Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ކޭން ރެކޯޑު ހެދިއިރު ޗެލްސީ ވެސް މޮޅުވެއްޖެ

27 ޑިސެމްބަރު 2017 | ބުދަ 11:41

ސައުތްހެމްޕްޓަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވެފައިވަނީ 5-2 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 27 ޑިސެމްބަރު 2017 | ބުދަ 11:41
ހެރީ ކޭން - 2017 ވަނަ އަހަރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ

ހެރީ ކޭން - 2017 ވަނަ އަހަރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ކުޅުނު މެޗުގައި ހެޓްރިކް ހަދައި ޓީމުގެ ފޯވާޑް ހެރީ ކޭން ރެކޯޑު ހެދިއިރު ޗެލްސީ ވެސް އެ ޓީމު ކުޅުނު މެޗުން މޮޅުވެއްޖެއެވެ.

ސައުތްހެމްޕްޓަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވެފައިވަނީ 5-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެ ޓީމަށް ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ ހުނަރުވެރި ފޯވާޑް ވަނީ ހެޓްރިކް ހަދާފައެވެ. މި މެޗުގައި ޓޮޓެންހަމްގެ ފަރާތުން މޮޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ޓޮޓެންހަމްގެ ފުރަތަމަ ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސެން ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ ކޭންއެވެ. މި ލަނޑަށް ފަހު ވެސް ޓޮޓެންހަމްއިން އުފައްދަމުން ދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 39 ވަނަ މިނެޓުގައި ދެކުނު ކޮރެއާގެ ފޯވާޑް ހެއުންމިން ސޮން ތަނަވަސްކޮށްދިން ފުރުސަތަކުން ކޭން ލަނޑެއް ޖަހައިދީ އެ ޓީމުގެ ލީޑު ފުޅާކޮށްދިނުމެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ޓޮޓެންހަމްއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް މެޗުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ. ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓު ނުވަނީސް ޑެލޭ އަލީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިންއިރު އޭގެ ތިން މިނެޓުފަހުން ސޮން ވަނީ ޓޮޓެންހަމްގެ ހަތަރުވަނަ ލަނޑު އެ ޓީމަށް ޖަހައިދީފައެވެ.

މި ލަނޑަށްފަހު ސައުތްހެމްޕްޓަންގެ ކުޅުން އެ ޓީމުން ރަނގަޅުކުރުމުގެ ނަތީޖާއެއްގެ ގޮތުން 64 ވަނަ މިނެޓުގައި ސޮފައިން ބޯފާލް އެ ޓީމަށް ލަނޑެއް ޖަހައިދީ ނަތީޖާގެ ފަރަގު ކުޑަކޮށްދިނެވެ. އެހެން ނަމަވެސް މެޗުގެ 67 މިނެޓުގައި ކޭން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ޓޮޓެންހަމްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ސައުތްހެމްޕްޓަންއިން މެޗުގައި ޖެހި ދެވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ ޑޫސާން ޓަޑިޗްއެވެ.

މި މެޗުގައި ހެދި ހެޓްރިކާއެކު މިހިނގަމުންދާ 2017 ވަނަ އަހަރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ކޭން ވަނީ ހޯދާފައެވެ. އޭނާ ވަނީ ކުޅުނު 52 މެޗުގައި 56 ލަނޑު ޖަހާފައެވެ. މިއީ ވޭތުވެދިޔަ ހަތް އަހަރުތެރޭ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނެލް މެސީ ފިޔަވައި އެހެން ކުޅުންތެރިޔަކު މިމަގާމު ހޯދި ފުރަތަމަ ފަހަރެވެ.

ޕްރިމިއާ ލީގުގައި ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށްފައެވެ. މި މެޗުގައި ޗެލްސީއިން ޖެހި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ އަލްވާރޯ މޮރާޓާ އާއި މާކޯސް އަލޮންސޯއެވެ. ބޯންމައުތްއާ ވެސްޓް ހަމް ޔުނައިޓެޑް ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނުއިރު ހަޑާސްފީލްޑް އާއި ސްޓޯކް ސިޓީ ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 55 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެވަނައިގައި 43 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑްއެވެ. ޗެލްސީއަށް 42 ޕޮއިންޓާއެކު ތިންވަނަ ލިބޭއިރު 38 ޕޮއިންޓާއެކު ހަތަރު ވަނަ ލިބެނީ ލިވަޕޫލްއަށެވެ. ހަމައެހެންމެ 37 ޕޮއިންޓާއެކު ފަސްވަނަ ލިބެނީ ޓޮޓެންހަމްއަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް