Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޗެލްސީ މޮޅުވިއިރު ބާންލީ ގަދަ ހަތަރަކަށް

ހަޑާސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވެފައިވަނީ 3-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 13 ޑިސެމްބަރު 2017 | ބުދަ 16:54
ޗެލްސީގެ ކުޅުންތެރިން މި މެޗުން މޮޅުވުމަށްފަހު އުފާ ފާޅުކުރަނީ

ޗެލްސީގެ ކުޅުންތެރިން މި މެޗުން މޮޅުވުމަށްފަހު އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގްގައި ކުޅުނު މެޗުން ޗެލްސީ މޮޅުވިއިރު ބާންލީ ގަދަ ހަތަރަކުން ޖާގަ ހޯދައިފިއެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި އަލަށް ވާދަކުރަމުން އަންނަ ހަޑާސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ހަޑާސްފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ހަޑާސްފީލްޑްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީއެވެ. ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ވިލިއަން ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ޗެލްސީއަަށް ޖަހައިދިނީ މި ސީޒަނުގައި އެ ޓީމާއި އަލަށް ގުޅުނު މިޑްފީލްޑަރު ޓިމޯ ބަކަޔޯކޯއެވެ. މި ލަނޑަށްފަހު ވެސް ޗެލްސީއިން ނުރައްކާތެރި ހަމަލާ އުފެއްދުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ވިލިއަން ލަނޑެއް ޖަަހައިދީ އެ ޓީމުގެ ލީޑު ފުޅާކޮށްދިނުމެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ޗެލްސީއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ތަކުރާރުކޮށް އުފައްދަމުން ދިޔަ ފުރުސަތުތަކުގެ ބޭނުން ހިފައި ޗެލްސީއިން ވަނީ މެޗުގެ 50 ވަނަ މިނެޓުގައި އެ ޓީމުގެ ލީޑު ފުޅާކުރުމެވެ. ވިލިއަން ތަނަވަސްކޮށްދިން ފުރުސަތަކުން ޗެލްސީއަށް މި ލަނޑު ޖަހައިދިނީ ސްޕެއިންގެ ހަލުވި ވިންގަރ ޕެޑްރޯ ރޮޑްރިގޭޒްއެެވެ. ހަޑާސްފީލްޑްއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެންއެރި ފޯވާޑް ލޯރެންޓް ޑެޕިއޮޓްރޭއެވެ.

ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ސްޓޯކް ސިޓީ ބަލިކުރުމަށްފަހު ބާންލީ ވަނީ ވަގުތީ ގޮތުން ގަދަ ހަތަރަކުން ޖާގަ ހޯދާފައެވެ. މި މެޗުގައި ބާންލީއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެންއެރި ފޯވާޑް އޭޝްލީ ބާންސްއެވެ.

ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް ވަނީ 2-1 ގެ ނަތީޖާއަކުން އަމިއްލަ ދަނޑުގައި ވޮޓްފޯޑް ބަލިކޮށްފައެވެ. މި މެޗުގެ ތިންވަނަ މިނެޓުގައި ޑެރިލް ޖަންމާތް ވޮޓްފޯޑްއަށް ލީޑު ނަގައިދިންއިރު ވޮޓްފޯޑްގެ ދެ ލަނޑު ވެސް ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު މިނެޓުތަކުގެ ތެރޭގައެވެ. މި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ބަކާރީ ސާކޯ އާއި ޖޭމްސް މެކްއަރްތޫރްއެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައި 46 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެވަނައިގައި 35 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑްއެވެ. ޗެލްސީއަށް ލަނޑުގެ ތަފާތުން ތިންވަނަ ލިބޭއިރު ހަތަރު ވަނައިގައި 31 ޕޮއިންޓާއެކު އޮތީ ބާންލީއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު