Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗައިނާ-މޯލްޑިވްސް

ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓަކީ ދިވެހިންނަށް ހުރި ދަންތުރައެއް: އަދާލަތު

6 ޑިސެމްބަރު 2017 | ބުދަ 06:59

ފްރީ ޓްރޭޑް އެއްބަސްވުންތަކަކީ ހަމަހަމަ ފުރުސަތުތަކެއް ލިބެންޖެހޭ އެއްބަސްވުންތަކެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 ޑިސެމްބަރު 2017 | ބުދަ 06:59
އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާރ އަލީ ނަޒީރު

އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާރ އަލީ ނަޒީރު

ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓަކީ ކުރިއަށް އޮތްތަނުގައި ދިވެހިންނަށް ކުރިމަތިވާނެ އިގްތިސާދީ ބޮޑު ދަންތުރައެއް ކަމަށް އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާރ އަލީ ނަޒީރު ވިދާޅުވެއްޖެ އެވެ.

ޗައިނާއާއެކު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ވުމަށް ނިންމާފައިވާ ހަމައެއް ލަމައެއް ނެތް ވިޔަފާރީގެ އެއްބަސްވުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން އަންގާރަ ދުވަހުގެ ރޭ މ. ކުނޫޒުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ އަލީ ނަޒީރު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ދެ ގައުމުގެ ދެމެދުވާއިރު، އެއީ ދެ ގައުމަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާ އެއްބަސްވުމަކަށް ވާންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

"މިނިވަން ވިޔާފާރީގެ އެއްބަސްވުމެއް ގާއިމު ކުރެވޭއިރުގަ އެވާންޖެހޭ ދެފަރާތުން ހަމަހަމަ ފުރުސަތުތަކެއް އޮންނަ އެއްބަސްވުމަކަށް. އެނޫން ގޮތަކަށް ހެދޭ އެއްބަސްވުމެއް ދެމެހެއްޓުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން. އަދި މިޒަމާނުގައި 21 ވަނަ ގަރުނުގަ ކުރިއަރާފައި މިއޮތް ދުނިޔޭގަ އެއްވެސް ގައުމެއްގެ ރައްޔިތުން ފުރުސަތެއް ވެސް ނުދޭނެ އެފަދަ އެއްބަސްވުމެއް ދަމަހައްޓައިގެން، ހިފަހައްޓައިގެން ތިބޭކަށް ވެސް،" ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ރައީސް ޔާމީންގެ ސަރުކާރުން ޗައިނާ ސަރުކާރާއެކު ސޮއިކުރުމަށް ތައްޔާރުވަމުން މިދާ އެއްބަސްވުމުގައި މިނިވަން ވިޔަފާރީގެ އެއްވެސް އަސާސީ ސިފަތަކެއް ހިމެނިފައި ވެެސް ނެތް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ޗައިނާއަކީ އިންސާނީ ވަސީލަތާއި އަދި އެހެނިހެން ވަސީލަތްތަކުގެ ގޮތުން ދިވެހިރާއްޖެއާ އަޅާބަލާއިރު އެއީ އެތައްތަނަކުން ތަނަވަސް ގައުމެއް. އެހެން އެކަން އޮތީމާ ދިވެހިރާއްޖޭގެ ބާޒާރުގައި ޗައިނާގެ މުދާ އެއްވެސް ހިފެހެއްޓުމެއްނެތި، ދިވެހި އުފެއްދުންތަކާ ވާދަކުރަން އަޅުގަނޑުމެން ހުޅުވާލާ ކަމަށްވާނަމަ، ދިވެހި އުފެއްދުއްތަކަށް ދުނިޔޭގެ ބާޒާރުގައި އަދި ރާއްޖޭގެ ބާޒާރުގައިވެސް މާކެޓް ގެއްލިގެންދާނެ،" ނަޒީރު ވިދާޅުވި އެވެ.

ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓާ ގުޅިގެން ދިވެހި ވިޔަފާރިވެރިންނަށްވެސް ޗައިނާގެ ބާޒާރަށް ދިވެހި އުފެއްދުން ވިއްކުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ބުނާބުނުމަށް ރައްދު ދެއްވަމުން ނަޒީރު ވިދާޅުވީ އިގްތިސާދީ ގޮތުން އެކަން އެގޮތަށް ހިނގަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެއީ ކަރުދާހުގައި ލިޔެގެން ހިނގާ ކަމެއް ނޫން ކަމަށްވެސް ނަޒީރު ވިދާޅުވި އެވެ.

"އިގްތިސާދީ ގޮތުން އެކަން އެގޮތަށް ހިނގަންޖެހޭ ސަބަބެއް ނެތް. އެއީ ކަރުދާހުގައި ލިޔެގެން ހިނގާކަމެއް ނޫން. އެއީ އެކަން ވުމަށްޓަކައި އިގްތިސާދީ ގޮތުން ފުރިހަމަވާންޖެހޭ ރުކުންތަކެއް، ސަބަބުތަކެއް ފުރިހަމަ ވެގެން ކުރެވޭނެ ކަންތައްތަކެއް. އަޅުގަނޑުމެންނަށް ގަދަބާރުން ޗައިނާގެ އުފެއްދުންތަކުގެ އަގު، ދިވެހި އުފެއްދުންތަކުގެ އަގާ އެއް ހަމައަކަށް ނުގެންދެވޭނެ. އެކަންވާނީ އެކަން އެގޮތައްވުމަށް އިގްތިސާދީ ސަބަބުތަކެއް އެކުލެވުނީމަ،" ނަޒީރު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ

07 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ
04 އެޕްރީލު 2017

އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

04 އެޕްރީލު 2017
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ
03 އެޕްރީލު 2017

އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި

03 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި
02 އެޕްރީލު 2017

ވިލާގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ މަޝްވަރާކޮށްގެން ހައްލުނުވުމުން ޝަރީއަތަށް ފޮނުވައިފި

02 އެޕްރީލު 2017
ވިލާގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ މަޝްވަރާކޮށްގެން ހައްލުނުވުމުން ޝަރީއަތަށް ފޮނުވައިފި
22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
22 މާރިޗު 2017

ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި

22 މާރިޗު 2017
ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް