Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރު އަސްލަމް

ސަރުކާރުން ކަންތައްތައް ނިންމަނީ ރައްޔިތުންގެ ބަސް ޝާމިލުނުވާގޮތަށް: މެމްބަރު އަސްލަމް

މިނިވަން ވިޔަފާރީގެ އެއްބަސްވުން ފާސްކުރީ ސިއްރިޔާތުގައި ކަމަށް ދޭހަވާ ކަމަށް ވިދާޅުވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2017 | ހޯމަ 00:46
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

ސަރުކާރުން ކަންތައްތައް ނިންމަނީ ރައްޔިތުންގެ ބަސް ޝާމިލުނުވާގޮތަށް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު އިއްތިހާދުން އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ, ދިވެހި ސަރުކާރުން ޗައިނާއާއެކު ގާއިމް ކުރުމަށް މަސައްކަތް ކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ފާސްކުރީ ރައްޔިތުންނަށް ނާންގާ ސިއްރިޔާތުގައި ކަމަށް ދޭހަވެގެންދާ ކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލިސް މި ދައުރަށް ނިމެން އޮތް ދުވަހު ބޭއްވި ޖަލްސާއަކީ ވަގަށް ބޭއްވި ޖަލްސާއެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާއަށް އެދުވަހުގެ ޖަލްސާ އޮންނާނެ ކަމުގެ މެސެޖު ލިބުނީ މެންދުރުފަހު 3:25 ގައި ކަމަށާއި، އެއީ ކުއްލިއަކަށް ފާސްކުރި އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ރައްޔިތުން އެކަމުގައި ދެކޭގޮތް ބެލުމަށް ކަމަށާއި، އެކަހަލަ ކަންކަމުގައި ދިރާސާކޮށް ބަހެއް ބުނުމަށް ކަމުގައިވީނަމަވެސް، މިސަރުކާރުން ގޮތްތައް ނިންމަނީ ރައްޔިތުންގެ ބަސް ޝާމިލުނުވާގޮތަށް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި މެމްބަރުންގެ އަމިއްލަ ފައިދާއަށް ގޮތްތައް ނިންމަމުން ދިއުމުގެ ނަތީޖާ އަކީ މުޅިގައުމު ފަނާވެ، ނެތިގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ބޮޑު ތަނުން ސިއްރިޔާތުގައި ވަގަށް ކުރަން އުޅޭހެން ހީވަނީ. މި އެގްރިމެންޓާއި ބެހޭގޮތުން މަޝްވަރާ ކުރާތާ ދެ އަހަރު ވެއްޖެޔޭ. ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުރިހާ ކަމަކަށް އެއްބަސްވެ ނިމިއްޖެޔޭ، އެހެންނަމަވެސް ރައްޔިތުންގެ މަޖިލިސް މި ދައުރަށް ނިމެން އޮތް ދުވަހު ވަގަށް ބޭއްވި ޖަލްސާއެއް އެއީ. އަޅުގަނޑަށް އެދުވަހުގެ ޖަލްސާއަށް މަޖިލީހުގެ އިދާރާއިން މެސެޖު އައީ ހަވީރު 3:25 ގައި" އަސްލަމް ވިދާޅުވިއެވެ.

މިސަރުކާރުގެ މައްސަލައަކީ ދަރިންނާއި، ދަރިންގެ ދަރިން ދަރަނިވެރިވާގޮތަށް ލޯނު ނެގުން ކަމަށާއި، ރައީސް ޔާމީނަށް ވެރިކަން ކުރައްވަން އެނގިވަޑައިގަންނަވަނީ ދަރަނިވެރިވެގެން ކަމަށް އަސްލްމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިސަރަހައްދުގެ ކަނޑުގެ ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަކީ ދިވެހިންގެ އިސް ވާޖިބެއް ކަމަށެވެ. އެހެންކަމުން ވަކި ގައުމަކަށް ބަރޯސާވެ، ހުރިހާ ކަމެއް ހުއްޓާލެވެން ނޯންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު