Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސަލްމާން ޚާން

ކާމިޔާބަކީ ވަކި މީހަކު ފިލްމެއްގައި އުޅެގެންވާ ކަމެއް ނޫން: ސަލްމާން

ޓިއުބްލައިޓަކީ އޭނާގެ ނާކާމިޔާބު ފިލްމެއް ކަން ގާބޫލުކުރޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 26 ޑިސެމްބަރު 2017 | އަންގާރަ 05:20
ސަލްމާން ޚާން

ސަލްމާން ޚާން

ފިލްމު ކާމިޔާބުކަމާ އެކީ ހިނގާނީ ވަކި މީހަކު އެ ފިލްމެއްގައި އުޅުމުން ނޫން ކަމަށް ބޮލީވުޑްގެ ތަރި ސަލްމާން ޚާން ބުނެފިއެވެ.

"ޓައިގާ ޒިންދާހޭ"ގެ ކާމިޔާބީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސަލްމާން ބުނީ ފިލްމެއް ކާމިޔާބު ވާނީ ވަކި އޭނާ އުޅެގެން ނޫން ކަމަށާއި އެ އެ ފިލްމުގައި ކުޅުނު ބައި ބެލުންތެރިން ބަލައިގަތުމުން ކަމަށެވެ.

ސަލްމާން ބުނީ އޭނާ އުޅޭ ފިލްމުތަކުން ފޭނުން ބޭނުން ވަނީ އުފާވެރި ހިތްހަމަ ޖެހޭ ވަގުތެއް ހޭދަކުރަން ކަމަށާއި އެހެން ނަމަވެސް އޭނާގެ އެންމެ ނާކާމިޔާބު ފިލްމު "ޓިއުބްލައިޓް"ގައި ފެނިގެން ދިޔައީ އެއާ މުޅިން އިދިކޮޅު ރޯލަކުން ކަމަށެވެ. "ޓިއުބްލައިޓް"އަކީ އޭނާގެ ނާކާމިޔާބީކަން ގަބޫލުކުރަމުން ސަލްމާން ބުނީ ކިތަންމެ މަޝްހޫރު މީހަކު އުޅޭ ފިލްމަކަށް ވިޔަސް ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.

ސަލްމާން ބުނީ އޭނާ ރޯ މަންޒަރު ފެންނަ ފިލްމުތަކަށް ބެލުންތެރިންގެ ސަޕޯޓު ކުޑަ ކަމަށެވެ. އެއީ މިހާތަނަށް އޭނާގެ ފޭނުންގެ ސަޕޯޓު ލިބިފައި ވަނީ އަދި ބަލައިގެންފައި ވަނީ އެކްޝަން ފިލްމުތަކުން ކަމަށް ވާތީ ކަމަށް ސަލްމާން ބުންޏެވެ. މިހާރު ސިނަމާތަކުގައި އެންމެ ހިނގާ އެއް ފިލްމަކީ މިމަހުގެ 22 ވަނަ ދުވަހު ނިކުތް ސަލްމާންގެ "ޓައިގާ ޒިންދާހޭ" އެވެ. އެ ފިލްމު އެޅުވުމުގެ ކުރިން ގިނަ ޝޯތަކެއް ހައުސް ފުލްވެ، ގިނަ ބައެއްގެ ތަރުހީބު ދަނީ އެ ފިލްމަށް ލިބެމުންނެވެ. މި ފިލްމުގައި ސަލްމާންގެ އިތުރުން ހަރަކާތްތެރި ވަނީ ކެޓްރީނާ ކައިފްއެވެ. "ޓައިގާ ޒިންދާހޭ" އަކީ މީގެ ކުރިން ނިކުތް "އޭކްތާ ޓައިގާ"ގެ ދެވަނަ ބައެވެ. އެ ފިލްމުގައި ވެސް ސަލްމާނާއި ކެޓްރީނާ ވަނީ ފެނިގެން ގޮސްފައެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

"ބާހްބަލީ 2" ނުބެލުމުން ވަޒީފާއިން ވަކިކޮށްފި

11 މެއި 2017
"ބާހްބަލީ 2" ނުބެލުމުން ވަޒީފާއިން ވަކިކޮށްފި
28 އެޕްރީލު 2017

ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި

28 އެޕްރީލު 2017
ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި
27 އެޕްރީލު 2017

ސަލްމާންހާންގެ 3 ބޮޑީގާޑުން ވަކިކޮށްފި

27 އެޕްރީލު 2017
ސަލްމާންހާންގެ 3 ބޮޑީގާޑުން ވަކިކޮށްފި
20 އެޕްރީލު 2017

ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި

20 އެޕްރީލު 2017
ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި
19 މާރިޗު 2017

ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ

19 މާރިޗު 2017
ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު