Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުމްނާ މައުމޫނު

ގިނަ ސުވާލުތަކަކާއެކު ޔުމްނާގެ ހޫނު ރައްދު ސަރުކާރަށް!

15 ޑިސެމްބަރު 2017 | ހުކުރު 02:00

ބޭރު ބައެއްގެ މައްޗަށް ބަރޯސާވެ،ދަރާ ވިކިގެން މި ގެންނަނީ ތަރައްގީތޯ ސުވާލު އުފެއްދެވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 15 ޑިސެމްބަރު 2017 | ހުކުރު 02:00
ޔުމްނާ މައުމޫނު:- ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް އޭނާ ވަނީ ރައްދު ކުރައްވާފައި

ޔުމްނާ މައުމޫނު:- ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް އޭނާ ވަނީ ރައްދު ކުރައްވާފައި

ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ރާއްޖެ ތަރައްގީ ކުރަމުންދާ ކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކައް ރައްދު ދެއްވައި، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުރާސްފަތި ދުވަހުގެ ރޭ ވިލިމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމިނަށް ބޮޑުބޭބެ ވިދާޅުވާ ޔުމްނާ ވަނީ މި ސަރުކާރުން ތަރައްގީ އޭ ބުނަނީ ކޮންކަހަލަ ތަރައްގީއަކަށްތޯ ސުވާލު އުފައްދަވާފަ އެވެ. މަގުތައްމަތީގައި އެއްވެސް އަމާންކަމެއް ނެތް ކަމަށް ފާހަގަ ކުރައްވައި، ޔުމްނާ ވަނީ އެއީ ތަރައްގީ ތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރެވޭނެ އެއްވެސް ގޮތެއް ނެތިކުރާ ކަންކަމާއި ދީނާ ސަގާފަތާއި އާދަކާދަތައް ރައްކާކުރުމެއް ނެތި މި ސަރުކާރުން ކުރަމުންދާ ކަންކަތައްތަކަށް ތަރައްގީ އޭ ކިއި ދާނެތޯ ޔުމްނާ ސުވާލު އުފެއްދެވި އެވެ.

Advertisement - newsAdvertisement

"ބޭރު ބައެއްގެ މައްޗަށް ބަރޯސާވެ، ބޭރުގެ ބަޔަކަށް ދަރާ ވިކިގެން މި ގެންނަ ތަރައްގީ އަކީ ތަރައްގީއޭ ކިޔޭނެތޯ. ކޮރަޕްޝަނާއި ވައްކަމާ ފަސާދައަކީ ތަރަގީއޭ ތޯ. އަޅުގަނޑުމެން ބޭރުގެ ގައުމުތަކާ އޮންނަ ގުޅުން ކަނޑާލައި ހަމަ އެކަނި ވަކި ބަޔަކާ ގުޅިގެން މި ގެންނަ ތަރައްގީއަކީ ތަރައްގީއޭ ކިޔޭނެތޯ. އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް. މިއަށް ކިޔާނީ ތަރައްގީތޯ،" ޔުމްނާ ވިދާޅުވި އެވެ.

ހަމަ އެހެންމެ ދިވެހިންގެ އަމިއްލަ ވަންތަކަމާއި މިނިވަންކަން ރައްކާތެރިނުކޮށް ކުރާ ކަންކަމަށް ތަރައްގީ އޭ ކިޔަންވީތޯ ޔުމްނާ ވަނީ ސުވާލު އުފައްދަވާފަ އެވެ. އެ ހުރިހާ ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެއީ ތަރައްގީ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެފަދަ ތަރައްގީއެއް ދިވެހިން ބޭނުންނުވާ ކަމަށެވެ.

ޔުމްނާ ވިދާޅުވީ ހަގީގީ ކާމިޔާބީ އަކީ ތަފާތު ފިކުރުގެ ހަތަރު ޕާޓީއެއް އެއްކޮށް މަސައްކަތް ކުރެވުން ކަމަށާއި ހުރިހާ ޕާޓީތައް އެއްކޮށް މަސައްކަތް ކުރަނީ ގައުމުގެ ހައްގުގައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް އިސްލާހް ކުރުމަށް ކުރަން ފެށި މަސައްކަތާއެކު ވެސް އެތައް ބައިވަރު އުނދަގޫތަކަކާއި ހުރަސްތަކެއް ކުރިމަތިކުރުވިކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ މެމްބަރުންގެ ހިތްވަރަށް ބަދަލެއް ނާންނަ ކަމަށެވެ.

"ސިފައިންނާއި ބާރު ބޭނުންކޮށްގެން ކަންކަން ހުއްޓުވާން ޖެހުމަކީ ހަގީގަތުގައި އެ ބޭފުޅުންނަށް ލިބުނު ކާމިޔާބީއެއް ނޫން. އަޅުގަނޑުމެނަށް ލިބުނު ކާމިޔާބީއެއް. ރައްޔިތުންގެ ލޯތްބާއި ތާއީދެއް ގަދަބާރުން ނުފޫޒު ފޯރުވައިގެން އެގޮތަކަށް ނުހޯދޭނެ،" ޔުމްނާ ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސްގެ އެއްބަނޑުއެއްބަފާ ދައިތާފުޅު ޔުމްނާ ވިދާޅުވީ ފާރިސް ބަންދުގައި ހުންނަވާތާ 150 ދުވަސްވީ ނަމަވެސް އޭނާ އަދިވެސް ހުންނެވީ ވަރަށް ސާބިތުކަންމަތީ ކަމަށެވެ. އަދި ހިތްވަރަށް ބަދަލެއް ނާންނަ ކަމަށާއި އޭނާ ހުންނެވީ އިސްލާހީ މަސައްކަތުގައި ކުރިއަށް ދިއުމަށް ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަގުތުން ދޫށްލުމަށް ގޮވާލައްވާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް