Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހްމަދު އަދީބް

އަދީބު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް މާދަމާ

16 ޑިސެމްބަރު 2017 | ހޮނިހިރު 18:24

އަދީބު މައްސަލަ ހުށައެޅުއްވީ ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި ކަރެކްޝަނާ ދެކޮޅަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 16 ޑިސެމްބަރު 2017 | ހޮނިހިރު 18:24
ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށްނުދޭ ކަމަށް ބުނެ ދައުލަތުގެ ތިން މުވައްސަސާއަކަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވީސް އާއި މޯލްޑިވްސް ކަރެކްޝަންސް ސާވީސްގެ އިތުރުން ހޯމް މިނިސްޓްރީއާ ދެކޮޅަށް ހުށަހަޅާފައިވާ އެ މައްސަލާގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ އާދިއްތަ ދުވަހުގެ 14.00 އަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް މި މަހުގެ 10 ވަނަ ދުވަހަށް ވެސް ތާވަލުކުރިއެވެ. އެހެން ނަމަވެސް އެ އަޑުއެހުން ކެންސަލްކުރީ އަދީބު ކޯޓަށް ހާޒިރުކޮށް ނުދެވުމުގެ ސަބަބުންނެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމުގެ އަމުރަކަށް ކޮށްފައިވާ އެ ދައުވާއާ ގުޅިގެން ބާއްވަން އުޅުނު ޝަރީއަތު އަޑުއެހުން ކެންސަލް ކުރުމަށްފަހު ސިވިލް ކޯޓުން ބުނެފައިވަނީ އަޑުއެހުމަށް އަދީބު ހާޒިރުކޮށްދިނުމަށް އެދި ޗިޓު ފޮނުވީ ކަރެކްޝަނަށް ކަމަށާއި ނަމަވެސް، އަޑުއެހުން ތާވަލުކޮށްފައިވާ ގަޑި ފަހަނައަޅައި ދިޔައިރު ވެސް ކަރެކްޝަނުން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް ކޯޓުން މައުލޫމާތުދެއެވެ.

އަދީބު ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރު ކަރެކްޝަނަށް ފޮނުވިއިރު، މިއަހަރުގެ މާޗް މަހުން ފެށިގެން އަދީބު ހުންނަވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ހުކުމް ތަންފީޒު ކުރަމުންދާ އެހެން ގައިދީން ކަރެކްޝަނުން ބަލަހައްޓާ ޖަލުތަކުގައި ބަންދުކުރި ނަމަވެސް، އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލު ކުރީ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ކަމަށް ބުނެ ހޯމް މިނިސްޓަރުގެ އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނާ ގޮތުގައި، އެ މުއައްސަސާ އިން ބަލަހައްޓަމުން ދަނީ އަދީބުގެ ސަލާމަތީ ކަންކަމެވެ. އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުން ދަނީ ކަރެކްޝަނުންނެވެ. އަދީބުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ އަށް އަދީބު ކޯޓަށް ހާޒިރުކޮށްދޭނެ ފަރާތެއް ނޭނގުނު ނަމަވެސް ދައުލަތުން އަދީބުގެ މައްޗަށް ކުރާ އެތައް ދައުވާއެއްގެ އަޑުއެހުމަށް ކަމާ ބެހޭ އިދާރާތަކުން އަދީބު ކޯޓަށް ހާޒިރުކޮށްދެއެވެ. އަދި މިހާތަނަށް ހާޒިރުކޮށްގެން އެތައް ހުކުމެއް ވަނީ ކޮށްފައެވެ.

އަދީބުގެ ސިއްހީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލޮކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ.

އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާ ވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފައެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފި ނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް