Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ސަރުކާރު ހިންގަން ބޭނުން ވަނީ ރައީސަކާއި، ވަޓްސްއެޕް ގުރޫޕެއް!

ދަނޑުވެރިންނާއި، މަސްވެރިންނާއި، ކިޔަވާ ކުދިންްނާއި، އެކަނިވެރި މައިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި، ރަށް ރަށުގެ ކައުންސިލަރުން ހިމަނައިގެން ވަޓްސްއެޕް ގުރޫޕެއް ހެއްދެވީމާ، އެ އެންމެންގެ ކަންބޮޑުވުން ހައްލުވާ ނަމަ، މި ޤައުމަށް ބޭނުން ވަނީ ރައީސަކާއި، ވަޓްސްއެޕް ގުރޫޕެެއް ނޫން ހެއްޔެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މެއި 2025 | ބުދަ 08:26
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި އޮތް ޖަލްސާ އަކަށް، މަތީ ތައުލީމާ ބެހޭ ވަޒީރު ޑޮކްޓަރު އަލީ ހައިދަރު ހާޒިރު ކުރި އެވެ. ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންގެ ލޯނު ފައިސާ ލިބުން ލަސްވުމާއި، ދަރިވަރުންނަށް މިނިސްޓްރީއާ ވާހަަކަ ނުދެއްކޭ ކަމަށާއި، މިނިސްޓްރީ އިން ޖަވާބު ލިބުމުގައި އެތައް ދަތިތަކެއް ހުރި ކަމުގެ ޝަކުވާއާ އެކު އެވެ.

އެ ދުވަހު ވަޒީރު މަޖިލީހުގައި ވިދާޅުވީ ދަރިވަރުން ހިމެނޭހެން ވަޓްސްއެޕް ގުރޫޕެއް ހައްދަވާ ވާހަކަ އެވެ. އޭރުން ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޙަައްްލެއް ލިބިގެން ދާނެ ކަމަށާއި، ދަރިވަރުންނަށް ޖަވާބުދާރީ ވުމުގައި އިތުރު ފަސޭހަތަކެއް ވާނެ ކަަމަށް ވިދާޅުވި އެވެ.

އަޅުގަނޑު ހިތަށް އެރި އެވެ. ދަރިވަރުންގެ ކަންބޮޑުވުމަކީ މިނިސްޓްރީ އިން ޖަވާބު ނުލިބުމެވެ. ފޯނު ނުނެގުމެވެ. ދަރިވަރުން ފޮނުވާ އީ މެއިލް ތަކަަށް، މަސް ދުވަހުން ވެސް ޖަވާބު ނުދެވުމުގެ ކަންބޮޑުވުމެވެ. އެކަން ކުރަން ޖެހެނީ ވަޓްސްއެޕް ގުރޫޕެއް ހަދައިގެން ކަމަށް ވަނީ ނަމަ، އެކަން ކޮށްލަން ވެސް ވަޒީރަކު ހުންނަވަން ޖެހޭ ހެއްޔެވެ؟

ތަން ކޮޅެއް ކުރިން ވެސް މިޒާތުގެ ވާހަކަތަކެއް ސަރުކާރުގެ އެހެން ވެރިން ވެސް ދައްކަވާފައި އެބަ ހުއްޓެވެ. ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވީ، ރޭގަނޑު ނިދާ ވަގުތުގައި ފޯނުގެ ޑޭޓާ ވެސް ކަނޑާނުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވައި، އަންގަވާފައި އޮންނަ ކަމަށެވެ.

ކޮންމެ ވަގުތަކު ވެސް، ކޮންމެ ޙާލަތެއްގައި ވެސް ރައްޔިތަަކަށް ކަމެއް ދިމާވެދާނެ ކަމުގެ ކަންބޮޑުވުން އެމަނިކުފާނުގެ އޮތަތީ އެވެ. އެހާ ވެސް ބޮޑަށް ވަޒީރުންނަށް ބާރު އަޅުއްވަނީ ފޯނު ވެސް ދޫކޮށް ނުލުމަށެވެ. ވަޓްސްއެޕާއި، ޓެލެގްރާމް އަދި ވައިބާ އަބަދުމެ ބަލާލަ ބަލާލައި ތިއްބެވުމަށެވެ.

ނުވިތާކަށް، މިހާރު ރައީސް މުޢިއްޒުގެ ވަޓްސްއެޕް ޗެނަލެއް ވެސް ހައްދަވައިފި އެވެ. ސަރުކާރުން ކުރަމުން އަންނަ ކަންތައްތަކާއި، ރައީސް ކުރައްވާ ޕޯސްޓުތައް އަދި ވަޒީރުން ކުރައްވާ ޕޯސްޓުތައް ވެސް އަންނަނީ އެ ގުރޫޕުގައި ހިއްސާ ކުރަމުންނެވެ. އެހާ ވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ ނިޔަތް އޮތަތީ އެވެ.

އަޅުގަނޑު ހިތަށް އެރި އެވެ. ކޮންމެހެން މިހާވަރުން ވަޒީރުންގެ މަޖިލީހެއް އައްޔަން ކުރައްވައި، ކޮންމެ ބޭފުޅަކަށް އަޅުގަނޑުމެން ރައްޔިތުންގެ ޓެކްސް ފައިސާ އިން 70،000 އިން މުސާރަ ދެއްވަން ޖެހޭ ހެއްޔެވެ؟ މިއިން ބޭފުޅަކަށް ކަމެއް ކުރެވޭ ކަމަށް ނުވެ އެވެ. އަދި އަމުދުން ހަވާލުކޮށްފައިވާ މަސައްކަތް ކުރެއްވޭ ކަމަކަށް ނުވެ އެވެ.

ކަން މިހެން އޮތްއިރު، ކޮންމެ ފަސް އަހަރުން އެއް ފަހަރު ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކޮށްފައި، ވަޒީރުންގެ މަޖިލިސް އެކުލަވާލުން އުވާލަންވީ އެވެ. ރައީސުލްޖުމްހޫރިއްޔާ، މަގާމުގެ ހުވާ ކުރުމުގެ ވަޓްސްއެޕް ގުރޫޕުތަކެއް ހެއްދެވީމަ ވީ ނޫން ހެއްޔެވެ؟

ދަނޑުވެރިންނާއި، މަސްވެރިންނާއި، ކިޔަވާ ކުދިންްނާއި، އެކަނިވެރި މައިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި، ރަށް ރަށުގެ ކައުންސިލަރުން ހިމަނައިގެން ވަޓްސްއެޕް ގުރޫޕެއް ހެއްދެވީމާ، އެ އެންމެންގެ ކަންބޮޑުވުން ހައްލުވާ ނަމަ، މި ޤައުމަށް ބޭނުން ވަނީ ރައީސަކާއި، ވަޓްސްއެޕް ގުރޫޕެެއް ނޫން ހެއްޔެވެ؟

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!
23 މާރިޗު 2017

ސަރުކާރު މަރަށް ތެޅެނީތަ؟

23 މާރިޗު 2017
ސަރުކާރު މަރަށް ތެޅެނީތަ؟
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު މިލްކުކުރައްވަން ބޭނުންފުޅުވާ ފ. ހިމިތީގެ ހަގީގަތް އެނގޭތަ؟

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު މިލްކުކުރައްވަން ބޭނުންފުޅުވާ ފ. ހިމިތީގެ ހަގީގަތް އެނގޭތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު