Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއާނޯ ރޮނާލްޑޯ

މިފަހަރު ވެސް ބެލެންޑޯ އެވޯޑް ގެންދާނީ ރޮނާލްޑޯ: ޕެރޭޒް

މި މަހުގެ ހަތްވަނަ ދުވަހު ދޭ މި އެވޯޑު މިފަހަރު ލިބޭނީ ބާސާގެ ތަރި ލިއޮނެލް މެސީ އަށް ކަމަށް ވަނީ އަޑު ފެތުރިފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 ޑިސެމްބަރު 2017 | އާދީއްތަ 15:26
ރޮނާލްޑޯ އަދި ރެއާލްގެ ރައީސް ޕެރޭޒް

ރޮނާލްޑޯ އަދި ރެއާލްގެ ރައީސް ޕެރޭޒް

ފްރާންސް ފުޓްބޯލްއިން ކޮންމެ އަހަރަކު އެއް ފަހަރު ދޭ ބެލެންޑޯ އެވޯޑް މިފަހަރު ވެސް ގެންދާނީ ރެއާލް މެޑްރިޑްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފިއެވެ.

މި އެވޯޑަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މިއީ ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް އެ މަޖައްލާގެ ފަރާތުން ދޭ އެވޯޑެކެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމަޔަށް "ފީފާ ބެލެންޑޯ" ގެ ނަމުގައި އެވޯޑް ދިން ނަމަވެސް "ފްރާންސް ފުޓްބޯލް" އިން ވަނީ މިދިޔަ އަހަރުން ފެށިގެން ފީފާއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ފަހު އަނެއްކާ ވެސް އެ މަޖައްލާގެ ނަމުގައި އެ އެވޯޑް ދޭން ފަށާފައެވެ.

ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ފަސް އަހަރު ހޯދާފައިވާ ރޮނާލްޑޯއަކީ މިއަހަރުގެ ބެލެންޑޯ އެވޯޑް ވެސް ގެންދާނެ ކަމަށް އެންމެ ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔާއެވެ.

މި މަހުގެ 7 ވަނަ ދުވަހު ދޭ މި އެވޯޑް މިފަހަރު ގެންދާނީ ބާސާގެ ތަރި ލިއޮނެލް މެސީ ކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައި ރެއާލްގެ ރައީސް ބުނީ ރޮނާލްޑޯއަކީ ރެއާލް މެޑްރިޑް ރަމްޒުކޮށްދޭ ވަރަށް ބޮޑު ނިޝާނެއް ކަމަށާއި އޭނާއަކީ އެ ކްލަބުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ރޮނާލްޑޯއަށް ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބުނުކަން ފާހަގަކުރަމުން ޕެރޭޒް ބުނީ މި ހަފްތާގެ ތެރޭގައި ދެވޭ ބެލެންޑޯ އެވޯޑު ވެސް ގެންދާނީ ރޮނާލްޑޯ ކަމަށް އޭނާ ދެކޭ ކަމަށެވެ.

ރެއާލްއިން 2012 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލަލީގާ ހޯދިއިރު ރޮނާލްޑޯ ވަނީ ކުޅުނު 29 މެޗުގައި 25 ލަނޑު އެ ޓީމަށް ޖަހައިދީފައެވެ. އެހެން ނަމަވެސް އޭނާއަށް މި އެވޯޑް ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލްކުރަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެގޮތުން އޭނާ ވަނީ ނޮކްއައުޓް ބުރުގައި ބަޔާން މިއުނިކާއި އެޓްލެޓިކޯ މެޑްރިޑް ކޮޅަށް ހެޓްރިކް ހަދައި ފައިނަލްގައި ޔުވެންޓަސް އަތުން ރެއާލް 4-1 އިން މޮޅުވި މެޗުގައި ވެސް ލަނޑު ޖަހާފައެވެ.

މިފަހަރުގެ ބެލެންޑޯ އެވޯޑް ރޮނާލްޑޯއަށް ލިބިއްޖެ ނަމަ އޭނާ ވެގެންދާނީ ތާރީހުގައި ވެސް އެންމެ ގިނައިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހޯދާ ކުޅުންތެރިޔާއަށެވެ.

ޕެރޭޒް މިބީދައިން ވާހަކަ ދައްކާފައިވާއިރު ރޮނާލްޑޯއަކީ ދުނިޔޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔެކެވެ. އެގޮތުން އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ޖުމްލަ ފަސް ފަހަރެއްގެ މަތިން ހޯދާފައެވެ. އަދި ކެރިއަރުގައި ކުޅުނު 642 މެޗުގައި އޭނާ ވަނީ 452 ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު