Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނާހިދުގެ މަރު

ނާހިދުގެ މަރު ތަހްގީގެއް ފުލުހުން ފަށައި، ބައެއް މީހުންގެ ބަޔާން ނަގަނީ!

15 ޑިސެމްބަރު 2017 | ހުކުރު 00:56

ކައުންސިލްގެ ރައީސްއާ ސުވާލު ކޮށްފައިވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 15 ޑިސެމްބަރު 2017 | ހުކުރު 00:56
މި މަހުގެ އަށް ވަނަ ދަވަހު މަރުވި ނާހިދު، އޭނާގެ މަރާ ގުޅިގެން ފުލުހުން ތަހްގީގެއް ވަނީ ފަށާފައި

މި މަހުގެ އަށް ވަނަ ދަވަހު މަރުވި ނާހިދު، އޭނާގެ މަރާ ގުޅިގެން ފުލުހުން ތަހްގީގެއް ވަނީ ފަށާފައި

ހާޓް އެޓޭކެއް ޖެހި ކުއްލި ގޮތަކަށް މަރުވި، ފ.ބިލެތްދޫ، ސާމަރާމަންޒިލް، އިބްރާހިމް ނާހިދު ގެ މަރުގެ ތަހްގީގެއް ފުލުހުން ފަށައިފި އެވެ.

ނާހިދު މަރުވެފައިވަނީ އެމްޑީޕީގެ ޒުވާނުން އިސްނައިގެން ކުރިއަށް ގެންދިޔަ "ބިލެއްދޫން މަގޫދޫއަށް ފަތާފައި ދިއުމުގެ ހަރަކާތުގައި" ބައިވެރިވެ، ފަތަމުން ދަނިކޮށް ސިއްހީ ހާލު ދެރަވެ، ސިއްހީ މަރުކަޒަށް ގެންދިއަ ފަހުންނެވެ.

Advertisement - newsAdvertisement

ނާހިދު މަރުވިތާ ހަތަރު ދުވަސް ފަހުން ފުލުހުން ވަނީ އެރަށުގެ ބައެއް މީހުންނާ ސުވާލުކޮށްފަ އެވެ. އެގޮތުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ފުލުހުން ބައެއް މީހުންނާ ސުވާލުކޮށްފައިވާކަން ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އޭގެ ތެރޭގައި ބިލެއްދޫ އިން މަގޫދޫއަށް ފަތާފައި ދިއުމުގެ ހަރަކާތުގައި ބައިވެރިވި ބައެއް މީހުންނާ ވަނީ ސުވާލުކޮށްފަ އެވެ. ފުލުހުންނަށް ބަޔާން ދިން ބައެއް މީހުން ރާއްޖެއެމްވީއަށް މައުލޫމާތު ދިން ގޮތުގައި މަގޫދޫއަށް ފަތާފައި ދިއުމުގެ ހަރަކާތް ރޭވީ ކޮން ބައެއްތޯ ފުލުހުން ވަނީ އެމީހުންނާ ސުވާލު ކޮށްފަ އެވެ. އަދި ނާހިދުއަކީ އެއްވެސް ބައެއްޔެއް ހުންނަ މީހެއްތޯ އާއި އޭނާ އެއްވެސް ބައްޔަކަށް ބޭސްކަމުން ދޭތޯ ބައެއް މީހުންނާ ފުލުހުން ވަނީ ސުވާލު ކޮށްފަ އެވެ.

އެރަށު ކައުންސިލްގެ ރައީސްގެ އިހްސާންގެ އިތުރުން އެރަށު ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ނަރުހަކާ ވެސް ފުލުހުން ސުވާލުކޮށްފައިވާ ކަމަށް ވަނީ މައުލޫމާތުލިބިފަ އެވެ.

ބިލެއްދޫ ކައުންސިލްގެ ރައީސް އިހްސާންއާ ފުލުހުން ސުވާލު ކޮށްފައިވަނީ އޭނާ ދ.ހުޅުދެލީގައި ހުންނަވަނިކޮށް ފުލުހުން އެރަށަށް ގޮސް އެރަށު ކައުންސިލް އިދާރާއަށް ހާޒިރުކޮށްގެންނެވެ. އިހްސާން ވިދާޅުވީ ބިލެއްދޫން މަގޫދޫއަށް ފަތާފައި ދިއުމުގެ ހަރަކާތް ރޭވި ކޮން ބައެއްކަން ސާފުކުރުމަށް ފުލުހުން އޭނާއާ ވެސް ސުވާލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ރޭވީ ކޮންބައެއްކަން ނޭނގޭ ކަމަށް އިހްސާން ފުލުހުންނަށް ދެންނެވުމުން ވެސް ބައެއް މީހުން އޭނާއަށް އެކަން އެނގޭނެ ކަމަށް ބުނެފައިވާ ކަމަށް ފާހަގަކޮށް އިތުރަށް ސުވާލު ކުރައްވާފައިވާ ކަމަށްވެސް އިހްސާން ވިދާޅުވި އެވެ.

މި މަހުގެ 8 ވަނަ ދުވަހު އެރަށު އެމްޑީޕީގެ ޒުވާނުން އިސްނައިގެން ބޭއްވި އެ ހަރަކާތުގައި ގިނަ އަދަދެއް މީހުން ބައިވެރިވެފަ އެވެ. އެމީހުންގެ އެ ހަރާކާތުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރުން އިދިކޮޅު ހަރަކާތްތަކަށް ހުރަސްއެޅި ނަމަވެސް ފަސް ނުޖެހޭކަން ދެއްކުން ކަމަށް ވަނީ ބުނެފަ އެވެ.

ބިލެއްދޫން މަގޫދުއަށް ފަތާފައި ދިއުމަށް ބައިވެރިން މޫދަށް ފުންމާލިތާ ގާތްގަނޑަކަށް 15 ވަރަށް މިނެޓްފަހުން ނާހިދު ލޯންޗަށް ނެގީ އޭނާއަށް އުނދަގޫތަކެއްވަނީ ކަމަށް ބުނުމުންނެވެ. އަދި އޭނާގެ މެޔައް އެރި ތަދާއެކު އޭނާ ލޯންޗަށް ނަގާ އޭނާ ރަށަށް ގެންދިއުމަށް މަސައްކަތްކުރި އެވެ. ނަމަވެސް ނާހިދު ބޭނުންވީ އޭނާގެ ވޮލެޓާއި އަންނައުނު އޮތް ދޯންޏަށް ގޮސް އެއްޗެހި ބަދަލުކުރާށެވެ. އެ ދޯންޏަކީ ވެސް އެވަގުތު އެ ފެތުމުގައި ބައިވެރިވާ މީހުންނާއެކު ދިޔަ ދޯންޏެކެވެ. އޭނާ ދޯންޏަށް ގެންދިޔަ ފަހުން އަނެއްކާވެސް އޭނާގެ ހާލަތު ސީރިއަސްވެ ލޯންޗުގައި އަނބުރާ ރަށަށް ގެންގޮސް އެރަށު ހެލްތް ސެންޓަރަށް ގެންދިޔައީ އެވެ. އޭނާ ހެލްތް ސެންޓަރަށް ގެންދިޔަ ފަހުން އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރު ވަނީ ނިންމާފަ އެވެ. އެކަން ނާހިދުގެ މަރު ފޯމުގައި ވެސް ބުނެފައިވެ އެވެ. ރާއްޖެއެމްވީއަށް ލިބިފައިވާ އެ ފޯމުގައިވާ ގޮތުން ނާހިދުގެ ހާޓް އެޓޭކެއް ޖެހުނުތާ އެއްގަޑިއިރާ ތިރީސް މިނެޓްފަހުން މަރުވީ އެދުވަހުގެ ހަވީރު 4.30 ގައި އެވެ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް