ބުނީ ނޭމާއަކީ ވެސް ރޮނާލްޑޯއާ އެއް ފަންތީގެ ކުޅުންތެރިޔެއް ކަމަށާއި ނޭމާ އަދި ކަވާނީގެ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްވާ ކަމަށެވެ. ނޭމާގެ ސަބަބުން ޓީމަށް ތަށި ގެނެވޭނެކަން ފާހަގަ ކުރަމުން އެމްބާޕޭ ބުނީ މި ސީޒަނަކީ ކާމިޔާބު ސީޒަނަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އުމުރުން 19 އަހަރުގެ އެމްބާޕޭ ކެރިއަރު ފަށާފައިވަނީ މޮނާކޯއިންނެވެ. އޭނާވަނީ އެ ޓީމަށް ކުޅުނު 41 މެޗުގައި 22 ލަނޑު ޖަހައިދީފައެވެ. އަދި ޕީއެސްޖީއަށް ބަދަލުވުމަށް ފަހު ވެސް އޭނާ އަންނަނީ އެ ޓީމުގެ މުހިންމު ދައުރެއް އަދާ ކުރަމުންނެވެ. އެގޮތުން މިހާތަނަށް މި ސީޒަނުގައި ޕީއެސްޖީއަށް ކުޅުނު 19 މެޗުގައި އޭނާ ވަނީ 12 ލަނޑު ޖަހައިދީފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު