Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ގުޅިފައިވާ ޕާޓީތައް

ގުޅިފައިވާ ޕާޓީތަކުގެ ސަޔަށް ނެރުނު ބައެއް ހެދިކާތައް މިއަދުވެސް ފުލުހުން ގެންގޮސްފި

22 ޑިސެމްބަރު 2017 | ހުކުރު 14:22

ދެ ވަނަ ފަހަރަށް ނެރުނު ހެދިކާ ތަށިތައް ފުލުހުން ގެންގޮސްފައެއް ނުވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 22 ޑިސެމްބަރު 2017 | ހުކުރު 14:22
އެމްޑީޕީގެ ސައިގެ ހަރަކާތައް ގެނައި ބައެއް ހެދިކާ ފުލުހުން ގެންދިއުން

އެމްޑީޕީގެ ސައިގެ ހަރަކާތައް ގެނައި ބައެއް ހެދިކާ ފުލުހުން ގެންދިއުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ސަޔަށް ގެނައި ބައެއް ހެދިކާ މިއަދުވެސް ފުލުހުން ގެންގޮސްފި އެވެ.

ކޮންމެ ހުކުރު ދުވަހު އެމްޑީޕީ ހަރުގެ ކުރިމަތީ ބާއްވާ ސަޔަށް ފުލުހުން ހުރަސްއެޅަ އެވެ. މިއަދު ސައި ބޭއްވި ނަމަވެސް، ސަޔަށް ގެނައި ބައެއް ހެދިކާތައް ފުލުހުންގެ ގެންދިޔަ އެވެ. ނަމަވެސް، ފުރަތަމަ ފަހަރަށް ނެރުނު ހެދިކާތައް ގެންދިއުމުން ދެ ވަނަ ފަހަރަށް ނެރުނު ހެދިކާތައް ފުލުހުން ނުގެންދެ އެވެ.

Advertisement - newsAdvertisement

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި މި އެއްވުމުގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވަނީ ސަރުކާރަށާއި ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ނިމުމަކަށް ގެންނާނެ ކަމަށާއި ރައްޔިތުންނަށް އަނިޔާވެރިވި ދައުލަތުގެ އިސްވެރިން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށްވެސް ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދެއްކެވި ވާހަކަ އަށް ރައީސް މައުމޫން ފެކްޝަންގައި ހިމެނިވަޑައިގަންނަވާ އައިމިނަތު ނާދިރާ މިއަދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އިސްލާމް ދީން ހިމާޔަތް ކުރުމަކީ ހަމަ އެކަނި ބަހަކުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އިންސާފު ގާއިމުކޮށް ނުދެއްވައި އިސްލާމްދީންގެ ވާހަކަ އުއްތަމަ ފަނޑިޔާރު ދެއްކެވުމަކީ ލަދުވެތިވާންޖެހޭނެ ކަމެއް ކަމަށާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ނުހައްގުން ޖަލަށް ލާފައި ވަނީ ވެސް ކޯޓްތަކުގެ ބޭއިންސާފުކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އެއްވުމުގެ ބައެއް ބޭފުޅުން ވަނީ ރައީސް އަބްދުﷲ ޔާމިނަށް ޕީޕީއެމްގެ ތެރޭގައިވެސް ތާއީދެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ސިޔާސީ ޕާޓީތަކަށް ފުރިހަމަ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށާއި ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ވެސް ގޮވާލެއްވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
01 މާރިޗު 2017

ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު

01 މާރިޗު 2017
ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް