Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކިއުބާ-އެމެރިކާގެ ގުޅުން

ކިއުބާގައިހުރި އެމްބަސީ ބަންދުކުރުމާމެދު ވިސްނަމުންދާކަމަށް އެމެރިކާއިން ބުނެފި

ކިއުބާގެ ވެރިރަށް ހަވާނާގައި ހުންނަ  އެމެރިކާގެ އެމްބަސީގެ މުއައްޒަފުންނަށް ދިން "ސޮނިކް އެޓޭކް" އަކަށްފަހު

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 18 ސެޕްޓެމްބަރު 2017 | ހޯމަ 01:11
ކިއުބާގެ ވެރިރަށް ހަވާނާގައި ހުންނަ  އެމެރިކާގެ އެމްބަސީ

ކިއުބާގެ ވެރިރަށް ހަވާނާގައި ހުންނަ  އެމެރިކާގެ އެމްބަސީ

ކިއުބާގައިހުރި އެމްބަސީ ބަންދުކުރުމާމެދު ވިސްނަމުންދާކަމަށް އެމެރިކާއިން ބުނެފިއެވެ. އެމެރިކާއިން މިކަން އިއުލާން ކުރީ ކިއުބާގެ ވެރިރަށް ހަވާނާގައި ހުންނަ އެމެރިކާގެ އެމްބަސީގެ މުއައްޒަފުންނަށް ދިން "ސޮނިކް އެޓޭކް" އަށް ފަހުއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަސަން ވިދާޅުވީ، މި ހަމަލާގެ ސަބަބުން އެމްބަސީގައި މަސައްކަތްކުރާ 20 މުއައްޒަފަކަށް އެކިކަހަލަ އަނިޔާތަކާއި ކުރިމަތިވެފައިވާކަމަށެވެ.

ބާރު އަޑާއި ރޭޑިއޭޝަންގެ ސަބަބުން އެމެރިކާ އެމްބަސީގެ ބައެއް މުއައްޒަފުންނަށް ސިކުޑީގެ ގެއްލުންތައް ލިބި އަނެއްބައި މުއައްޒަފުންގެ އިވުން ގެއްލިފައިވާއިރު އެހެނިހެން ބޮޑެތި ސިއްހީ މައްސަލަތަކާއި ވަނީ ކުރިމަތިލާންޖެހިފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާގައި ކިއުބާގެ އެއްވެސް ބައިވެރިވުމެއް ނުވާކަމަށް އެގައުމުން ބުނާއިރު 2016 ވަނަ އަހަރުގެ ފަހުކޮޅު ދިން މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ. އަދި މި ހަމަލާގައި ކިއުބާގެ އަތެއްނުވާކަމުގެ ޔަގީންކަން އެ ގައުމުގެ ރައީސް ރައުލްކާސްޓްރޯ ވަނީ ދެއްވާފައެވެ.

އެމެރިކާގެ އެފްބީއައިއާއި ކެނެޑާގެ ފުލުހުންނާއި އަދި ކިއުބާގެ ކަމާބެހޭ ފަރާތްތަކުން މި ހަމަލާ ތަހުގީގުކުރަމުން ދިޔަނަމަވެސް މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

އެމެރިކާއާއި ކިއުބާއާއި ދެމެދު ގުޅުން ކެނޑިފައި އޮންނަތާ ބައިގަރުނު ފަހުން ކިއުބާއާއި އަލުން ގުޅުނީ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2015 ވަނައަހަރު އެވެ. އަދި އެއާއިއެކު އެމެރިކާގެ އެމްބަސީވެސް އެގައުމުގައި ހުޅުވިގެން ދިޔައެވެ. އެއާއިއެކު ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުން ރަސްމީކޮށް އަލުން ފެށުނެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި

10 މާރިޗު 2017
ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި
10 މާރިޗު 2017

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ
07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު