Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް ފަލަސްތީނު މައްސަލަ

އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރަނީ!

ގުދުސް އަށް އެމެރިކާ އެމްބަސީ ބަދަލު ކުރެއްވުމުގެ ނިންމުން ޓްރަމްޕް ވަނީ އަންގާރަ ދުވަހު އައްބާސް އާ ހިއްސާކުރައްވާފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2017 | ބުދަ 00:28
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް (ކ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް (ކ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިޒްރޭލުގެ ޓެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ، ޤުދުސް އަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމުގެ މަޢުލޫމާތު ފަލަސްތީނުގެ ރައީސް މަޙުމޫދު އައްބާސްއާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިއްސާކުރައްވައިފި އެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާ އިން އަންގާރަ ދުވަހު އާއްމުކުރި ރިޕޯޓެއްގައި ވަނީ، ފަލަސްތީނާއި އިޒްރޭލާއި ދެމެދު ޚިޔާލުތަފާތުވުން އުފެދިފައިވާ ޤުދުސް އަށް އެމެރިކާގެ އެމްބަސީ ބަދަލު ކުރުމުގެ ވާހަކަ ފަލަސްތީނުގެ ރައީސްއާއި ހިއްސާ ކުރައްވާފައި ވަނީ އެމެރިކާގެ ރައީސް ކުރެއްވި ފޯން ކޯލެއްގައި ކަމަށެވެ.

އަދި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މިނިންމެވުމުގެ ސަބަބުން، ސުލްހައިގެ މަސައްކަތްތަކަށާއި، އެސަރަޙައްދާއި ދުނިޔޭގެ ސުލްހައާއި ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެދާނެ ނުރައްކާތެރި މައްސަލަތައް އެމެރިކާގެ ރައީސަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ހިއްސާ ކުރެއްވި ކަމަށް އައްބާސްގެ ތަރުޖަމާނު ނާބިލް އަބޫ ރުދެއިނާ ވިދާޅުވި އެވެ.

އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސް އަށް ބަދަލު ކުރުމުގެ ނިންމެވުމާއި ގުޅޭ އިތުރު ތަފްސީލް ދެއްވާފައެއްނުވެއެވެ.

މިޚަބަރު ފެތުރުމާއެކު އުރުދުންގެ ޝާހީ ގަނޑުވަރުން ވަނީ، އެ މައުލޫމާތު އުރުދުންގެ ރަސްގެފާނު އަބްދުﷲ އާވެސް، ޓްރަމްޕް ހިއްސާ ކުރައްވާފައިވާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

އަދި، އެކަމުގެ ސަބަބުން ނުކުމެދާނެ މައްސަލަތައް އުރުދުންގެ ރަސްގެފާނުވެސް ޓްރަމްޕާއި ހިއްސާ ކުރައްވާފައިވާ ކަމަށް އެބަޔާނުގައިވެއެވެ.

އިޒްރޭލާއި ފަލަސްތީނާއި ދެމެދުވާ ހިޔާލުތަފާތުވުންތަކުގެ ތެރެއިން އެންމެ ނާޒުކު މައްސަލައަކީ ގުދުސްގެ މައްސަލައެވެ.

1967 ވަނަ އަހަރު ކުރި ހަނގުރާމާގައި އިޒްރޭލުން އިރުމަތީ ގުދުސް ހިފުމަށްފަހު، އިޒްރޭލުން ބަލަނީ އިރުމަތީ ގުދުސް އަކީ އެމީހުންގެ ވެރިރަށުގެ ގޮތުގައެވެ. އެހެންނަމަވެސް ފަލަސްތީނުން ބޭނުން ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުމުން، އެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް ހެދުމަށެވެ.

ގުދުސްގައި މިހާތަނަށް އެއްވެސް ގައުމެއްގެ އެމްބަސީ އެއް ގާއިމްކޮށްފައެއްނުވެއެވެ. އަދި ގުދުސް އަކީ އިޒްރޭލުގެ އިހްތިސާސް ހިނގާ އިޒްރޭލުގެ ސަހަރެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުޖުތަމައު އިން ބަލައިގަނެފައެއްނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު