Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗައިނާ-މޯލްޑިވްސް

ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޓް އެގްރީމެންޓް، މަޖިލީހުގެ އެއްވެސް މެމްބަރަކަށް ދައްކާފައެއް ނުވޭ: ޖުމްހޫރީ ޕާޓީ

4 ޑިސެމްބަރު 2017 | ހޯމަ 10:32

ގާނޫނީ ހައިސިއްޔަތު ނެތް ޖަލްސާއަކަށް އެ އެގްރީމެންޓް ހުށަހެޅީވެސް، އަދި ފާސްކުރީވެސް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 4 ޑިސެމްބަރު 2017 | ހޯމަ 10:32
ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަދި ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން

ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަދި ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން

ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމުގެ މުޅި ޕްރޮސެސް މަޖިލީހުގައި ހިނގާދިޔަ އިރުވެސް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކަށް އެ އެގްރީމެންޓް ދައްކާފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓާ ގުޅިގެން ޖުމްހޫރީ ޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެ އެގްރީމެންޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއެކު އެފަދަ ކަންކަމުގައި އަމަލު ކުރަމުންދާ އާއްމު އުސޫލުތަކާއި މުޅީން ހިލާފަށް އެމައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީއަށް ފޮނުވަން ދެތިން މިނެޓް ތެރޭގައި ފާސްކޮށްފައި ވަނީ މެމްބަރުންނަށް އެބިލާމެދު ބަހުސް ކުރުމަށް އެކަށީގެންވާ ފުރުސަތު ނުދީ ކަމަށެވެ. އަދި އެ ހިނދުން އެހިނދަށް ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ، ހަގީގީ މާނައިގައި އެ އެގްރީމެންޓް ދިރާސާ ކުރުމެއް ނެތި، ގާތްގަނޑަށް 1000 ޞަފްހާގެ އެ އެގްރީމެންޓަށް ރުހުންދޭން ފެންނަ ކަމަށް ދިހަވަރަކަށް މިނެޓްގެ ތެރޭގައި ނިންމާ، ހަމަ އެރޭ އަނެއްކާ ވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވާ، އެ އެގްރީމެންޓަށް ރުހުން ދިންކަމީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ރައްޔިތުންގެ މަޖިލީހަކުން ކުރާ ޒާތުގެ ކަމެއް ނޫން ކަމަށްވެސް ޖުމްހޫރީ ޕާޓީން ނެރެފައިވާ އެބަޔާނުގައި ބުނެފައި ވެއެވެ.

Advertisement - newsAdvertisement

ޖުމްހޫރީ ޕާޓީން ބުނީ ފްރީ ޓްރޭޑް އެގްރީމެންޓަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ބޭއްވި ޣައިރު ގާނޫނީ ޖަލްސާއަކުން ކުރި އިހުލާސްތެރިކަމެއް ނެތް އަމަލު، އެޕާޓީން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށެވެ.

މީގެއިތުރުން އެބަޔާނުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތަށްވުރެ ވެސް ބޮޑު އަދަދެއް ކަމަށްވާ 45 މެމްބަރުން ސޮއިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެމައްސަލައަށް ވޯޓަށް އެހުމެއް ނެތި، މިހާރު މަޖިލީހުގައި ކުރިއަށް ގެންދާ ޖަލްސާތަކާއި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތާމެދު ސުވާލު އުފެދިފައިވާ މިދަނޑިވަޅުގައި ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެކަން އެގޮތަށް އޮތްއިރު، ގާނޫނީ ހައިސިއްޔަތު ނެތް ބޭފުޅަކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ޖަލްސާއަށް ސަރުކާރުން ހުށަހެޅި ފްރީ ޓްރީޑް އެގްރީމެންޓަކީ ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމްވާ ފަދަ ކަންކަން ހިމެނޭ އެގްރީމެންޓަކަށް ވާއިރު، ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގެ ދަށުން މިފަދަ ކަމެއްގައި ވޯޓަށް އަހަންވާނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުން (މަދުވެގެން 43) އެ ޖަލްސާއެއްގައި ހާޒިރުވެ ތިބި ވަގުތެއްގައި ކަމަށް ބަޔާން ކޮށްފައި ވަނިކޮށް، މިއެގްރީމެންޓަށް ވޯޓަށް އަހާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް 31 މެމްބަރުން ހާޒިރުވެ ތިބި ޖަލްސާއެއްގައި ކަމަށް ބުނެފައިވެއެވެ. އަދި އެ ވޯޓުގައި ބައިވެރިވީ 30 މެމްބަރުން ކަމުގައިވުމުން މި އެގްރީމެންޓަށް ވޯޓަށް އެހި ޖަލްސާއާ ޖަލްސާގައި މި އެގްރީމެންޓަށް ރުހުން ދިނުމަށް ހުށަހަޅައި ފާސްކުރުމަކީ ބާތިލް، އެމައްޗަށް އަމަލުކުރުން ހުއްދަވެގެން ނުވާ ނިންމުމެއް ކަމަށް ޖުމްހޫރީ ޕާޓީން ދެކޭ ކަމަށް ބުނެފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ އެބަޔާން ނިންމާލަމުން ބުނެފައި ވަނީ ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓަށް އަމަލު ކުރުމުގައި ކުރަންޖެހޭ އެންމެހާ ކަންކަން ތަރުތީބުކުރުން ވަގުތުން ވަގުތަށް ހުއްޓާލުމަށާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް ނުދޭ މިފަދަ އެގްރީމެންޓެއްގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއި ނުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް ޖުމްހޫރީ ޕާޓީން ގޮވާލާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސައްހަ ޖަލްސާއަކުން ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ރުހުން ހޯދުމަށްފަހު މެނުވީ މި އެގްރީމެންޓްގައި ސޮއި ކުރުމާއި އެގްރީމެންޓާއި ގުޅޭގޮތުން ކުރަންޖެހޭ އެއްވެސް ކަމެއް ނުކުރުމަށް ޗައިނާ ސަރުކާރަށް އިލްތިމާސް ކުރާ ކަމަށް ވެސް ޖުމްހޫރީ ޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

01 މާރިޗު 2017

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
01 މާރިޗު 2017

ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި

01 މާރިޗު 2017
ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް