Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ބެސިކްޓަސްއާ އެކު ޕޯޓޯ ވެސް ދެވަނަ ބުރަށް

ބެސިކްޓަސް ވަނީ 2-1 ގެ ނަތީޖާއަކުން ލީޕްޒީގް ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2017 | ބުރާސްފަތި 07:40
ދެވަނަ ބުރުގެ ޖާގައެއް ލިބުމުން ޕޯޓޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ދެވަނަ ބުރުގެ ޖާގައެއް ލިބުމުން ޕޯޓޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ތުރުކީގެ ބެސިކްޓަސް އަދި ޕޯޗުގަލްގެ އެފްސީ ޕޯޓޯ ޖާގަ ހޯދައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް 'ޖީ' ގައި ކުޅުނު އެންމެ ފަހު މެޗުގައި ބެސިކްޓަސް ވަނީ ރަށުން ބޭރުގައި މި ސީޒަނުގެ ޗެމްޕިއަންސް ލީގުން މުޅިން އަލަށް ފެނިގެންދިޔަ ޖަރުމަނުގެ އާރްބީ ލީޕްޒީގް 2-1 ގެ ނަތީޖާއަކުން ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ ލީޕްޒީގްއެވެ. އެހެން ނަމަވެސް މެޗުގެ 10 ވަނަ މިނެޓުގައި އަލްވާރޯ ނެގްރޭޑޯ ވަނީ ބެސިކްޓަސްއަށް ލަނޑެއް ޖަހައިދީ އެ ޓީމަށް މެޗުގެ ލީޑު ނަގައިދީފައެވެ. މި ލަނޑަށް ފަހު ލީޕްޒީގް އިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ހަމަލާ އުފެއްދުމަށް މަސައްކަތް ކުރިއެވެ. ފުރަތަމަ ހާފުގައި ލީޕްޒީގްއަށް ނަތީޖާ އެއްވަރު ކުރެވިފައެއް ނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ބެސިކްޓަސްއިން ފުރަތަމަ ހާފު ނިންމާލި އިރު އެ ޓީމުން ވަނީ މި ހާފުގައި ލީޑު ފުޅާކުރުމަށް އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ލީޕްޒީގްއަށް މެޗުގައި އިތުރު ހުރަސްތަކަކާ ކުރިމަތިވީ މެޗުގެ 82 ވަނަ މިނެޓުގައި އެ ޓީމުގެ ސްޓެފަން ސެންކާއަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

މި ކާޑަށް ފަހު ލީޕްޒީގްއަށް އިތުރު ގޮންޖެހުންތަކަކާ ދިމާވާނެ ކަމަށް ބެލެވުނު ނަމަވެސް އެ ޓީމުން ވަނީ މެޗުގެ 87 މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނަބީ ކެއިޓާއެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި ބެސިކްޓަސްގެ އެންޑަސަން ޓަލިސްކާ ވަނީ ލަނޑެއް ޖަހައިދީ އެ ޓީމު މި މެޗުން މޮޅުކޮށްދީފައެވެ. މި ލަނޑާއެކު 10 ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ ލީޕްޒީގްއިން ދެވަނަ ބުރަށް ކޮލިފައިވުމަށް ކުރަމުން އައި އުއްމީދުތައް ފުނޑުފުނޑު ވެގެންދިޔައެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ޕޯޓޯ ވަނީ 5-2 ގެ ނަތީޖާއަކުން މިދިޔަ ސީޒަނު ފްރާންސްގެ ޗެމްޕިއަންކަން ހޯދި އޭއެސް މޮނާކޯ ބަލިކޮށްފައެވެ. މި މެޗުގައި ޕޯޓޯގެ ވިންސެންޓް އަބޫބަކަރް އެ ޓީމަށް ދެ ލަނޑު ޖަހައިދިން އިރު ޔާސިން ބްރަހިމީ އާއި އެލެކްސް ޓެޔޭސްގެ އިތުރުން ޓިކީނިއޯއެވެ. މޮނާކޯގެ ލަނޑުތައް ޖަހައިދިނީ ކަމިލް ގިލިކް އަދި ރަޑަމެއަލް ފަލްކާއޯއެވެ.

މި ގްރޫޕުން ދެވަނަ ބުރަށް ކޮލިފައިވީ ޕޯޓޯ އަދި ބެސިކްޓަސްއެވެ. އެގޮތުން ކުޅުނު ހަ މެޗުން ލިބުނު 14 ޕޮއިންޓާ އެކު ބެސިކްޓަސްއަށް ގްރޫޕުގެ އެއްވަނަ ލިބުނުއިރު 10 ޕޮއިންޓާ އެކު ގްރޫޕުގެ ދެވަނަ ލިބެނީ އެފްސީ ޕޯޓޯއަށެވެ. ހަމައެހެންމެ ހަތް ޕޮއިންޓާ އެކު ތިންވަނަ ލިބުނީ ލީޕްޒީގްއަށެވެ. މި ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގުގެ ނޮކްއައުޓް ބުރުން އެ ޓީމަށް ވަނީ ފުރުސަތު ލިބިފައެވެ. މި ގްރޫޕުގެ ފުލަށް ދެ ޕޮއިންޓާ އެކު ދިޔައީ މޮނާކޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު