Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިލަ އުތުރު

ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އަގުވަޒަން ކުރުން މިރޭ ދިއްދޫގައި

އިނާމް ދިނުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 3 ޑިސެމްބަރު 2017 | އާދީއްތަ 09:54
ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް

ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމްގެ ނަމުގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން މިރޭ އެވޯޑް ދިނުމުގެ ހަފްލާއެއް ބާއްވަން ނިންމައިފިއެވެ.

މި ހަފްލާގައި ތަފާތު ދާއިރާތަކުން ދިގުމުއްދަތަކަށް ފާހަގަ ކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދީފައިވާ ފަރާތްތަކަށާ، ހއ. އަތޮޅުގެ ސުކޫލްތަކުން ފަހުރުވެރި ވަނަތައް ހޯދާފައިވާ ފަރާތްތަކަށާ، އެ އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި އެ އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލަކާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަކާއި ކްލަބު ޖަމިޢިއްޔާއެއް ފާހަގަކޮށް، އެވޯޑް ދިނުމަށް ހަމަޖެހިފައިވެއެވެ. އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ހއ. އަތޮޅު ކައުންސިލުން އެވޯޑް ދިނުމަށް ހަފްލާއެއް ބާއްވައެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބުނީ އެވޯޑް ދިނުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގައި ދިއްދޫ ދެކުނު ބަނދަރު ސަރަހައްދުގައި ކަމަށެވެ. މި ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދައިރާތައް:

ޝަރަފުވެރިކަމުގެ އިނާމް

މަތީދަރަޖަ ހޯދާ ފަރާތަކަށް ދެވޭ ހާއްސަ އިނާމް

ހިތްވަރު ދިނުމުގެ އިނާމް

ކައުންސިލުން ދޭ ހާއްސަ އިނާމް

ހިންގުންތެރިކަމުގެ އިނާމް

ހާއްސަ ޚިދުމަތުގެ އިނާމް

މި ޖަލްސާ ރާއްޖެޓީވީން މިރޭ ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބުނީ މި އެވޯޑް ދިނުމުގެ މަގްސަދަކީ ގައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައާއި، އަދި ރަށު ފެންވަރުގައި ފާހަގަކުރެވޭ ޚިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި، އެފަދަ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫޙެއް އުފެއްދުމާއި، ހދ އަތޮޅުގެ ޝަރަފުވެރިންގެ އަގު ވަޒަން ކުރުން ކަމަށެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުގެ ޕޯސްޓަރ ތަތްކުރުމުގެ ހަރަކާތް ބާއްވައިފި

18 އެޕްރީލު 2017
ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުގެ ޕޯސްޓަރ ތަތްކުރުމުގެ ހަރަކާތް ބާއްވައިފި
15 އެޕްރީލު 2017

ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ

15 އެޕްރީލު 2017
ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ
29 މާރިޗު 2017

ސަރުކާރުގެ އިދާރާއެއްގެ ތެރޭގައި ފަހަރަކު ދޫންޏެއް ފަހަރަކު ދޫންޏެއް ކަތިލަމުން ދިޔަ ހިތްދަތި މަންޒަރު

29 މާރިޗު 2017
ސަރުކާރުގެ އިދާރާއެއްގެ ތެރޭގައި ފަހަރަކު ދޫންޏެއް ފަހަރަކު ދޫންޏެއް ކަތިލަމުން ދިޔަ ހިތްދަތި މަންޒަރު
05 މާރިޗު 2017

ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ

05 މާރިޗު 2017
ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
19 ފެބުރުއަރީ 2017

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު