Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުލަވަފޮށި ޕްރިމިއަމް

އުރީދޫ އިން ލަވަފޮށި ޕްރިމިއަމް ތައާރަފު ކޮށްފި

ކަސްޓަމަރުންނަށް ލަވަފޮށި ޕްރިމިއަމް މުޅިން ހިލޭ ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2017 | ބުދަ 03:10
އުރީދޫ އޮފީސް

އުރީދޫ އޮފީސް

އުރީދޫ އިން މިޔުޒިކް ސްޓްރީމިންގ އެޕް ލަވަފޮށި އާއި ގުޅިގެން ލަވަފޮށި ޕްރިމިއަމް ތައާރަފް ކޮށްފިއެވެ.

މި ޕާރޓްނަރޝިޕާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް ލަވަފޮށި ޕްރިމިއަމް މުޅިން ހިލޭ ބޭނުން ކުރުމުގެ ފުރުސަތު ލިބި، ދިވެހި މިއުޒިކީ ދިގު ތާރީޚުގެ ގިނަ ލަވަ އަޑު އަހާ، އެ ލަވަތައް ޑައުންލޯޑު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފައެވެ.

ދިހަހާހަށް ވުރެ ގިނަ ދިވެހި ލަވައާއި އެކު "ލަވަފޮށި ޕްރިމިއަމް" ގެ ޚިދުމަތް ސަބްސްކްރައިބް ކުރައްވައިގެން ބޭނުންކުރުމުގެ ފުރުސަތު ހުރިހާ އެންމެންނަށް ލިބިގެންދާއިރު އުރީދޫގެ ކަސްޓަމަރުންނަށް "ލަވަފޮށި ޕްރިމިއަމް" އިތުރު އެއްވެސް އަގަކާނުލާ އުރީދޫ 4G+ ނެޓްވޯކުގައި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި އެޕްގެ އެޑެޕްޓިވް ސްޓްރީމިންގ ފީޗަރ މެދުވެރިކޮށް، ސްމާރޓް ފޯންތަކަށް އެންމެ ފުރިހަމަ އުރީދޫ ނެޓްވާރކްގައި، މިއުޒިކް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަޖުރިބާކޮށްލާ، އެންމެ ކަމުދާ ލަވަތައް ހައި ކޮލިޓީގައި އެއްވެސް އިޝްތިހާރަކާ ނުލައި އޮފްލައިން ކޮށްވެސް އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޑިޖިޓަލް ދިވެހިރާއްޖެއެއް ޤާއިމްކުރުމުގެ ތަސައްވުރާއިއެކު އުރީދޫ އިން ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރަމުން ދާނީ ދިވެހި ފަންނާނުންގެ ހުނަރު ކުރިއެރުވުމުގައި އެހީތެރިވެދީ ބައިނަލްއަޤްވާމީ މައިދާނުގައި ފަންނުވެރިން ޕްރޮމޯޓް ކުރެވޭނޭ ގޮތްތައް އެކިއެކި ޚިދުމަތްތަކާއި އެޕް މެދުވެރިކޮށް ހޯދައިދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އޭސް ހާޑްވެއާ ޕްރޮމޯޝަންގެ ނަސީބްވެރިންނާ އިނާމު ހަވާލުކޮށްފި

03 ފެބުރުއަރީ 2017
އޭސް ހާޑްވެއާ ޕްރޮމޯޝަންގެ ނަސީބްވެރިންނާ އިނާމު ހަވާލުކޮށްފި
02 ފެބުރުއަރީ 2017

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި
31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
26 ޖެނުއަރީ 2017

ކަސްޓަމްސް އިން "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްފި

26 ޖެނުއަރީ 2017
ކަސްޓަމްސް އިން "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު