Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭ ކަޕް

އެފްއޭ ކަޕް: މާޒިޔާއަށް މިފަހަރު ތިން ވަނަ

މާޒިޔާ ވަނީ 2-0 ގެ ނަތީޖާއަކުން ގްރީން ސްޓްރީޓްސް ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2017 | ބުދަ 14:43
މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިޔަށް ގެންދާ އެފްއޭ ކަޕްގެ ތިންވަނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ.

މުބާރާތުގެ ތިން ވަނަ ޓީމު ކަނޑައެޅުމަށް ކުޅުނު މެޗުގައި މާޒިޔާ ވަނީ 2-0 ގެ ނަތީޖާއަކުން ގްރީން ސްޓްރީޓްސް ބަލިކޮށްފައެވެ.

މި ދެ ޓީމުގެ ތެރެއިން މާޒިޔާއަށް ފައިނަލުގެ ޖާގައެއް ގެއްލުނީ ސެމީގައި 2-0 ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވުމުންނެވެ. ހަމައެހެންމެ ގްރީންއަށް ފައިނަލުން ޖާގަ ގެއްލުނީ ސެމީގައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން 4-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.

މި މެޗުގައި މާޒިޔާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގައި މާޒިޔާއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 26 އަހުމަދު ޝަމީމެވެ. މާޒިޔާގެ ދެވަނަ ލަނޑު ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 39 ވަނަ މިނެޓުގައި މާޒިޔާއަށް މި ލަނޑު ޖަހައިދިނީ ސަމްދޫހު މުހައްމަދެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ މާޒިޔާއިން ފުރަތަމަ ހާފު ނިންމާލި އިރު މާޒިޔާއިން ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައިވެއެވެ. މިހާފުގައި މާޒިޔާއިން ތަނަވަސް ކުރި ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފިފައި ނުވާއިރު ގްރީން އިން ވަނީ މި ހާފުގައި އެ ޓީމުގެ ކުޅުން ރަނގަޅު ކޮށްފައެވެ. މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރި ގްރީން އިން އެސްޓީއޯ މާލެ ލީގުގެ ދެވަނަ ހޯދިއެވެ. އެހެން ނަމަވެސް ސީޒަންގެ ފަހު ކޮޅުގައި އެ ޓީމަށް ހޯދިފައި ވަނީ އެންމެ އެދެވޭ ނަތީޖާތަކެއް ނޫނެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން އެ ޓީމަށް ޖާގަ ގެއްލުމާ ގުޅިގެން ގްރީންއަށް ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ޖާގަ ވެސް ގެއްލިފައެވެ.

މާޒިޔާއަށް ވެސް މި ސީޒަނުގައި ލިބިގެންދިޔައީ އެ ޓީމު އުއްމީދުކުރި ނަތީޖާއެއް ނޫނެވެ. އެފްއޭ ކަޕް ކާމިޔާބުކޮށްގެން އެ ޓީމަށް އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕްގެ ޖާގައެއް ލިބެން އޮތް ނަމަވެސް މުބާރާތުގައި އެ ޓީމުން ނެރުނު ނަތީޖާގެ ސަބަބުން، ފަސް އަހަރަށް ފަހު މާޒިޔާއަށް ވަނީ އޭއެފްސީ ކަޕްގެ ޖާގައެއް ގެއްލިފައެވެ. މި ސީޒަނުގައި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރުމުގެ ފުރުސަތު މާޒިޔާއަށް އޮންނާނެއެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުގެ ރޭ މާޒިޔާ ނުކުންނާނީ ގދ. ތިނަދޫއާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު