Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

ޕްރެޒިޑެންޓްސް ކަޕް: ފަހު ވަގުތު ތިނަދޫ ބަލިކޮށް މާޒިޔާއިން ފައިނަލްގެ އުއްމީދު ދަމަހައްޓައިފި

10 ޑިސެމްބަރު 2017 | އާދީއްތަ 09:27

މާޒިޔާއިން މި މެޗު ކާމިޔާބުކުރީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 10 ޑިސެމްބަރު 2017 | އާދީއްތަ 09:27
ތިނަދޫ އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން

ތިނަދޫ އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕްގެ ދެވަނަ ސެމީ ފައިނަލުގައި ފަހު ވަގުތު ޖެހި ލަނޑުން ގދ. ތިނަދޫ ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފައިނަލުގެ އުއްމީދު ދަމަހައްޓައިފިއެވެ.

މާޒިޔާއިން މި މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ވާދަވެރި ބަލާހިތްވާ ޒާތުގެ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މާޒިޔާއިންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ އައްސަދު އަލީ (އަޑުބަރޭ) އެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ މާޒިޔާއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފަށް ތިނަދޫ ނުކުތީ ނަތީޖާ އަނބުރާލުމުގެ އުއްމީދުގައެވެ. މި ހާފުގައި އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް މާޒިޔާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން 56 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު އަހުމަދު ޒުބައިރު (ޒުއްބަ) ވަނީ ލަނޑެއް ޖަހައިދީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ތިނަދޫއިން މި ލަނޑަށް ފަހު އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކުރިއިރު އެ ޓީމުން ވަނީ 67 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހޯސޭ ހަނާންޑޭޒް އަވީލާއެވެ. މި ލަނޑަށް ފަހު މާޒިޔާގެ ކުޅުން ރަނގަޅުކުރިއިރު އެ ޓީމުން ވަނީ 86 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ޝަހާއުއެވެ.

މާޒިޔާއަށް ފައިނަލުގެ އުއްމީދު ލިބިގެންދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ ޔަސްފާދް ހަބީބް ޖަހައިދިން ލަނޑުންނެވެ.

މި މުބާރާތް ރޭވިފައިވާ ގޮތުން ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު މާޒިޔާއަށް ލިބޭނީ ތިންވަނަ ސެމީ ފައިނަލުން މޮޅު ވެގެންނެވެ. ތިންވަނަ ސެމީގައި މާޒިޔާ ކުޅެން ޖެހޭނީ ފުރަތަމަ ސެމީގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން ބަލިވި ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ.

މި މުބާރާތުގެ ފައިނަލުން ނިއު ޖާގަ ހޯދީ ފުރަތަމަ ސެމީގައި ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ބަލިކޮށްގެންނެވެ.

މި މެޗުން ބަލިވުމާއެކު މިނިވަން 50 ޗެމްޕިއަންޝިޕްގެ ރަނަރަޕްގެ ގޮތުގައި އައި ތިނަދޫއަށް ސީޒަން ވަނީ ނިމިފައެވެ. އެހެން ނަމަވެސް އެސްޓިއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާއަށް އަދި މި ސީޒަނުގައި ތައްޓެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. މި ސީޒަނުގެ އެފްއޭ ކަޕްގައި ވެސް ނާކާމިޔާބީއާ ކުރިމަތިލި މާޒިޔާއަށް އަންނަ ސީޒަނުގެ އޭއެފްސީ ކަޕުން ވެސް ޖާގަ ވަނީ ގެއްލިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް