Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިއޮނެލް މެސީ

ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ: ރަކިޓިޗް

މެސީ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު ހޯދާފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2017 | އަންގާރަ 12:55
މެސީ އަދި ރަކިޓިޗް ލަނޑެއް ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

މެސީ އަދި ރަކިޓިޗް ލަނޑެއް ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ފުޓްބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ބުނެފިއެވެ.

މިދިޔަ ހަފްތާގައި ދިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ އެވޯޑު ލިބިފައިވަނީ ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. މިފަހަރުގެ އެވޯޑާއެކު އޭނާ ވަނީ މެސީއާ އެއް އަދަދަކަށް މި އެވޯޑު ހޯދާފައެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ފަސް ފަހަރެއްގެ މަތިން މި އެވޯޑު ހޯދާފައެވެ.

މިކަމާއި ގުޅޭގޮތުން ދިން އިންޓަވިއުއެއްގައި ރަކިޓިޗް ބުނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި އޭނާ ދެކޭ ކުޅުންތެރިޔަކީ ކާކުކަން އެންމެނަށް ވެސް އެނގޭނެ ކަމަށެވެ. ރޮނާލްޑޯއަކީ އޭނާ ވަރަށް އިހުތިރާމުކުރާ ކުޅުންތެރިޔެއް ކަމަށާއި އަދި އޭނާއަކީ ފުޓްބޯޅައިގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން ހިމެނޭ ކުޅުންތެރިޔެއް ކަމަށް ރަކިޓިޗް ބުނެފައިވެއެވެ.

އެހެން ނަމަވެސް ރޮނާލްޑޯގެ ބަދު ނަސީބަކީ އޭނާއާ އެއް ދުވަސްވަރެއްގައި ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކުޅުން ކަމަށް ރަކިޓިޗް ބުނެފައިވެއެވެ. އަދި އޭނާ އެގޮތަށް ނިސްބަތް ކުރި ކުޅުންތެރިޔަކީ ލިއޮނެލް މެސީ ކަމަށް ރަކިޓިޗް ވަނީ މި އިންޓަވިއުގައި ބުނެފައެވެ.

ރަކިޓިޗްގެ އިތުރުން ބާސާގެ ޑިފެންޑަރު ޖޯޑީ އަލްބާވެސް ވަނީ މިފަދައިން ވާހަކަ ދައްކާފައެވެ. އެގޮތުން ހޯމަ ދުވަހުގެ ރޭ ވިޔަރެއާލް އަތުން ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން އަލްބާ ބުނީ ދަނޑުމަތީގައި އަބަދުވެސް ބަލަނީ މެސީއާ ހަމަޔަށް ބޯޅަ ޕާސްކުރަން ކަމަށެވެ. މެސީއަކީ ބާސާގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށާއި އޭނާއަކީ ފުޓްބޯޅަ ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އަލްބާ ވަނީ ބުނެފައެވެ. އަދި މެސީ ޖަހާ ލަނޑުގެ އަދަދަކީ މިކަމަށް ބާރުދޭ އަލިގަދަ ހެއްކެއް ކަމަށްވެސް އަލްބާ ހާމަކުރިއެވެ.

ފަސްވަނަ ފަހަރަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ބާސާގެ ވާދަވެރި ރެއާލްއަށް ކުޅެމުންދާ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ހޮވުމާއެކު ބާސާގެ ކުޅުންތެރިން އަންނަނީ މީޑިއާގައި މެސީއަށް ސަޕޯޓުކޮށް ވާހަކަ ދައްކަމުންނެވެ. މި ދެ ކުޅުންތެރިންގެ އިތުރުން އެ ޓީމުގެ ފޯވާޑު ޕަކޯ އަލްކޭސާ ވެސް ވަނީ މި ބީދައިން ވާހަކަ ދައްކާފައެވެ.

މެސީގެ އުމުރުން 13 އަހަރުގައި ބާސާއާ ގުޅުމަށް ފަހު އޭނާ އަންނަނީ އެ ޓީމުގައި އާދަޔާ ހިލާފް މޮޅު ކުޅުމެއް ދައްކަމުންނެވެ.

ބާސެލޯނާ އާއެކު މެސީ 30 ތައްޓެއް ކާމިޔާބު ކޮށްފައިވާއިރު، އެއީ އެކްލަބުގެ ރެކޯޑެކެވެ. ބާސެލޯނާ އަށް ކުޅުނު 602 މެޗުގައި މެސީ ވަނީ އެކްލަބަށް 523 ލަނޑު ޖަހައިދީފައެވެ. މީގެ އިތުރުން ވެސް މެސީ ވަނީ ބާސެލޯނާ އާއެކު ގިނަ ރެކޯޑްތަކެއް ގާއިމް ކޮށްފައެވެ. މެސީ އަކީ ބާސެލޯނާ އަދި ސްޕެނިޝް ލީގުގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މެސީ ވަނީ، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު