Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ޔުނައިޓެޑާ އެކު ބަސެލް ވެސް ދެވަނަ ބުރަށް

6 ޑިސެމްބަރު 2017 | ބުދަ 16:39

ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 6 ޑިސެމްބަރު 2017 | ބުދަ 16:39
މި މެޗުން މޮޅުވި ލަނޑު ޖެހުމަށް ފަހު ޓީމުގެ އެހެން ކުޅުންތެރިންނާ އެކު ރަޝްފޯޑް އުފާ ފާޅުކުރަނީ

މި މެޗުން މޮޅުވި ލަނޑު ޖެހުމަށް ފަހު ޓީމުގެ އެހެން ކުޅުންތެރިންނާ އެކު ރަޝްފޯޑް އުފާ ފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް 'އޭ' އިން ދެވަނަ ބުރުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ސްވިޓްޒަލޭންޑުގެ އެފްސީ ބަސެލް ޖާގަ ހޯދައިފިއެވެ.

ގްރޫޕް ސްޓޭޖުގައި ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ ބަލިކޮށްފައެވެ. މި މެޗުން މޮޅުވެގެން ސީއެސްކޭއޭ އަށް ދެވަނަ ބުރަށް ދަތުރުކުރެވެން އޮތް ނަމަވެސް މި މެޗުން ބަލިވުމާ އެކު އެ ޓީމު ވަނީ ޗެމްޕިއަންސް ލީގާ ވަކިވެފައެވެ.

ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސީއެސްކޭއޭ އިންނެވެ. ޔުނައިޓެޑުގެ އަމިއްލަ ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުންގެ އަޑު ކަޑުވާލުމަށް ފަހު ސީއެސްކޭއަށް ލީޑު ނަގައިދިނީ ވިޓީނިއޯއެވެ. އޭނާ މި ލަނޑު ޖަހައިދިނީ މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ސީއެސްކޭއޭ އިން ނިންމާލި އިރު ޔުނައިޓެޑުން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. މި ހާފުގައި އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ސީއެސްކޭއޭގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ޕައުލް ޕޮގްބާގެ އެހީތެރިކަމާ އެކު ރޮމެލޫ ލުކާކޫ ވަނީ ލަނޑެއް ޖަހައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި މެޗުން ޔުނައިޓަށް ތިން ޕޮއިންޓް ލިބުނީ 67 ވަނަ މިނެޓުގައި ހުއާން މަޓާ ތަނަވަސްކޮށްދިން ފުރުސަތަކުން މާކަސް ރަޝްފޯޑް ޖަހައިދިން ލަނޑުންނެވެ. ޔުނައިޓެޑުން ދެވަނަ ބުރުގެ ޖާގައެއް ހޯދުމާ އެކު މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ހުރިހާ އިނގިރޭސި ޓީމެއް ވަނީ ދެވަނަ ބުރަށް ކޮލިފައިވެފައެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި އެފްސީ ބަސެލް ވަނީ ރަށުން ބޭރުގައި ޕޯޗުގަލްގެ ބެންފީކާ 2-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބެންފީކާ މޮޅުވެފައެއް ނުވެއެވެ. މި މެޗުގައި ބެންފީކާ ކޮޅަށް ލަނޑުތައް ޖަހާފައި ވަނީ ބަސެލްގެ މުހައްމަދު އެލް ޔޫނުސީ އާއި ޑިމިޓްރީ އޮބާލިންއެވެ.

ކުޅުނު ހަ މެޗުން ލިބުނު 15 ޕޮއިންޓާ އެކު ޔުނައިޓެޑުން ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ހޯދިއިރު ބަސެލްއިން ދެވަނަ ބުރުގެ ޖާގައެއް ހޯދީ 12 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ތިންވަނަ ނުވަ ޕޮއިންޓާއެކު ލިބެނީ ސީއެސްކޭއޭ މޮސްކޯއަށެވެ. އެ ޓީމު ދެން ވާދަކުރާނީ ޔުއެފާ ޔުރޮޕާ ލީގުގެ ނޮކްއައުޓް ބުރުތަކުގައެވެ. މި ގްރޫޕުގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ބެންފީކާއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް