Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސަނީ ލިޔޯން

އަރުބާޒް ހާންއާ ސަނީ ލިޔޯންގެ ފިލްމް "ތޭރޭ އިންތިޒާރު" އަށް ބޮކްސް އޮފީހުގައި ރަނގަޅު އާންމުދަނީއެއް ލިބިދާނެތަ؟

ފިލްމަށް ހަފުތާއެއްގެ ތެރޭގައި 4.5 ކުރޯޑް ރުޕީޒް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2017 | ހޯމަ 07:48
އަރުބާޒް ހާން އަދި ސަނީ ލިޔޯން

އަރުބާޒް ހާން އަދި ސަނީ ލިޔޯން

ބޮލީވުޑުގެ ސުޕްސްޓާ ސަލްމާން ހާންގެ ބޭބޭ އަރުބާޒް ހާންއާ އެކްޓްރެސް ސަނީ ލިޔޯން އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލްމް " ތޭރާ އިންތިޒާރު" މި ވަނީ ބެލުންތެރިންނާ ހަމައަށް އައިސްފައެވެ.

"ތޭރާ އިންތިޒާރު" އަކީ މިއަހަރު ރިލީޒް ކުރި ސަނީ ލިޔޯންގެ ފުރަތަމަ ފިލްމެވެ. މިފިލްމަކީ ސަނީ ލިޔޯންގެ އެހެން ފިލްމްތަކާ ވަރަށް ތަފާތު ފިލްމެކެވެ. އެގޮތުން މި ފިލްމުގައި ސަނީ ލިޔޯންގެ އެހެން ފިލްމްތަކުގައި ފެންނަ ފަދަ ގައިގޯޅި މަންޒަރުތަކެއް ނުފެންނާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު ރާޖީވް ވާލިޔާ ވަނީ ބުނެފައެވެ.

ބޮލީވުޑުގެ ފިލްމްތައް ދިރާސާ ކުރާ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި ސަނީ ލިޔޯންއާއި އަރުބާޒް ހާންގެ "ތޭރާ އިންތިޒާރު" އަށް ހަފުތާއެއްގެ ތެރޭގައި 4.5 ކުރޯޑް ރުޕީޒް ލިބޭނެއެވެ. އަދި ފިލްމް ރިލީޒް ކުރި ދުވަހު ފިލްމަށް 1 ކުރޯޑް ރުޕީޒް ލިބޭނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން އަންދާޒާ ކުރެއެވެ.

ސަނީ ލިޔޯންއާއެކު އަރުބާޒް ހާން ކުރި ފުރަތަމަ ތަޖުރިބާ ހިއްސާ ކުރަމުން އަރުބާޒް ހާން ބުނީ އޭނާގެ މުޅި ފިލްމީ ކެރިއަރުގައި މިފަދަ ބޮޑު "ޝޮކެއް" ލިބިފައި ނުވާ ކަމަށެވެ. އަދި ސަނީ ލިޔޯންއާއެކު ކުރެވުނު ތަޖުރިބާ ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށާއި އަދި ސަނީލިޔޯން އަކީ ވަރަށް ކުޅަދާނަ މޮޅު އެކްޓްރެސްއެއް ކަމަށް އަރުބާޒް ހާން ބުންޏެވެ.

އަރުބާޒް ހާން ބުނީ އެހެން ތަރިންނާ ހިލާފަށް ސަނީ ލިޔޯން އަކީ ކުރާ މަސައްކަތަށް ވަަރަށް ބޮޑަށް ފަރުވާ ބަހައްޓާ އެކްޓްރެސްއެއް ކަމަށެވެ. އަދި ފިލްމުގެ މަސައްކަތްތައް ކުރިއަށް ދިޔައިރު ވެސް ސަނީ ލިޔޯންގެ އެއްބާރުލުން ވަަރަށް ފުރިހަމަ އަށް ލިބިގެން ދިޔަ ކަމަށާއި ސަނީ ލިޔޯން ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުންދާ ގޮތަށް ބަލާއިރު ކުރިއަށް އޮތް ތަނުގައި ވަަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާނެ ކަމަށް އަރުބާޒް ހާން ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލްމް އިންޑަސްޓްރީގެ ޒުވާން ޖީލަށް އަމީތާބު އިޚްތިރާމް ކުރޭ: ޝުޖިތު

ފިލްމް އިންޑަސްޓްރީގެ ޒުވާން ޖީލަށް އަމީތާބު އިޚްތިރާމް ކުރޭ: ޝުޖިތު

15 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ

ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ

12 ފެބުރުއަރީ 2017
ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި

ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު